އިނގިރޭސި ޕްރިމިއަރ ލީގުގައި ކްރިސްޓަލް ޕެލަސް އަތުން ހޯދި މޮޅާއެކު ޗެލްސީން މޮޅަަކާއެކު ލީގު ފަށައިފިއެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމު ކާމިޔާބުކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޗެލްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު އެ ޓީމުން ވަނީ ދާދިފަހުން ވިޔަރެއާލް ބަލިކޮށް ސުޕަ ކަޕް އުފުލާލާފައެވެ.

މެޗުގައި ޗެލްސީން ފުރަތަމަ ލަނޑު ޖަހާފައިވަނީ މެޗުގެ 27 ވަނަ މިނެޓުގައެވެ. މިއީ ލިބުނު ހިލޭ ޖެހުމަކުން އޭނާ ކާމިޔާބުކުރި ހިތްގައިމު ރީތި ލަނޑެކެވެ. ޗެލްސީން ލީޑު ފުޅާކުރި ލަނޑު ކާމިޔާބުކުރީ ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށްވެފައި ވަނިކޮށެވެ. ކްރިސްޓިއަން ޕުލިސިޗް މި ލަނޑު ކާމިޔާބުކުރީ މިއީ މައުންޓް އަދި އަޒްޕިލިކުއެޓާގެ ކުދި ޕާސްތަކުން އޭރިއާ ތެރެއަށް ވަދެ ގުއެޓާ އަށް ލިބުނު ބޯޅަ މަޑުމަޑުން ޕުލިސިޗަށް ދިނުމުންނެވެ.

ފުރަަތަމަ ހާފު ނިމުނީ ދެ ލަނޑުގެ ލީޑަކާއެކު އެވެ. ދެވަނަ ހާފު ފަށައިގެން ކުރީކޮޅު ކްރިސްޓަލް ޕެލަސް އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ޒަހާ ފޮނުވާލި މި ބޯޅަ ޗެލްސީގެ ކީޕަރު މެންޑީ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މި ފުރުސަތު ލިބުނުތާ މާ ގިނައިރުތަކެއް ނުވެ ޗެލްސީގެ ތިންވަނަ ލަނޑު ވަނީ ކާމިޔާބުކޮށްފައެވެ. މިއީ މި ސީޒަނަށް އެ ޓީމާއި އަލަށް ގުޅުނު އިނގިރޭސި ޑިފެންޑަރ ޗަލޯބާ ކާމިޔާބުކުރި ލަނޑެކެވެ. މިއީ އުމުރުން 26 އަހަރުގެ ކުޅުންތެރިޔާެ ފުރަތަމަ ޕްރިމިއަރ ލީގު ލަނޑެވެ.

މި ވޭތުވެދިޔަ 16 އަހަރު ސީޒަން ހުޅުވި މެޗުން ޗެލްސީ މިހާތަނަށް ބަލިވެފައިވަނީ އެއް ފަހަރެވެ. އެހެން ފަހަރުތަކުގައި އެ ޓީމު ވަނީ މޮޅެއް ނުވަތަ މެޗަކުން އެއްވަރުކޮށްފައެވެ.

ޕްރިމިއަރ ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ބާންލީ އަތުން ބްރައިޓަން ވަނީ 2-1 އިން މޮޅުވެފައެވެ. އަދި އެވަޓަން އިން 3-1 އިން ސައުތެމްޓަން ބަލިކުރިއިރު ލެސްޓާ ސިޓީ ވަނީ 1-0 އިން ވުލްވްސް ބަލިކޮށްފައެވެ. އަދި ވޮޓްފޯޑް ވަނީ 3-2 އިން އެސްޓަންވިލާ ބަލިކޮށްފައެވެ.

ލެސްޓާ ސިޓީ މޮޅުވިއިރު އެ ޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްފައިވަނީ ޖޭމީ ވާޑީ އެވެ. މިއީ އޭނާގެ ފުޓުބޯޅަ ކެރިއަރުގައި ކާމިޔާބުކުރި 119 ވަނަ ލަނޑެވެ.

ލަނޑު ޖެހުމަށްފަހު ވާޑީ އުފާފާޅުކުރަނީ

ޕްރިމިއަރ ލީގުގައި ހުޅުވުމުގެ ގޮތުން ރޭ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ އާސެނަލް އާއި މި ސީޒަނަށް އަލަށް ލީގަށް ކޮލިފައިވި ބްރެންޓްފޯޑް އެވެ. މި މެޗު 2-0 އިން ކާމިޔާބުކުރީ ބްރެންޓްފޯޑް އެވެ. އަދި މިއަދު ހަވީރު ލީޑްސް 5-1 އިން ބަލިކޮށް ޔުނަައިޓެޑް ވަނީ ފެށުން ރަނގަޅުކޮށްފައެވެ.

ލީގުގައި ޗެލްސީ ދެން މެޗެއް ކުޅޭނީ މިމަހުގެ 22 ގައެވެ. މި މެޗުގައި ބައްދަލުކުރާނީ ލީގުގެ ފުރަތަމަ މެޗުން ބަލިވި އާސެނަލްއާއެވެ.