ވޯލްޑް ކަޕުގައި ބްރެޒިލް ކުޅޭ ފުރަތަމަ މެޗުގައި އަނިޔާގެ ސަބަބުން ފްރެޑް ނުކުޅެވޭނެ ކަން ޓީމުގެ ކޯޗު ޓިޓޭ ކަށަވަރުކޮށްދީފިއެވެ.

ލަންޑަނުގައި ވޯލްޑް ކަޕަށް ތައްޔާރު ވުމުގެ ގޮތުން ޖޫން 7 ގައި ބޭއްވި ފަރިތަކުރުން ތަކުގައި ބްރެޒިލްގެ މެދުތެރެއަށް ކުޅެމުން އަންނަ ފްރެޑްގެ ކުޑަހުޅަށް ލިބުނު އަނިޔާ އަކާއި ގުޅިގެން އާދިއްތަ ދުވަހު ސްވިޓްޒަލޭންޑާއި ދެކޮޅަށް ކުޅޭ މެޗުގައި އޭނާ އަކަށް ނުކުޅެވޭނެއެވެ.

ޝަކްތާރު ޑޯނެސްކްއިން 52 މިލިއަން ޔޫރޯ އަށް މެންޗެސްޓާރ ޔުނައިޓެޑަށް ބަދަލުވި ފްރެޑް ނިމިގެން ދިޔަ ހަފްތާގެ ބުދަ ދުވަހު ބްރެޒިލްގެ ފަރިތަކުރުންތަކުގައި ބައިވެރިވި ނަމަވެސް ބްރެޒިލްގެ ފުރަތަމަ މެޗަށް ޓިޓޭ ނެގި ސްކޮޑުގައި އޭނާ ހިމަނާފައި ނުވެއެވެ.

ވޯލްޑް ކަޕު ފެށުމުގެ ކުރިން އަނިޔާވި ނަމަވެސް އިތުރަށް ޑޮކްޓަރުން ބެލި ނަމަވެސް ފަރެޑް ވަނީ ބްރެޒިލް ޓީމާއި އެކު ސޯޗީ އަށް ދަތުރު ކޮށްފައެވެ.

ބްރެޒިލްގެ 6 ވަނަ ވޯލްޑް ކަޕު ތަށި ކާމިޔާބު ކުރަން މަސައްކަތް ކުރާއިރު އާދިއްތަ ދުވަހު ސްވިޓްޒަލޭންޑު މެޗަށް ފަހު ގުރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ކޮސްޓަރީކާ ދެކޮޅަށް ނިކުންނާނީ ޖޫން 22 ވަނަ ދުވަހުގައެވެ. އެއަށްފަހު ދެވަނަ ބުރުގެ މެޗުތަށް ފެށުމުގެ ކުރިން ސާބިއާ އާއި ދެކޮޅަށް ގުރޫޕް ސްޓޭޖުގެ ފަހު މެޗު ކުޅޭނީ ޖޫން 27 ވަނަ ދުވަހުގައެވެ.