އަނެއްކާވެސް ސްކޮޓްލޭންޑްފެ ޕްރައިމަރީ ސްކޫލުގެ ދަތުރަށް ގިނަ އަދަދެއްގެ އެއްމާބަނޑު ކުދިންތަކެއް ގުޅިއްޖެއެވެ. އެގޮތުން މިއަހަރު 17 ސެޓްގެ އެއްމާބަނޑު ކުދިން ވަނީ ސްކޫލަށް ވަނުމަށް ނަން ނޯޓްކޮށްފައެވެ. މިކަމުގެ ސަބަބުން އިންވަރކްލައިޑް ސަރަހައްދުގެ ޕްރައިމަރީ ސްކޫލްތަކަށް ކިޔަވާ އެއްމާބަނޑު ކުދިންގެ އަދަދު 147 ސެޓަށް ވުރެ މައްޗަށް އަރައެވެ.

މެޓްރޯއިން ބުނި ގޮތުގައި ސްކޮޓްލޭންޑްގެ އިންވާކްލައިޑް ޑިސްޓްރިކްޓަކީ މިހާރުވެސް "ޓްވިންވާކްލައިޑް" ގެ ނަމުން މަޝްހޫރުވެފައިވާ ޑިސްޓްރިކްޓެކެވެ. މިގޮތުން 2015 ވަނަ އަހަރު އެއްމާބަނޑު 19 ސެޓް ކުދިން ސްކޫލާއި ގުޅިފައިވާއިރު، އެއީ ރެކޯޑެކެވެ.

މިއަހަރަކީ މިހާތަނަށް އެ ޑިސްޓްރިކްޓުން ދެވަނައަށް އެންމެ ގިނަ އެއްމާބަނޑު ކުދިން ރެކޯޑް ކުރެވުނު އަހަރެވެ. ނިއުސް ޕޯޓަލް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި އަހަރުގެ ޓްވިން އިންޓޭކްގެ ކްލާހުގެ ބޮޑު ބައެއް - 17 ސެޓުގެ އެއްމާބަނޑު ކުދިންގެ ތެރެއިން 15 ސެޓް - ބޮޑު ދުވަހާ ދިމާކޮށް ޑްރެސް ރިހާސަލްއަކަށް ގްރީންކްގެ ސެއިންޓް ޕެޓްރިކްސް ޕްރައިމަރީއަށް ވަނީ އެއްވެފައެވެ.

އެ ޑިސްޓްރިކްޓްގެ އާޑްގޯވަން ޕްރައިމަރީ އާއި ސެއިންޓް ޕެޓްރިކް ސްކޫލަަކީ މިިފަހަރުވެސް ގިނަ އަދަދަކަށް އެއްމާބަަނޑު ކުދިންނަށް މަރުހަބާ ކިޔުމުގެ ޝަރަފު އޮންނަ ދެ ސްކޫލެވެ. މިއިން ކޮންމެ ސްކޫލެއްގައި ވެސް އެއްމަބަނޑު ތިން ސެޓްގެ ކުދިން އެ ކުދިންގެ ޕީ1 ކްލާސްތަކަށް ވަންނާނެއެވެ.