އިނގިރޭސި ގައުމީ ޓީމަކީ ޒުވާން ހުނަރުވެރި ކުޅުންތެރިން ގިނަ ޓީމެކެވެ. މީގެ ހަތަރު އަހަރު ކުރިން ބްރެޒިލްގައި ވޯލްޑް ކަޕް އޮތް އިރު، މިހާރު އެ ޓީމުގައި ތިބި ބައެއް ތަރިންނަކީ ބަޔަކު ދަންނަ ބައެއްވެސް ނޫނެވެ. މިހާރު މި ބަލާލަނީ އެފަހުން އެންމެންގެ ސަމާލުކަން ހޯދާފައިވާ ބައެއް އިނގިރޭސި ކުޅުންތެރިންނަށެވެ.

ރަޝްފޯޑް: ރަޝްފޯޑަކީ އޭރު މެންޗެސްޓާ ޔުނައިޓެޑް ޔޫތް އެކެޑެމީގައި ވިދަމުން ދިޔަ 16 އަހަރުގެ ކުއްޖެކެވެ.

ޑެލެ އަލީ: އޭރު ޑެލެ ކުޅެމުން ދިޔައީ އިނގިރޭސި ތިންވަނަ ޑިވިޝަންގެ އެމްކޭ ޑޮންސް އަށެވެ. އުމުރުން އޭރު އެންމެ 18 އަހަރެވެ.

އެރިކް ޑަޔާ: ޑަޔާ އޭރު ކުޅެމުން ދިޔައީ ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން އަށެވެ. އޭނާ އަކީ ކާކުކަން ގިނަ ބަޔަކަށް ނުވެސް އެނގެއެވެ.

ހެރީ ކޭން: 2014 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ކުރިން އޭރު 20 އާހަރުގެ ކޭން އަށް ކުޅެވިފައި ވީ އެންމެ 7 ޕްރިމިއާ ލީގު މެޗެވެ. އޭނާ އަށް ޖެހިފައި ވަނީ އެންމެ 3 ގޯލެވެ.

ޓްރެންޓް އެލެކްޒާންޑާ-އާނޯލްޑް: އުމުރުން 15 އަހަރުގައި އޭރު އޭނާ ކުޅެމުން ދިޔައީ ލިވަޕޫލްގެ ޔޫތް އެކެޑެމީގައެވެ.

ޖޭމީ ވާޑީ: ކުރިން މަޝްހޫރުކަން ލިބިފައި ނުވާ ވާޑީގެ "ރަން ޒަމާން" ފެށުނީ މިދުވަސްވަރު ގައެވެ.

ޖެސީ ލިންގާޑް: 21 އަހަރުގައި އޭރު އޭނާ ކުޅެމުން ދިޔައީ އިނގިރޭސި ދެވަނަ ޑިވިޝަންގެ ބާމިންހަމް އަށެވެ. މެންޗެސްޓާ އިން އޭނާ ވަނީ ލޯނު އުސޫލުން ދޫކޮށްފައިވެ.