ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ޑީގައި މިރޭ ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ސްކޮޓްލޭންޑާއި ކްރޮއޭޝިއާ އެވެ. މި ދެ ޓީމަށްވެސް ދެވަނަބުރުގެ ފުރުސަތެއް އެބައޮތެވެ. ގްރޫޕުގައި މި ދެ ޓީމު މިހާތަނަށް ކުޅުނު ދެ މެޗަށް ބަލާއިރު ކޮންމެ ޓީމަކަށް މިހާތަނަށް ލިބުނީ 1 ޕޮއިންޓެވެ.

ސްކޮޓްލޭންޑް ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ޗެކް ރިޕަބްލިކް އަތުން 2-0 ގެ ނަތީޖާއަކުން ވަނީ ބަލިވެފައެވެ.ެ ދެވަނަ މެޗުގައި އިންގްލޭންޑާއި ވާދަކޮށް ވަނީ 1-1 އިން އެއްވަރުކޮށްފައެވެ.

މި ގްރޫޕުގެ އެއްވަނައިގައި ހަތަރު ޕޮއިންޓާއެކު ވަނީ ޗެކް ރިޕަބްލިކް އެވެ. މި އަދަދަށް ޕޮއިންޓް ހަމަކޮށްގެން ލަނޑުގެ ތަފާތުން ދެވަނަ ލިބެނީ އިންގްލޭންޑަށެވެ. ކްރޮއޭޝިއާ އާއި ސްކޮޓްލޭންޑް އެއް ޕޮއިންޓާއެކު އޮތް އިރު މި މެޗަކީ ގްރޫޕުން ކޮލިފައިވުމަށް ދެ ޓީމަށްވެސް މުހިއްމު މެޗެކެވެ. މި ދެ ޓީމު މިހާތަނަށް ފަސް ފަހަރު ބައްދަލުކޮށްފައިވެއެވެ. މީގެތެރެއިން ސްކޮޓްލޭންޑް މޮޅުވީ ދެ ފަހަރެވެ. އަދި ކްރޮއޭޝިއާ އަށް މިހާތަނަށް ސްކޮޓްލޭންޑް އަތުން މޮޅުވެވިފައެއް ނުވެއެވެ. ދެން އޮތް ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ފުރަތަމަ އެގާރަ

ކްރޮއޭޝިއާ

ސްކޮޓްލޭންޑް

ޒެލަޓްގޯ ޑަލިޗް (ކްރޮއޭޝިއާ)

މި މުބާރާތުގައި މިހާތަނަށް ކްރޮއޭޝިއާ ދައްކާފައިވާ ކުޅުމާއި މެދު ވަރަށް ހިތްހަމަޖެހޭ ކަމަށް ކޯޗު ބުންޏެވެ. އަދި ހުރިހާވެސް ވިސްނުމެއް ހުރީ މި މެޗުން ސްކޮޓްލޭންޑް ބަލިކޮށް ދެވަނަބުރުގެ ޖާގައެއް ކަށަވަރުކުރުމަށް ކަމަށާއި މިއީ ފަސޭހަވާނެ މެޗެއް ނޫންކަމަށް ގަބޫލުކުރާ ކަމަށެވެ. މިއީ ކްރޮއޭޝިއާ ކޮންމެހެން މޮޅުވާންޖެހޭ މެޗެއްކަމަށްވެސް ކޯޗު ބުންޏެވެ.

ގްރެގޯ ޓައުންސެންޑް (ސްކޮޓްލޭންޑް)

މި މެޗުން މޮޅުވާން ސްކޮޓްލޭންޑުން ކުރެވެންހުރި ކަމެއް ކުރާނެކަމަށާއި މި ގްރޫޕުން ކްރޮއޭޝިއާ އަކީ ފަސޭހަ ޓީމެއްނޫން ކަމަށް ގަބޫލުކުރާ ކަމަށް ކޯޗު ބުންޏެވެ. އަދި އުއްމީދަކީ ދެވަނަބުރުގެ ޖާގައެއް ހޯދައި މުބާރާތުން އިތުރު ރެކޯޑުތަކެއް ހެދުމަށް ކަމަށްވެސް ކޯޗު ބުންނެވެ.