މާދަމާ ރާއްޖޭގައި ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ ދިވެހި ގައުމީ ޓީމު ބޭނުންކުރާ ދިވެހިވަންތަ ސިފަތަކެއް އެކުލެވޭ އާ ޖާރޒީ ދައްކާލައިފިއެވެ.

މިއީ ދިވެހި ދިދައިގެ ފަރުމާއަށް ފުރަތަމަ ފަހަރަށް ތައްޔާރުކުރި ޖާރޒީއެވެ. މީގެކުރިން ޖާރޒީގެ ހުރިހާ ފަރުމާއެއް ކޮށްފައިވަނީ ބޭރު ގައުމުތަކުންނެވެ. މިއީ ދިވެހިންގެ ހުރި ހުނަރުވެރިކަން ވަރަށް ބޮޑަށް ފާހަގަވެގެންދިޔަ ފަހަރެކެވެ.

ޕީއެސްއެމްގެ ސްޓޫޑިއޯގައި ބޭއްވި ހަފުލާއެއްގައި ޖާރޒީ ދައްކާލަދިނީ ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މަޖިލިސް މެމްބަރު އަދި ދިވެހި ފުޓުބޯޅައިގެ ކުރީގެ ތަރި އަލީ އާޒިމް އެވެ. މީގެއިތުރުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ބައިވެރިވެވަޑައިގެންނެވި އެވެ.

"އެފްއޭއެމްގެ ސީނިއާ ނައިބު ރައީސް އަލީ އުމަރުގެ ވަރަށް ބޮޑު ވިސްނުންފުޅެއް މިފަހަރު އާ ޖާރޒީއެއް ތައްޔާރުކުރަން، ވަރަށް ދިވެހިވަންތަ ޖާރޒީއަކަށް ވެގެންދާން ވަރަށް ބޭނުންވި، ޖާރޒީ ފަރުމާކުރެވިގެން ދިޔައީ ދިވެހި ކުންފުންޏަކުން، ވަރަށް ދިވެހިވަންތަ ގޮތަކަށް މި މުބާރާތުގެ ހުރިހާ ކަމެއްވެސް މި އޮގަނައިޒްވެގެން ދަނީ" ބައްސާމް ވިދާޅުވިއެވެ.

ޤައުމީ ފުޓުބޯޅަ ޓީމުގެ އާ ޖާރޒީ ދައްކާލުމަށް ބޭއްވި ހަފުލާގެ ތެރެއިން

މިއަދު ދައްކާލާފައިވާ ގައުމީ ޓީމުގެ އާ ޖާޒީން ފެނިގެން ދަނީ ދިވެހި ވަންތައް ކުލަތަކެވެ. ފެއްސާއި ހުދާއި ރަތުން ޖާޒީ ފަރުމާ ކޮށްފައިވާއިރު، ޖާޒީގެ ކުރިމަތީގެ އެއް އަރިމަތީގައި "މަގޭ މަހަލްދީބް" ޖަހާފައިވެއެވެ. މުބާރާތް މާދަމާ ފަށާއިރު، ގައުމީ ޓީމުގެ އިތުރުން ގިނަ ދިވެހިން ވެސް އަންނަނީ މުބާރާތަށް ފޯރިއާއި އެކީ ތައްޔާރީތަކެއް ވަމުންނެވެ.

މި ޖާރޒީއާއެކު ގައުމީ ޓީމު ކުޅޭ ފުރަތަމަ މެޗަކީ ހުކުރުދުވަހުގެ ރޭ ސާފް ޗެމްޕިއަންޝިޕުގައި ނޭޕާލާއި ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗު ފަށާނީ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު އެވެ.

 

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. އަލިބެއްޔާ

    ދުނިޔޭގެ އެއްވެސް ޤައުމެއްގަ ތިހާ ސަކަރާތް ބޮޑުކޮށް ތިކަމެއް ނުކުރޭ.. ތިއޮތީ ކުލަމަޖާ ކޮށްފަ.. މި މީހުން ބޭރުކޮށްފަ މެނޭޖްމަންޓް ބަދަލު ކުރަން ނުވޭތަ..

    21
    5
  2. ދޯދި

    ކަމަކު ނުދޭ... ނޯ މޮޑަން ލުކުސް

    23
    4
  3. ޕޮއްއް

    ވަރަށް ކަމުނުދޭ

    19
    4
  4. Anonymous

    އައްޗީޑި.... މިހީވަނީ އުފަންދުވަހުގެ ޕާޓީއެއް ފާހަގަކުރަން ހާވާފަ އޮތް ހަޑިއެއްހެން
    ކުރިމަތީގައި އެކަނި މަންޒަރު...

    މިކަމުގައި އުޅޭ މީހުން ދުނިޔޭގެ ރީތި ޖާރޒީތައް ހުންނަ ގޮތް ނުފެންނަނީތަ ހަމަ

    ނިކަން އިންޓަމިލާން ޖާރޒީ މިސާލަކަށް ނަގާބަލަ

    24
    3
  5. kek2

    🤮🤮🤮

    15
    1
  6. ޏަަތަަަަަާ

    🤦🏼‍♂️🤦🏼‍♂️🤦🏼‍♂️

  7. ޙހހހ

    ކީއްތަވާނީ ދިވެހި ފަތުރުވެރިކަމަށްވެސް ފައިދާވާނެ ގޮތަކަށް ، ދިވެހިންގެ ކަނޑުގެ ދިރުންތަކާއި ދިެވހި ސަޤާފަތް އެކުލެވޭ ގޮތަށް ފަުމާކުރިނަމަ ، މިހާރު ތިއޮތީ ދިދައަށް ފުރައްސާރަކޮށްފަ ، ދެން ރަނގަޅު ޖޯރޒީއެއް ހަދާގެން ތަށިލިބުނަށް ލިބިދާނެ

  8. ކޭ

    ހޯލީގަ ކުލަ ޖަހާފައެއްނު ތިއޮތީ.

  9. ދިވެހި މީހާ

    ރީއްޗެއްނޫން ވަރަށް ހަޑި ބަޔަކަށް ލާރިގަޑެއްދީގެން ކޮއްފައިއޮތް ހުތުރު ކަމެއް ރާއްޖެތރޭގެ އާދާއިގެ ޓީމްތަކުންވެސް ތިޔަށްވުރެ ރީތި ޖާޒީހަދާ މިހާރު މަސްއޮޑިތަކުގައިވެސް މާސަޅި ޓީމްޖާޒީ ހަދާގެން އުޅެނީ ކޮބާތިބުނާ ދިވެހި ވަންތަކަން. ބޮޑު ކުލަމަޖާގަޑެއް އީދުގަ ފެންކުޅެންލާން ތިއޯކޭ.

  10. ސަމާ

    ޖޯޒީ އެއްވެސް އިންސްޕައިރިން އެއްނޫން.
    ކަޑަ. މިހާތަނަށް އެއްމެ ކަޑަ ޑިޒައިން

  11. ފިނދަނަ

    ތިވެސް ބަޔަކަށް ފައިސާދީގެން ކުރުވި ޑިޒައިނެއް ؟

  12. ޕާޕަ ޕާޕާޕ

    ފޮޓޯއިން ފެންނަނީ 3 މީހުން.
    ޖޯޒީ ދައްކާލި އިވެންޓްގައި ތިބި މީހުންގެ މޫނުމަތިންވެސް ތިޖޯޒީގެ ޑިޒައިންގެ ފެންވަރު ބުނެދޭ.

    ބަޔަކު ހޭހުސްވެދާނެ. ހުވާ މިބުނީ

  13. ޙ

    ވަރަށް ހަޑި

  14. ފައުޒީ

    އާ.. ދެން ކަލޭމެން ގައުމީ ދިދައިން ސޯޓާއި ފަޓުލޫނާއި ޖަނގިޔާ ހަދަންތިބޭ.. ބަޔަކުމީހުން އިންޑިޔާގެ އަތްދަށައް މުޅިން ގައުމުގެނެސް އަވަދިކުރާއިރުވެސް. މިހާކައް މިންވަރައް ގައުމެއްގެ ރައްޔިތުންތަކެއް ބޮލުރޮދުކޮށޭނީ.

  15. ފައުޒީ

    އާ.. ދެން ކަލޭމެން ގައުމީ ދިދައިން ސޯޓާއި ފަޓުލޫނާއި ޖަނގިޔާ ހަދަންތިބޭ.. ބަޔަކުމީހުން އިންޑިޔާގެ އަތްދަށައް މުޅިން ގައުމުގެނެސް އަވަދިކުރާއިރުވެސް. މިހާކައް މިންވަރައް ގައުމެއްގެ ރައްޔިތުންތަކެއް ބޮލުރޮދުކޮށޭނީ....