ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ގްރޫޕް ސީގެ ފަހު މެޗުތަކުގެ ތެރެއިން ނޯތް މެސެޑޯނިއާ އާއި ނެދަލޭންޑްސް ބައްދަލުުކުރާ މެޗަކީ ފާހަގަކޮށްލެވޭ މެޗެކެވެ. މި މެޗު މިރޭ 21:00 ގައި ކުޅޭއިރު ހަމަ މިގަޑީގައި ގްރޫޕުގެ އަނެއް ދެ ޓީމު ކަމަށްވާ އޮސްޓްރިއާ އާއި ޔޫކްރެއިން ބައްދަލުކުރާނެ އެވެ.

މުބާރާތުގައި ނެދަލެންޑްސް އޮތީ ކުޅުނު ދެ މެޗާއެކު އެއްވަނަ ޔަގީންކޮށްފައެވެ. އަދި މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއްވެސް ހޯދާަފައެވެ. މި މެޗުން މޮޅުވެއްޖެ ނަމަ ޖުމްލަ 9 ޕޮއިންޓާއެކު ނެދަލޭންޑްސް އެއްވަނަައިގައި އޮވެ ދެވަނަބުރަށް ދާނެއެވެ. ތާވަލުގެ ފުލުގައި އޮތް ނޯތް މެސެޑޯނިއާ ކުޅުނު ދެ މެޗުންވެސް ވަނީ ބަލިވެފައެވެ. ނަމަވެސް މި މުބާރާތުގައި އެ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ދަނީ ފެންނަމުންނެވެ.

ނޯތް މެސެޑޯނިއާ އާއި ނެދަލޭންޑްސް މިހާތަނަށް ބައްދަލުކުރީ ހަތަރު ފަހަރެވެ. މި ހަތަރު ފަހަރުވެސް ކާމިޔާބުކޮށްފައިވަނީ ނޯތް މެސެޑޯނިއާ އެވެ.

މެޗުގައި ކުޅޭ ފުރަތަމަ އެގާރަ

ނެދަލޭންޑްސް

ނޯތް މެސެޑޯނިއާ

ދެ ކޯޗުންގެ ބަސް

ފްރޭންކް ޑީ ބޯޔާ (ނެދަލޭންޑްސް)

ތާވަލުގެ ފުލުގައި އޮތް ނަމަވެސް ނޯތް މެސެޑޯނިއާ އަކީ ފަސޭހަވާނެ ޓީމެއް ނޫންކަން ކޯޗު ފާހަގަކުރި އެވެ. އަދި އަމާޒަކީ އެއްވަނަ ހޯދައި ދެވަނަބުރަށް ދިއުންކަމަށް ކޯޗު ބުންޏެވެ.

އިގޯ އަންގެލޮވްސްކީ (ނޯތް މެސެޑޯނިއާ)

ނޯތު މެސެޑޯނިއާއިން މުބާރާތް ނިންމާލަން ބޭނުންވަނީ އެންމެ މަދުވެގެން ޕޮއިންޓަކާއެކުގައި ކަމަށް ކޯޗު ބުންޏެވެ. އަދި ނެދަލޭންޑްސް ކިތަންމެ ވަރުގަދަވިޔަސް ދޫ ނުދޭނެކަމަށް ކޯޗު ބުންޏެވެ.