އުނދަގޫ ހާލަތެއްގައި އޮތް ދިވެހި ގައުމީ ފިރިހެން ވޮލީބޯޅަ ޓީމު އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި މުބާރާތް ބާއްވާ ބަންގްލަދޭޝް އަތުން ފުރަތަމަ މެޗުން ބަލިވެއްޖެ އެވެ.
ސީދާ ތިން ސެޓުން ރާއްޖެ މި މެޗުން ބަލިވިއިރު ރާއްޖެ މި މެޗު ކުޅެފައިވަނީ ބަންގްލަދޭޝްއަށް ދިގު ދަތުރެއް ކުރުމަށްފަހު ހަމަ އެ ދުވަހުގައެވެ.
މީގެކުރިން ޓީމު ބަންގްލަދޭޝްއަށް ފުރަން އޮތީ މިދިޔަ އަންގާރަ ދުވަހުގައެވެ. ނަމަވެސް ޓީމުގެ ހުރިިހާ ކުޅުންތެރިންނާއި އޮފިޝަލުން އެއާޕޯޓަށް ދިޔަފަހުން ކޮވިޑުގެ ހާލަތެއް ޓީމަށް ކުރިމަތިވުމުގެ ސަބަބުން ޓީމަށް ނުފުރި މަޑުކުރަން މަޖުބޫރުވިއެވެ.
ދިވެހި ޓީމު މި މެޗާާއި ކުރިމަތިލީ ލިބެރޯ އެއްވެސް ނުލައެވެ. ފުރަތަމަ ލިބެރޯ ކަމަށްވާ މުހައްމަދު ނައީމް މި ދަތުރުގައި ބައިވެރިނުވާއިރު ދެވަނަ ލިބެރޯއަށް އަދި މި މެޗު ކުޅުނު އިރަށް ބަންގްލަދޭޝްއަށް ނުދެވެއެވެ.
ދިވެހި ކުޅުންތެރިންގެ ފަރާތުން މި މެޗުގައި ވަރަށް ބޮޑަށް ވަރުބަލިކަން ފެނިގެންދިޔަ އެވެ. ހާއްސަކޮށް ކުޅުންތެރިންގެ ކުުޅުމުގައި އެކަން ވަރަށް ބޮޑަށް ފާހަގަވެގެންދިޔަ އެވެ.
ބަންގްލަދޭޝް އިން މެޗުގެ ފުރަަތަމަ ސެޓު ގެންދިޔައީ 25-14 އިންނެވެ. ދެވަނަ ސެޓު 19-25 އިން ބަންގްލަދޭޝް ކާމިޔާބުކުރި އިރު ތިންވަނަ ސެޓު ބަންގްލަދޭޝް އިން ކާމިޔާބުކުރީ 22-25 އިންނެވެ. ދިވެހި ޓީމުން ވަނީ ސެޓަކަށް ފަހު ސެޓެއް ކުޅުން ރަނގަޅުކޮށްފައެވެ.
މުބާރާތުގައި ރާއްޖޭގެ ފިރިހެން ވޮލީޓީމު ކުޅޭ ދެވަނަ މެޗުގައި މިއަދު ބައްދަލުކުރާނީ އުޒްބަކިސްތާނާއެވެ. މި މެޗު ކުޅޭނީ މިއަދު 3 ޖަހާއިރުގައެވެ.
އަބަދުވެސްކޮންމެވެސްއުޒުރަކާހެދި
ކަމެއް ތާކުކުރަންޏާ ގޮވާތި އަދިވެސް އަހަރެމެނަށްވެސް ވާނޭ…..
ދެން ކީއްކުރަން ބޮޑު ޚަރަދުކޮށްފަދަނީ ، ތިކަން އެނގޭއިރު މަޑުކުރިނަމަ
ٱلْحَمْدُ لِلَّٰهِ ނަތީޖާ ގޯހެއްނޫން ، ކުޅުން މާ ބޮޑައްވެސް ދިވެހި ޓީމް ރަގަޅު، ދަތުރު ވަރުބަލި ނުވިނަމަ ވަރަށް ޔަގީން އިރާދަ ކުރެއްވިއްޔާ މޮޅުވާނެކަން.
ކަލޭމެން ބަލީވާ ކޮންމެ ފަހަރަކު ކޮންމެެވެސް އުޒުރެެއްކާ ބާހަނާތަކެއް ދާއްކާނީ! ޙަޤީޤަތަކީ ހަމަ ނުކުޅެވުން! ރަގަނގަޅު މޮޅު ކުޅުންތެރިން ނުއުފެއްދުން! ހުރިހާކުޅިވަރަކަށް ސިޔާސީ ނުފޫޒު އިންތިހާއަށް ފޯރުން!!!
ދަތުރު ވަރުބައްޔާ. ކަލެއަށް ނޭނގޭތަ ދިވެހިޓީމަށް ލޮޓިއެއް ދޭނެ އެހެންގޮތެއްވެސް.
ލަންކާ އަތުންބަލިވީ ހިގާހިގާ ވަރުބަލިވެގެން
2 ލިބެރޯ ނެގެން އޮޢްވަ ކީވެތަ ނުނެގީ! 😞
ޕާޓް ޓައިމް އަށް ކުޅޭ ކުޅުން ތެރިން ގައުމީ ސްކޮޑަށް ނަގާގެން ދުވަހަކުވެސް މި ޤައުމުގައި އެއްވެސް ކުޅިވަރެއް ކުރިއަރާނެކަމަށް އަހަރެން ނުދެކެން
އަދިވެސް ތަނެއް އޮތީޔާ ބޯގަޅާލާތި...ހހހހ
އަބަދުވެސް ދަތުރުވަރުބަލިވެފަ ދުވަހަކުވެސް އެނޫންދުވަހެއް ނާދޭ. ޙުރިހާމެޗަކުންބަލިވެ މުބާރާތުން ކަޓާފަ. ކުޅިވަރަށްހަރޑުކުރުމަކީ ބޭކާރުކަމަކަށްވެއްޖެ އެހަރަދުތައްކުރުން ހުއްޓާލަން ވެއްޖެ.
ތިނޫންވަރެއްވޭތަ