ފީފާ ވޯލްޑް ކަޕުގައި ބްރެޒިލް ގުރޫޕް ސްޓޭޖުގައި ކުޅޭ ދެވަނަ މެޗާއި ގާތް ވަމުން އަންނަ އިރު ފުރަތަމަ މެޗުގައި އަނިޔާވުމަށްފަހު ނޭމާ ފަރިތަކުރުންތަކާއި ގުޅިއްޖެއެވެ.
ކޮސްޓަރީކާ އާއި ދެކޮޅަށް ކުޅެން ތައްޔާރު ވަމުން އަންނައިރު ހޯމަ ދުވަހުގެ ފަރިތަކުރުން ތަކުގައި ނޭމާ ފެނިފައެއް ނުވެއެވެ. ސްވިޓްޒަލޭންޑުން ނޭމާ އަށް 10 ފަހަރު ފައުލް ކޮށްފައި ވާއިރު ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާ އަކާއި ގުޅިގެން ނޭމާ ވަނީ އަންގާރަ ދުވަހުގެ ފަރިތަކުރުންތައް ފުރިހަމަ ނުކޮށް ބޭރަށް ގޮސްފައެވެ.
ނޭމާ އާއި އެކީ ކުރިޔަށް ކުޅެމުން އައި އަދި ސްވިޓްޒަލޭންޑާއި ދެކޮޅަށް ބްރެޒިލް އިން ޖެހި ހަމައެކަނި ލަނޑު ކާމިޔާބު ކުރި ކޯޓީނިއޯ ބުނާގޮތުން މެޗުގެ ފަހުކޮޅަށް އެޅުނު ވަގުތުވެސް ނޭމާގެ ފައިގައި ތަދެއް ހުރި ކަމަށާއި އެހެން ނަމަވެސް މެޗު ނިންމާފައި ފައިބަން އޭނާ މަޑު ކުރީ ކަމަށެވެ.
ބުދަ ދުވަހުގެ ފަރިތަކުރުން ތަކުގައި ނޭމާ ބައިވެރިވީ މުޅިން ފިޓު ވެގެން ކަމަށާއި ހުކުރު ދުވަހުގެ މެޗަށް އޭނާ ފިޓުވާނެ ކަމަށް މައުލޫމާތު ލިބެއެވެ. " ސޯޗީގައި ބުދަ ދުވަހު ބޭއްވި ފަރިތަކުރުން ތަކުގައި ނޭމާ ވަނީ ބައިވެރިވެފައި" ނޭމާގެ ވީޑިއޯ އަކާއި އެކީ ބްރެޒިލްގެ ނޭޝަނަލް ފުޓުބޯޅަ ޓީމުން ބުނެއެވެ.
ނޭމާ މޮޅެއްނޫން