ވޯލްޑްކަޕާއި ދިމާކޮށް އެސްޓީއޯއިން މާލޭގެ ބޮޑެތި 30 ކުލަބަކަށް ޕްރޮޖެކްޓާ ހަވާލުކޮށްފި އެވެ.

މިރޭ މާބްލް ހޮޓަލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑައިރެކްޓާ އަހުމަދު ޝަހީރު ވިދާޅުވި ގޮތުގައި އެސްޓީއޯއަކީ ފުޓްބޯޅައާއި ގުޅިގެން ބޭއްވޭ ގިނަ ހަރަކާތްތައް ވަރަށް ގާތުން ބަލަމުންދާ ކުންފުންޏެއް ކަމަށާއި އެގޮތުން މިއަހަރު ކުރިއަށްގެންދާ ވޯލްޑްކަޕްއާއި ދިމާކޮށް އެސްޓީއޯއިން ނިންމީ މާލޭގެ ބޮޑެތި 30 ފުޓްބޯޅަ ކުލަބަކަށް ޕްރޮޖެކްޓާ ހަވާލުކުރުމަށް ކަމަށެވެ.

އެސްޓީއޯ އިން ކްލަބްތަކާއި ޕްރޮޖެކްޓަރ ހަވާލުކުރުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)
އެސްޓީއޯ އިން ކްލަބްތަކާއި ޕްރޮޖެކްޓަރ ހަވާލުކުރުމުގެ ރަސްމިއްޔާތު – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)

އެންމެ ފުރިހަމަ ގޮތުގައި އެ ފަރާތްތަކަށް ވޯލްޑްކަޕްގެ މެޗްތައް ބެލުމުގެ ފުރުސަތު މިކަމުގެ ސަބަބުން ލިބިގެންދާނެ ކަމަށް ޝަހީރު ވިދާޅުވިއެވެ.

އެސްޓީއޯއަކީ ފުޓްބޯޅައާއި ގުޅިގެން ބޭއްވޭ ގިނަ ހަރަކާތްތަކެއްގައި ވަރަށް އިސްކޮށް ހަރަކާތްތެރިވަމުންދާ ކުންފުންޏެވެ.

ރަޝިއާގައި ބާއްވާ މިއަހަރުގެ ވޯލްޑްކަޕް ފަށާނީ މިމަހުގެ 14 ވަނަ ދުވަހު އެވެ.