ފީފާ ވޯލްޑް ކަޕުގެ ކުއާޓާ ފައިނަލުގައި ރޭ ކުޅުނު އާޖެންޓީނާއާއި ނެދެލޭންޑްސްގެ މައްސަލައެއް ބަލަން ފީފާއިން ނިންމާފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.

ރިޕޯޓްތަކުން ބުނެފައިވާ ގޮތުގައި އެދެޓީމާއި ގުޅޭ ގޮތުން ފީފާއިން ބަލަން ނިންމާފައިވަނީ މެޗު ކުޅެމުން ދަނިކޮށް ހަމަނުޖެހުން ހިންގި މައްސަލައެވެ.

އާޖެންޓީނާއާއި ނެދެލޭންޑްސް ބައްދަލު ކުރި މެޗުގެ 70 މިނެޓާއި ހަމައަށް ކުޅެވުނުއިރު، 2-0ގެ ނަތީޖާއަކުން ކުރީގައި އޮތީ އާޖެންޓIނާއެވެ. ނަމަވެސް މެޗުގެ 83 ވަނަ މިނެޓާއި 90 މިނެޓު ހަމަވެ، އިތުރަށް ދެއްކި ވަގުތުގައި ނެދެލޭންޑްސްއިން ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ދެޓީމުގެ ނަތީޖާ ހަމަހަމަވުމުން އުސޫލެއްގެ ގޮތުގައި ވަނީ އިތުރަށް 30 މިނެޓު ކުޅެފައެވެ.

އިތުރަށް ކުޅުނު 30 މިނެޓުގައި ދެ ޓީމުން ކުރެ ޓީމަކަށް ގޯލެއް ކާމިޔާބު ނުވުމުން ވަނީ ޕެނަލްޓީ ވެސް ޖަހާފައެވެ. އާޖެންޓީނާ މި މެޗުން މޮޅުވެފައިވަނީ ޕެނަލްޓީގައި 4-3ގެ ނަތީޖާއަކުން ނެދެލޭންޑްސް ބަލިކޮށްގެންނެވެ.

މިމެޗުގައި މުޅިއަކު 17 ރީނދޫ ކާޑު ދައްކާފައިވާއިރު، މެޗު ވަނީ އާދަޔާ ހިލާފަށް ހޫނުވެސް ވެފައެވެ. އެގޮތުން ކުޅުންތެރިންގެ މެދުގައި ޒުވާބު ކުރުމާއި ބެންޗްގައި ތިބި ނެދެލޭންޑްސްގެ ސަޕޯޓަރުން ދަނޑަށް އަރައި ހަމަނުޖެހުން ހިންގި މަންޒަރު ވެސް ވަނީ ފެނިފައެވެ.

އާޖެންޓީނާއާއި ނެދެލޭންޑްސް ބައްދަލު ކުރި މެޗުގެ ތެރެއިން-- ފޮޓޯ: ގެޓީ އިމޭޖެސް

މެދު ކުޅެމުން ދަނިކޮށް ނެދެލޭންޑްސްގެ ބެންޗުގައި ތިބި ކުޅުންތެރިން ދަނޑަށް އަރާފައިވަނީ އާޖެންޓީނާގެ ކުޅުންތެރިއަކު ޖެހި ބޯޅަށްއެއް، ނެދެލޭންޑްސްގެ ބެންޗުގައި ޖެހުމުން، އެއީ ގަސްތުގައި ކުރި ކަމެއް ކަމަށް ދެކިގެންނެވެ.

ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރެފްރީގެ މެޗް ރިޕޯޓަށް ބެލުމަށްފަހު، ދެޓީމުގެ މައްސަލަ ވެސް ބެލުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

މި ދެޓީމުގެ މައްސަލަ ބަލަން ފީފާއިން ނިންމާފައިވާއިރު، ބެލެވޭ ގޮތުގައި ދެޓީމުގެ ތެރެއިން އާޖެންޓީނާއަށް ބޮޑު ޖޫރިމަނާއެއް އަންނާނެއެވެ. އަދި ނެދެލޭންޑްސްއަށް ވެސް ޖޫރިމަނާއެއް އަންނާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ވިކިލީކްސް

    އާޖެންޓީނާއަށް ބޮޑު ޖޫރިމަނާއެއް އަންނަންވީ ސަބަބެއް ނޭނގުނު. އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓްކުރާ ނެދަލެންޑުގެ ކުޅުންތެރިން ދަނޑަށް އަރައި އާޖެންޓީނާގެ ކުޅުންތެރިން ކޮއްޕާ ވައްޓާލި މަންޒަރު ޓީވީން ފެނުނު. އެމައްސަލާގަ ނެދަލެންޑު ކުޅުންތެރިންނަށް ވަގުތުން ރަތްކާޑު ދެއްކޭނެ..ނަމަވެސް ރެފްރީ އެކަން އެގޮތަށް ނުކުރި. ނެދަލެންޑުން 30 ފައުލް ކުރިއިރު އެޓީމަށް ދެއްކީ 6 ރީނދޫ. އޭގެބަދަލު 18 ފައުލްކުރި އާޖެންޓީނާއަށް ރެފްރީ މާގިނަ ކާޑު ދެއްކި. ޑިފެންސްލައިނަށް އެއްކޮށް ކާޑު ދެއްކި. މުހިއްމު ހުރިހާ ކުޅުންތެރިންނަށް ކާޑު ދެއްކި. މެޗުބަލަން ހުރިއިރު ފާހަގަކުރެވުނީ ރެފްރީ ހުރީ ނެދަލެންޑުކޮޅަށް ބުރަވެފައިކަމަށް.

    46
    7
    • އައްމަޑޭ

      މަށަށްވެސް ފާހަގަކުރެވުނީ ރެފްރީ ހުރީ ހޮލެންޑުކޮޅަށް އެއްކޮށް ހުސްވެފައިކަމެވެ.

      11
      4
    • ކުޅި

      ހަހަހާ ދެން ކަލޯވެސް ރެއިންބޯކުއްޖަކަށް ވާންވީއެއްނު

      3
      5
  2. Anonymous

    އަލްޙަމްދުލިއްލާހި. މި އާޖެންޓީނާ މޮޅުވީމަވެސް އުޅުނު ހަޑި ވައްތަރު. ރަނގަޅަށް ބަލާ ޖޫރިމަނާ ކުރޭ. މެސީގެ މައްސަލަ ވަކިން ބަލާތި. އެއްވެސް ޑިސިޕްލިނެއް ނެތް ކުޅުންތެރިއެއް.

    8
    7