ޔޫރަޕްގެ މުބާރާތްތަކުން ދެ އަހަރު ދުވަހުގެ މުއްދަތަށް އިޓަލީގެ އޭސީ މިލާން ސަސްޕެންޑް ކުރަން ޔޫއެފާ އިން ނިންމައިފިއެވެ.
ޔޫއެފާ އިން މި އަދަބު އޭސީ މިލާނަށް ދީފައިވަނީ ފީފާގެ ފައިނޭންޝިލް ފެއާ ޕްލޭ (އެފްއެފްޕީ)ގެ ގަވާއިދުތަކާއި ހިލާފުވެފައިވާތީއެވެ.
މިއީ ޔޫއެފާ އިން މިފަދަ މައްސަލައެއްގައި ކްލަބަކަށް ދިން އެންމެ ބޮޑު އަދަބުކަން ފާހަގަކޮށްލެވެއެވެ. މި އަދަބު ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސްގައި އިސްތިއުނާފް ކުރުމުގެ ފުރުސަތު މިލާނަށް އޮންނާނެއެވެ.
ޔޫރަޕްގެ މުބާރާތްތަކުން ދެ އަހަރު ދުވަހަށް މިލާން ސަސްޕެންޑް ކުރިއިރު އަންނަ ސީޒަނުގެ ޔޫރޮޕާ ލީގަށް އެ ކްލަބު ވަނީ ކޮލިފައިވެފައިވެއެވެ. ނަމަވެސް މި އަދަބާއެކު އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވެސް އެ ކްލަބަށް މިހާރު ވަނީ ގެއްލިފައެވެ.
ޔޫއެފާ އިން މި އަދަބު އޭސީ މިލާނަށް ދީފައިވާއިރު މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި އެ ކްލަބުން ވަނީ ބޮޑެތި ހޭދަތަކެއްކޮށް ގިނަ އަދަދެއްގެ ކުޅުންތެރިން އެ ކްލަބަށް ގެނެސްފައެވެ.
އެފްއެފްޕީގެ ގަވާއިދުތަކާއި ހިލާފުވެފައިވުމުން މީގެކުރިން ޕީއެސްޖީ އާއި މެންޗެސްޓަރ ސިޓީ އަށް ވެސް އަދަބުތަކެއް ޔޫއެފާ އިން މީގެކުރިން ދީފައިވެއެވެ.
ފީފާއިން ތިކަހަލަގެ އަދަބެއް އެބަޖެހޭ ޔާމީނަށްވެސް ދޭން.. ދެ ދައުރަށް ސަސްޕެންޑް ކުރަންވީ... ގާނޫން އަސާސީ އާއި ޚިލާފުވެފައިވާތީ..