އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ކުޅުނު ތިންވަނަ މެޗުގައި ސްރީލަންކާ 1-0 ގެ ނަތީޖާއަކުން ބަލިކޮށް މުބާރާތުގެ ފައިނަލާއި ފިޔަވަޅެއް ގާތަށް ދިވެހިރާއްޖެ ޖެހިލައިފިއެވެ.

މި މޮޅާއެކު ރާއްޖެ ވަނީ މުބާރާތުގެ ފައިނަލަށް ދިއުމަށް ފިޔަވަޅަކާއި ގާތަށް ޖެހިލާފައެވެ. ރާއްޖެ އޮތީ ކުޅުނު ދެ މެޗުން ހޯދި ހަ ޕޮއިންޓާއެކު އެވެ. ލަންކާއަށް ވަނީ މި މުބާރާތް ނިމިފައެވެ. އެއީ ކުޅުނު ހަތަރު މެޗުން ލިބުނު އެއް ޕޮއިންޓާއެކު އެވެ. އެ ޓީމަށް އެއް ޕޮއިންޓް ލިބުނީ އިންޑިއާ އާއި އެއްވަރުކޮށްގެންނެވެ.

މި މެޗާއި ކުރިމަތިލިއިރު ރާއްޖެ އޮތީ ނާޒުކު ފައްތަރެއްގައެވެ. މިހާތަނަށް މުބާރާތުގައި ކުޅުނު ދެ މެޗުގެތެރެއިން ރާއްޖެ އޮތީ ތިން ޕޮއިންޓާއެކު އެވެ. އެއީ ފުރަތަމަ މެޗުގައި ނޭޕާލް އަތުން ބަލިވެ އަދި ދެވަނަ މެޗުގައި ބަންގްލަދޭޝް އަތުން މޮޅުވެގެންނެވެ. އެހެންކަމުން ފައިނަލަށް ދިއުމަށް ރާއްޖެއަށް މިއީ މުހިއްމު މެޗެކެވެ.

މެޗު ފަށައިގެން ރާއްޖެއިން ދިޔައީ އަވަސް ކުޅުމެއް ކުޅެމުންނެވެ. ލަންކާއަށް ރަނގަޅަށް ކުޅުމުގެ ތެރެއަށް ނުވަދެވި އުޅެނިކޮށް ރާއްޖެއިން ވަނީ ލީޑު ނަގާފައެވެ. މެޗުގެ ހަވަނަ މިނެޓުގައި ރާއްޖެއަށް މި ލަނޑު ކާމިޔާބުކޮށްދިނީ އަލީ އަޝްފާގު (ދަގަނޑޭ) އެވެ. މިއީ މި މުބާރާތުގައި ދަގަނޑޭ ކާމިޔާބުކުރި ދެވަނަ ލަނޑެވެ.

މި ލަނޑު ދަގަނޑޭ ކާމިޔާބުކޮށްފައިވަނީ ހައިޝަމް ނަގައިދިން ރީތި ހުރަޖެއްގައި ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެ ބޮލުން ފޮނުވާލި ބޯޅައަކުންނެވެ. މި ލަނޑު ދަގަނޑޭ ޖެހިއިރު ލަންކާގެ ތިން ކުޅުންްތެރިން ތިބީ ދަގަނޑޭ ކައިރީގައެވެ.

ރާއްޖެއާއި ލަންކާ ކުޅުނު މެޗުގެތެރެއިން-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

ރާއްޖޭގެ ފޯވާޑް ލައިނުގައި ހިމެނޭ އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އާއި ހަމްޒާ މުހައްމަަދު (ހަމްޕު) ވަނީ އަރިމަތިން ލިބުނު ބޯޅަތަކުގައި ރަނގަޅު ހަމަލާތަކެއް އުފައްދަން މަަސައްކަތްކޮށްފައެވެ. އަަދި ދަގަނޑޭ ވެސް ވަނީ ފޯވާޑް ލައިނުން ދެ އަރިމައްޗަށް ރަނގަޅު ބޯޅަތަކެއް ސަޕްލައިކޮށްފައެވެ.

މެޗުގައި ރާއްޖެއިން ލީޑު ނެގިފަހުން މެޗުގެ 14 ވަނަ މިނެޓުގައި ލީޑު ފުޅާކުރުމަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އަލީ ފާސިރު (ސެންޓޭ) އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.

ރާއްޖޭގެ ފަހަތުން ކީޕަރު މުހައްމަދު ފައިސަލް އަށް އަނިޔާވުމުގެ ސަބަބުން މެޗުގެ 29 ވަނަ މިނެޓުގައި އޭނާގެ ބަދަލުގައި ކީޕަރު މުހައްމަދު ޝަފީއު (ޗެކް) ވަނީ ކުޅެން އަރުވާފައެވެ. މިއީ ގައުމީ ޓީމަށް ޗެކް ކުޅޭ ބައިނަލްއަޤްވާމީ ފުރަތަމަ މެޗެވެ. ފުރަތަމަ ހާފު ނިމުނީ ދަގަނޑޭ ޖެހި ގޯލާއެކު ރާއްޖެ ލީޑުގައި އޮވެގެންނެވެ.

ރާއްޖެއިން ދެވަނަ ހާފުވެސް ފެށީ ވަރުގަދަކޮށެވެ. ހާއްސަކޮށް ދަގަނޑޭ ތަނަވަސްކުރި ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ލަންކާގެ ކީޕަރު ސުޖަން ޕެރޭރާ އަތުން ބޯޅަ ދޫވެ ދިޔަ ފަހަރުތައް ފާހަގަކޮށްލެވެއެވެ. ނަމަވެސް މި ހާފުގެ ފަހުކޮޅު ދިވެހި ޓީމުގެ ފަރާތުން ވަރުބަލިކަން ފެނިގެންދިޔަ އެވެ. އެއާއެކު ލަންކާގެ ފޯޯވާޑުން އޭގެ ފައިދާ ނެގިއެވެ. ލިބޭ ބޯޅަތަކުގައި ރާއްޖޭގެ ފަހަތަށް ބާރުބޮޑުކޮށް ގިނަ ފުރުސަތު ތަނަވަސްކުރި އެވެ.

ހާއްސަކޮށް ރާއްޖޭގެ ފޯވާޑް ލައިނުގައި ހިމެނޭ ދަގަނޑޭ އާއި ހަމްޕު ބަދަލުކުރުމާއި އެކު ރާއްޖޭގެ ފޯވާޑްލައިނުގައި ބޯޅަ ހަރެއްނުލި އެވެ. އެއާއެކު ލަންކާއިން މެޗު ޑޮމިނޭޓުކޮށްގެން ކުޅެން ފެށިއެވެ.

ލަންކާއަށް ނަތީޖާ ހަމަހަމަކުރަން އެންމެ ހުސް ފުރުސަތެއް ލިބުނީ ލަންކާގެ ހަލުވި ފޯވާޑް ކަވިންދު އިޝާން އަށެވެ. ރާއްޖޭގެ ޑިފެންސްލައިން ބީޓުކޮށްލުމަށްފަހު ޕެނަލްޓީ އޭރިއާ އެތެރެއަށް ވަދެ ފޮނުވާލި ބޯޅަ ދިޔައީ ގޯލާއި އަމާޒުނުވެ ބޭރަށެވެ. އޭގެފަހުން ވެސް ރާއްޖެއަށް ލީޑު ފުޅާކުރަން ރަނުގެ ފުރުސަތެއް ލިބުނެވެ. ދެވަނަ ހާފުގައި ކުޅެން އެރި ހަސަން ރާއިފް (ހަންނަ) ފޮނުވަލި ބޯޅަ ދިޔައީ ގޯލުގެ މަތިންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޞާރި

    3 ލަނޑު ޖެހުނީސް ދަންޑި ށް ނެރިނަމަ...

  2. ނުބު

    ކުރީގަ ހެން އަސްފާގަކަށް ނުކުޅެވޭ ...ހުރިހާ ކުޅުން ތެރިން އަސްފާގަ ޑިޕެންޑު ވެގެން ތިބިތަން މިއަދުވެސް ފެނުނީ..

    don't depend on ashfaq ..i also love ashfaq ..but there much more incredible players now

  3. ކްރައި

    ދަގަނޑޭގެ ގޯލުން ރާއްޖެއަށް މުހިންމު މޮޅެއް ލިބިއްޖެނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މިރާއްޖޭގެ 30 ހާސް މީހުންގެ ހިތުގެ ވިންދާއި ގުޅިފައިވާ ކަމެކޭ އެއީ ހިޔާ ފްލެޓްސް ތަކުގެ ބޮޑު ކުލި އެކުލި ކުޑަ ކޮށްދޭން ސަރުކާރުގައި އެދުމުން ދަހާކިމާ ކުރި ކަމަކީ އެ 30 ހާސް މީހުންނަށް ބޯންދީ އެކަން ކޮށް ނުދޭނަމޭ އޭ އޭނާ ބުނީ މިވަރުގެ ބަތާހަރާމީ ހަރާމްކޯރު ހާކިމާ އެކޭ މިހާރު މިގައުމުގައި މިހުރީ މިކަމުގައި ގައުމީ ޓީމްގެ ވެސް އެހީތެރި ކަމެއް ނިކަމެތި 30 ހާސް ދިވެހިރައްޔިތުންނަށް މިމުބާރާތުގެ ތެރޭން ބޭނުންވެއޭ މިކަމަށް ގައުމީ ޓީމުން އަޑުއުފުލާދޭށޭ މިރާއްޖޭގެ އެއްވެސް ސިޔާސީ ޕާރޓީ އެއް މިކަމެއް ކޮށް ނުދިނޭ ޕީޕީއެމް އިން ވެސް މިކަމަށް އެއްގޮތަކަށް ވެސް މަސައްކަތް ކުރާ ތަނެއް ނުފެނެއޭ މިކަން ގައުމީ ޓީމް އިން ޕެޓިޝަނެއް ރައީސް އިބޫ އަށް ހުށައަޅައިގެން ނަމަވެސް ކޮށްދޭށޭ ޔޫ ކޭން ޗޭންޖް ދަވޯލްޑް ޔޫ ކޭން ޓަޗް ދަ ސްކައި އައި ކާންޓް ޑޫ އިޓް ބައިމައި ސެލްފް އައި އޭން ގޮނާ ނީޑް ޔުއަރ ހެލްޕް އޮން ދިސް...

    8
    8
  4. ބެލޮ

    މަރުހަބާ // މަރުހަބާ // ޤައުމީޓީމްއަށް މަރުހަބާ // ވަރަށް ބެސްޓް //

    15
    1
  5. ދިވެއްސެއް

    ވަގުތުގެ އެހެނިހެން ޖާންރާއެއްގެ ޚަބަރުތައް ކިތަންމެ ތާކުން ތާކު ނުޖެހުނަސް ކުޅިވަރު ޚަބަރުތައް ގެނެސްދޭލެއް ވަރަށް ފުރިހަމަ.

  6. ކާފަބޭ2020

    ޓީމަށްމަރުޙަބާކިޔަން! އަޅުގަނޑަށްފެނުނީ ފަހުހާފުފަށައިގެން ދެތިންކުޅުންތެރިންނޫނީ ވަރުބަލިވެގެންގޮސް ގޮތްހުސްވެ މެޗްނިމޭނީ ކިހާއިރަކުންތޯސުވާލުއުފެދިފަތިބިތަނެވެ. އުންމީދަކީ ކުރިއަށްހުރިމެޗްތަކުން ވަރަށްފުރިހަމަކާމިޔާބެއްލިބުމެވެ. މެޗްފެށުނީއްސުރެ ފަހުކަށިގަނޑުގެއަޑާހަމައަށް މެދުނުކެނޑި ސަޕޯޓަރުންގެ ހިއްވަރުދިނުމާސާބަސްދިނުމުގެއަޑުއުފުލުމެވެ. ޓީމަށްފުރިހަމަކާމިޔާބެއް މިންވަރުކުރަށްވާށި! އާމީން!