މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމަކީ މި ފަހުގެ ތާރީހުގައި ފެނިގެންދިޔަ އެންމެ "ބަދަހި" ޓީމުގެ ގޮތުގައި ޓީމުގެ ކޯޗު އަލީ ސުޒެއިން ސިފަކޮށްފިއެވެ.

ސުޒެއިން މިހެން ބުނެފައިވަނީ އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ލަންކާ އަތުން ރާއްޖެ 1-0 ގެ ނަތީޖާއަކުން މޮޅުވި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަމުންނެވެ.

ލަންކާ އަތުން ހޯދި މި މޮޅާއެކު ރާއްޖެ އޮތީ އުރީދޫ ސާފް ޗެމްޕިއަންޝިޕުގެ ތާވަލުގެ ދެވަނައިގައެވެ. އެއީ ނޭޕާލާއި އެއް އަދަދަކަށް ޕޮއިންޓް އޮތް ނަމަވެސް ފައިދާ ގޯލުގެ ތަފާތުންނެވެ މިރޭ ނޭޕާލާއި އިންޑިއާާ ބައްދަލުކުރާ މެޗުން ނޭޕާލް މޮޅުވެއްޖެ ނަމަ އެ ޓީމަށް ފައިނަލުގެ ޖާގައެއް ކަށަވަރުވާނެ އެވެ. އިންޑިއާ ކޮންމެހެން މި މެޗުން މޮޅުވާން ޖެހެއެވެ.

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސުޒެއިން ބުނީ މީގެކުރީގެ ގައުމީ ޓީމުތަކުގައި ކުޅުންތެރިންގެ ފަރާތުން ހިޔާލުތަފާތުވުންތައް ފެންނަމުންދިޔަ ކަމަށާއި ނަމަވެސް މިހާރު އޮތް ޓީމަކީ ވަރުގަދަ ރޫހަކާއެކު އޮތް އެކުވެރި ބަދަހި ޓީމެއް ކަމަށެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ސްރީލަންކާ އާއި ދެކޮޅަށް ކުޅުނު ރާއްޖޭގެ ޓީމު-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

"އަޅުގަނޑު ކުރިން މަސައްކަތްކުރި ފަހަރު ވެސް ބައެއް ފަހަރު (މައްސަލަ)ހުރި. މިއީ ރާއްޖޭގެ ތާރީހުގައި ވެސް މި ގޮތަށް މިހާ އެކުވެރިކޮށް، ހާއްސަކޮށް ސީނިއާ ގައުމީ ޓީމެއް އޮތް ފަހަރުކަން އަޝްފާގް މެން ގަބޫލްކުރާނެ." ސުޒެއިން ބުންޏެވެ. ސުޒެއިން އާއި ޖެހިގެން މި ނޫސްވެރިންގެ ބައްދަލުވުމުގައި ހުރީ ދަގަނޑޭ އެވެ.

 

ސުޒެއިން ބުނީ މިހާރު އޮތް 23 ކުޅުންތެރިންގެ ސްކޮޑާއި މެދު ވަރަށް ފަހުރުވެރިވާ ކަމަށާއި ޓީމެއް ބިނާކުރުމުގައި ކާމިޔާބު ހޯދިއްޖެކަމަށް ގަބޫލުކުރާ ކަމަށެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ކުޅޭ ފަހު މެޗުގައި ބައްދަލުކުރާނީ އިންޑިއާ އާއެވެ. މި މެޗު ކުޅޭނީ އަންނަ ބުދަދުވަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މޯހަން

    ތިޔަހެން ކިޔާނެ ދެންމިހާރު..

  2. ސަމާ

    ދަގަނޑޭ ވަރުބަލިވިޔަސް ނުުބޭކުން މުހިއްމު. މިއަދުވެސް ދަގނޑޭ ބޭލިހިސާބުން މުޅިމެޗް ބަދަލުވި

    • އިބޫ

      މިމެޗްގަ ކޯޗަށް ޅައެއްޗެއް އެޅިއްޖެހެން މަށަށް އެބަހީވޭ

  3. ޙހހހ

    ކޯޗްކަމަކުނުދޭ ، ގޯލެއްޖެހިއަސް އެއްވެސް އުފާވެރިކަމެއް ކޯޗްފަރާތުން ނުފެނޭ. ހިނިތުންވުމަކީ މޯޓިވޭޓްކުރުވާކަމެއް ، ސުޒޭން މެން ކަމަކު ނުދޭ

    6
    1