މި އަހަރުގެ ފީފާ ވޯލްޑް ކަޕަށް ވަގުތު ކުޑަތަންވެފައިވާއިރު، ޓީމުތައް މިހާރުދަނީ މުބާރާތް ބާއްވާ ރަޝިޔާއަށް ރަޝިޔާއަށް ދަމުންނެވެ. އެގޮތުން، ގިނަ ޓީމުތައް، ރަޝިޔާއަށް ދިޔުމުން، އެޤައުމުތަކާއި ޓީމުތަކުގެ ކުޅުންތެރިންގެ ފޭނުންދަނީ މަރުޙަބާވެސް ކިޔަމުންނެވެ.

އެގޮތުން، ބައެއް ޓީމުތަކުގެ ކުޅުންތެރިންނަށް، އެމީހުން ތިބޭ ހޮޓަލްތަކުންވެސްވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ. އަދި، ބައެއް ހޮޓަލްތަކުން، ކުޅުންތެރިންނަށް ސަޕްރައިޒްވެސް ދީފައިވެއެވެ.

ރަޝިޔާގެ ވެރިރަށް މޮސްކޯގެ ރަށްބޭރުގައި ހުންނަ ހިލްޓަން ގާޑަން އިން އަށް، ފްރާންސްގެ ޤައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިން ދިޔުމުން، ހޮޓަލުންވަނީ ސަޕްރައިޒް އެއް ދީފައެވެ. ކޮންމެ ކުޅުންތެރިޔަކުވެސް، އެމީހެއްގެ ކޮޓަރީގެ ނަމްބަރު ހޯދަން އުޅެނިކޮށް ފެނުނީ، ކޮޓަރީގެ ދޮރުގައި ކުޅުންތެރިޔާގެ ފޮޓޯ ކުރަހާފައި ހުރި ތަނެވެ.

ދޮރުގައި ކުރަހާފައިވާ ކުރެހުމެއް

ފްރާންސްގެ ބައެއް ކުޅުންތެރިންނަށް، މިކަން ވަރަށް ތަފާތުކަމަކަށްވިއިރު، އެފަރާތްތައްވަނީ މީސް މީޑިޔާގައި މިކަން ހިއްސާކޮށްފައެވެ. އެގޮތުން، އެމްބާޕޭ އާއި މެންޑީވަނީ، އެމީހުންގެ ކޮޓަރީގެ ދޮރުގައި އިން ފޮޓޯގެ ފޮޓޯ، މީސް މީޑިޔާއަށް ދޫކޮށްލާ، ސަޕްރައިޒްވެފައި ތިބިކަން ހާމަކޮށްފައެވެ.

ދޮރުގައި ކުރަހާފައިވާ ކުރެހުމެއް

މީގެއިތުރުން، އެހެން ކުޅުންތެރިންނަށްވެސް، މިއީ ސަޕްރައިޒް އެއްކަމަށް ބުނެފައިވެއެވެ.

މި އަހަރު ފްރާންސްގެ ޤައުމީ ޓީމުގައި ހިމެނޭ މުޙިއްމު ކުޅުންތެރިންގެ ތެރޭގައި އެމްބާޕޭ އާއި މެންޑީގެ އިތުރުން ޕޮގްބާ، ހޫގޯ ލޮރިސް އަދި ގްރީޒްމަން ފާހަގަކޮށްލެވެއެވެ.