ޗެމްޕިއަންސް ލީގުގައި ރޭ ޕްރެމިއާ ލީގުގެ ޗެމްޕައަން ޗެލްސީ އާއި ފުޓްބޯލް ކޮލަބް ބާސެލޯނާ ބައްދަލު ކުރި މެޗް އެއްވަރު ވެގެން ނިމިއްޖެއެވެ.

ޗެލްސީގެ އަމިއްލަ ދަޑުގައި ކުޅުނު މި މެޗް 1-1 ގެ ނަތިޖާ އަކުން އެއްވަރު ވެގެން ނިންމާފައި ވާއިރު، ދެ ޓީމްގެ ފަރާތުންވެސް ވަނީ ވަރަށް މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާކަން ފާހަގަ ކޮއްލެވެއެވެ.

މެޗްގެ ފުރަތަމަ ހާފްގައި ރަނގަޅަށް ކުޅެ، ގިނަ ހަމަލާތަކެއް އުފައްދާފައި ވަނީ ޗެލްސީ އިން ކަމުގައި ވީ ނަމަވެސް، އެ ކްލަބް އިން ގޯލް އެއްޖަހަން ކުރި މަސައްކަތްތައް ވަނީ ނާކާމިޔާބު ވެފައެވެ.

ޗެލްސީއަށް މެޗުގެ ފުރަތަމަ ހާފުގައި ލަޑެއް ޖެހިފައި ނުވާއިރު، ބާސާ އިން ދިޔައީ މަޑުމަޑުން މެޗްގެ ތެރެއަށް ވަންނަމުންނެވެ.

މެޗްގެ ދެވަނަ ހާފް ގައި ބާސާ އިން މޮޅަށް ކުޅެ، ކައުންޓާ އެޓޭކް ކުރުމުގެ ފުރުސަތު ޗެލްސީ އަށް ނުދީ ކުޅެމުން އައި ނަމަވެސް، ވަރަށް އުދަގުލުން ޗެލްސީގެ ވިލިއަން ވަނީ 62 ވަނަ މިނެޓުގައި ލަޑެއް ޖަހާފައެވެ.

މި ލަނޑާއެކު ޗެލަސީގެ ކުޅުންތެރިން އިތުރު ހިތްވަރަކާއި އެކު ރަނގަޅަށް ކުޅެމުން ދިޔަ ނަމަވެސް، ޗެލްސީގެ ހާފް ތެރޭގައި އެންޑްރެ ކްރިސްޓެންސެން އަށް ހެދުނު ގޯހަކުން ބާސާގެ މެސީ ވަނީ އެ ފުރުސަތުގެ ބޭނުން ހިފައި 72 މިނެޓުގައި ނަތީޖާ ހަމަހަމަ ކޮށް ދީފައެވެ.

މި ނަތީޖާ އާއި އެކު ދެޓީމް އެއްވަރު ވެފައިވާއިރު، ދެވަނަ ލެގުގައި މި ދެ ޓީމް ބައްދަލު ކުރަން ޖެހޭނީ ބާސާގެ ދަނޑުގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މެޗްގެ ފުރަތަމަ ހާފަކު ލަނޑެއް ނުޖަހާ އެއްވެސް ބަޔަކު

  2. އަހަރެން ދެން ފުޓުބޯޅަ ނުބަލާނަން
    ފެނުނު މަންޒަރަކާއި މި ޙަބަރު ދިމައެއް ނުވޭ
    މަށަށް އަނެއްކާ ބެލެވުނީ ލައިވް މެޗެއްބާ؟؟

  3. ފުރަތަމަ ހާފްގައެއް ނޫން ގޯލް ޖޭހީ ދެވަނަ ހާފްގަ ލިޔެފަ ދެވަނަފަހަރަށް ޗެކްކޮށް ނުލާކަން ފާހަނގަ ކުރެވޭ.