ރާއްޖެއަށް ބްރެޒީލިއަން ޖިޖުޓްސޫ ތައާރަފްކޮށްދިން ދުނިޔޭގެ ޗެމްޕިއަން އެންޖެލް ސަންޗޭޒްގެ އޭޒީ ބީޖޭޖޭ މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ހުޅުމާލޭގައި ބޭއްވި ރާއްޖޭގެ ފުރަތަމަ ބީޗް ފައިޓް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއި އެކު ނިންމާލައިފި އެވެ

ރާެއްޖޭގެ ފުރަތަމަ ބީޗު ފައިޓް ޗެމްޕިއަންޝިޕުގެ އަންހެން މެޗެއްގެ ތެރެއިން-- ވަގުތު އިމޭޖަސް: ޖެރީ

.

ހުޅުމާލޭ ރެޑްބުލް ޕާކް ކައިރި ބީޗުގައި އާންމުންނަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުގައި ޖުމްލަ 32 މީހަކު ވަނީ ބައިވެރިވެފައެވެ. މި މުބާރާތް ކުރިޔަށްދިޔައީ ޖުމްލަ ފަސް ކެޓަގަރީއަކަށް ބަހާލައިގެންނެވެ

އެންޖެލް ސަންޗޭޒް ވަނަވަނައަށް ދިޔަ ފަރާތްތަކަށް މެޑަލް ދެނީ-- ވަގުތު އިމޭޖަސް: ޖެރީ

.

އެއީ 55 ކިލޯގްރާމް، 60 ކިލޯގްރާމް، 70 ކިލޯގްރާމް 75 ކިލޯގްރާމްގެ އިތުރުން އަންހެނުންގެ ކެޓަގަރީއެވެ. މި ހުރިހާ ކެޓަގަރީތަކުގެ މެޗުތަކާއެކު އެއް ދުވަހަށް މި މުބާޜާތް ކުރިޔަށްދިޔައީ މިދިޔަ ހުކުރުދުވަހުގައެވެ. މި ހުރިހާ މެޗުތަކެއް ނިމުމުން ވަނަވަނައަށް ދިޔަ ފަރާތްތަކަށް ވަނީ އިނާމުދީފައެވެ. ތިރީގައި މި ވަނީ ކޮންމެ ކެޓަގަރީއަކުން އެއްވަނަ ދެވަނަ އަދި ތިންވަނަ ހޯދި މީހުންނެވެ..

މުބާރާތުގެ އަންހެން ކެޓަގަރީން ވަނަވަނައަށް ދިޔަ ފަރާތްތަކަށް މެޑަލް ދެނީ--- ވަގުތު އިމޭޖަސް: ޖެރީ

55 ކިލޯގްރާމް ކެޓަގަރީ

  1. މުހައްމަދު އަރުޝަދު
  2. އަބްދުﷲ ސާއިން ސޮބާހް
  3. މުހައްމަދު ރޫދު

60 ކިލޯގްރާމް ކެޓަގަރީ

  1. ހުސެއިން ސަލްމާން
  2. ހުސެއިން މަކްދޫމް އިބްރާހިމް
  3. ހުސެއިން ހައިސަމް ހަސަން

70 ކިލޯގްރާމް ކެޓަގަރީ

  1. ކިނާން
  2. އަހުމަދު ޝާހު
  3. މުހައްމަަދު ޝިނާޒް

75 ކިލޯގްރާމް ކެޓަގަރީ

  1. އިބްރާހިމް ނަޖާހު
  2. އަޝްހަމް އަބްދުﷲ
  3. އަބްދުﷲ ސާއިދު
މުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތަކާއި އެކު ފޮޓޯއަކަށް ހުއްޓިގެން-- ވަގުތު އިމޭޖަސް ޖެރީ

މުބާރާތް ކުރިޔަށްދިޔައީ ގަވާއިދުތަކަކާއި އެކުގައެވެ. އެގޮތުން އަރާ ދެ މީހަކު އެކަކު އަނެކަކު ގައިގައި ހިފެހެއްޓުމަށް ފަހު ބެލޭންސް ކަޓުވާލުމަށް ފަހު ނުވަތަ ގަދަބާރުން ޖެހޭނީ އިދިކޮޅު ކުޅުންތެރިޔާ ބިންމައްޗަށް ވައްޓާލާށެވެ. އެއްވެސް ކަހަލަ ލޮކެއް ނޭޅުވޭނެ އެވެ. އަދި ހާއްސަ ޓެކްނީކެއް ވެސް ބޭނުމެއް ނުކުރެވޭނެ އެވެ. މި މުބާރާތުގެ ގަވާއިދުތަކަކީ ބްރެޒީލިއަން ޖިޖިޓްސޫގެ ސްޓޭންޑްއަޕް ގަވާއިދުތަކެެވެ.

މުބާރާތުގެ ކޮންމެ މެޗެއްވެސް ކުރިޔަށްދިޔައީ ތިން މިނެޓަށެވެ. މި ތިން މިނެޓުގެ ތެރޭގައި އެއްވެސް ކުޅުންތެރިއަކު ވައްޓާނުލެވިއްޖެ ނަމަ ދެން ބަލާނީ "އޮފް ބައުންޑް" ނުވަތަ އެންމެ ގިނައިން ވައްޓަން ހަމަލާދޭ ފަހަރުތަކަށް ޕޮއިންޓު ދީގެންނެވެ.

.