އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމުން ކިރްގިސްތާން އަތުން ބަލިވެ މުބާރާތުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެއްޖެ އެވެ.

ބަންގްލަދޭޝްގައި މިހާރު ކުރިޔަށްދާ އޭވީސީ ސެންޓްރަލް ޒޯން އަންހެން މުބާރާތުގައި މިއަދު ކިރްގިސްތާން އަތުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ.

ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ބަލިވީ އުޒްބަކިސްތާާން އަތުން ސީދާ ތިން ސެޓުންނެވެ. ދެވަނަ މެޗުގައި އެންމެފަހުގެ ޗެމްޕިއަން ނޭޕާލް އަތުންވެސް ސީދާ ތިން ސެޓުން ބަލިވިއިރު ތިންވަނަ މެޗުގައި ލަންކާ އަތުންވެސް ބަލިވީ ސީދާ ތިން ސެޓުންނެވެ.

މެޗުގެކުރިން ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން ޓީމުގެ މުހިއްމު އެއް ކުޅުންތެރިޔާ ކަމަށްވާ އާމިނަތު އަފާފް ނިޒާމްގެ ފަޔަށް ގެއްލުންވެ އޭނާއަށް މެޗު ގެއްލުނެވެ.

މެޗު ފަށައިގެން ފުރަތަމަ ސެޓުގައި ރާއްޖެ ވަނީ ކިރްގިސްތާނާއި ޕޮއިންޓަކާއި ގާާތްކޮށްފައެވެ. ނަމަވެސް އޭގެފަހުން ބޯޅަތައް ގެއްލުވާލުމުން އޭގެ ފައިދާ ނަގައިގެން ކިރްގިސްތާން ލީޑު ފުޅާކުރިއެވެ. ފުރަތަމަ ސެޓު ކިރްގިސްތާން ކާމިޔާބުކުރީ 25-17 އިންނެވެ.

ފުރަތަމަ ސެޓާއި ހިލާފަށް ދެވަނަ ސެޓުގައި ދިވެހި ޓީމުގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. އޭގެ ފައިދާ ނަގައިގެން ދެވަނަ ސެޓު ކިރްގިސްތާން ކާމިޔާބުކުރީ 25-11 ގެ ބޮޑު ފަރަގަކުންނެވެ.

ފުރަތަމަ ދެ ސެޓުން ލިބުނު ތަޖުރިބާގެ އަލީގައި ތިންވަނަ ސެޓުގައި ދިވެހި ޓީމުން ވަރަށް ބޮޑުތަން ހިތްވަރުގަދަކުރި އެވެ. އަދި ރަނގަޅު ފުރުސަތުތަކެއް ވެސް ތަނަވަސްކުރި އެވެ. ނަމަވެސް ޒުވާާން ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ދިވެހި ޓީމުގެ މައްޗަށް ކިރްގިސްތާން މި ސެޓު ހޯދީ ތަޖުރިބާގެ ބޭނުންކޮށްގެން 25-20 އިންނެވެ.

ފަހު މެޗުގައި އަންނަ ހޯމަދުވަހު ރާއްޖެ ބައްދަލުކުރާނީ ބަންގްލަދޭޝް އާއެވެ. މި މުބާރާތުގެ ފަައިނަލް ކުޅޭނީ ލީގު ބުރުން އެންމެ ކުރިހޯދާ ދެ ޓީމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ތިވެސް މެޑަލް އެއް އަދި ރެކޯޑެއް ކޮބާ ކޯޗް އެހެން ބުނޭ އަވަހައް.

  2. ނަގުލު ފިއްތި

    ތަނެއްގަ މުބާރާތެއް އޮތީޔާ ރައްޔިތުންގެ ލާރި ބޭކާރު ގޮތުގަ ހަރަދު ކޮށްފަ ނާޗަރަނގީ މކުޅެން ފޮނުވާތި. ފަހަތުން އެއްވަނަ ހޯދަން