އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ވާދަކުރަން މިފަހަރު ދިވެހި ޓީމުން ކުރަންޖެހުނު މަސައްކަތްތަކަށް ބަލާާއިރު މުބާރާތުގައި ކުޅެލުމުގެ ފުރުސަތު ލިބުމަކީ ވެސް ލިބުނު މެޑަލްއެއްގެ ގޮތުގައި ގައުމީ ފިރިހެން ވޮލީ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ބުނެފި އެވެ.

ގައުމީ ކޯޗު މިހެން ބުނީ އުޒްބަަކިސްތާން އަތުން ދިވެހި ޓީމު ބަލިވި މެޗަށްފަހު ވާހަކަދައްކަމުންނެވެ. ފުރަތަމަ މެޗުގައި ވަނީ މުބާާރާތް ބާއްވާ ބަންގްލަދޭޝް އަތުން ސީދާ ތިން ސެޓުން ބަލިވެފައެވެ. އެ ދުވަހު މެޗު ކުޅެފައިވަނީ ދަތުރު ވަރުބަލީގައެވެ.

ފުރަތަމަ މެޗުގައި ލިބެރޯ ކުޅުންތެރިއެއް ނެތް ނަމަވެސް އުޒްބަކިސްތާނާއި ދެކޮޅަށް ކުޅުނު ދެވަނަ މެޗުގަައި ވަނީ ލިބެރޯ ކުޅެފައެވެ. މި މެޗުގެ ފުރަތަމަ ސެޓު ރާއްޖެ ކާމިޔާބުކުރި ނަމަވެސް އުޒްބަކިސްތާން ވަނީ ފަހަތުން އަރާ ތިން ސެޓު ހޯދާ މެޗު ކާމިިޔާބުކޮށްފައެވެ.

ގައުމީ ވޮލީބޯޅަ ޓީމު މި މުބާރާތުގައި ވާދަކުރުމަށް ބަންގްލަދޭޝްއަށް އައުމަށް ހަމަޖެހިފައި އޮތީ މިމަހުގެ 19 ގައެވެ. ނަމަވެސް ފުރަން އޮތް ދުވަހު ޓީމު އެއާޕޯޓަށް ދިޔަ ފަހުން ކޮވިޑުގެ ހާލަތެއް ކުރިމަތިވުމުގެ ސަބަބުން އެ ދުވަހު ދަތުރެއް ނުކުރެވުނެވެ.

ގައުމީ ވޮލީ ޓީމު ބަންގްލަދޭޝްއަށް ދިޔައީ ތިން ބަޔަކަށް ބަހާލުމަށްފަހު އެވެ. ފުރަތަމަ މެޗުގައި ވާދަކުރާ ކުޅުންތެރިން ހަމަވީ ކިރިޔާއެވެ

"އަޅުގަނޑުމެން ޓީމު އޮތް ހާލަތާއި މި ހުރިހާ އެއްޗަކަށް ބަލާއިރު، މި ކޯޓުގައި އައިސް ކުޅުމަކީ ވެސް އަޅުގަނޑުމެންނަށް މެޑަލް އެއް، އަޅުގަނޑުމެން ނިންމީ މުބާރާތުގައި ބައިވެރިވެ، މުބާރާތުގައި ކުޅެވިއްޖިއްޔާމު ފުރަތަމަ މެޑަލް އަޅުގަނޑުމެން (ކަރުގައި) އެޅިފައި ކަމަށް. އަޅައިގެން ހަގީގަތުގައި މި ތިބީ،" ކާއްޓެ ބުންޏެވެ.

މުބާރާތުގައި ރާއްޖޭގެ ފިރިހެން ވޮލީބޯޅަ ޓީމު ކުޅޭ ތިންވަނަ މެޗުގައި މިއަދު 15:00 ގައި ބައްދަލުކުރާނީ ނޭޕާލާއެވެ. މި މެޗަށްފަހު ލީގު ބުރުގެ ފަހު މެޗުގައި މާދަމާ ބައްދަލުކުރާނީ ސްރީލަންކާއާއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރަދީފް

    ހެހެހެހެހެ.ކުޅެލުން ވެސް އެއީ މެޑަލްއެއް.މީގެ ފަހުން ކުޅެލުން ވެސް އެއީ ގޯލްޑެއްގެ ގޮތުގަ ފޮތްތަކުގަ ލިޔަންޖެހޭނެ.ލަދު ކޮބާ؟؟

    9
    1
  2. Anonymous

    އަދި އަލައް ތިޔަކަހަލަ މެޑަލް އެއް މިދެކުނީ މަރުހަބާ ތިޔަ ހޯދެވި ކާމިޔާބީއައް ، މިވެރި ކަމުގަ ތިޔަކަހަލަ މެޑަލްތައް ގިނައީ.

    9
    2
    • ރާގޮޑިރާޖަ

      ޥައްކަންތޯ ގިނަކުރަންވީދެން.

  3. އީސަ

    އާނ ސަރުކާރު ލާރީގަ ބޭރުގައުމުބަލާލަން ދެވުމަކީ ވެސް މެޑަލެއް ލިބުން… ކެކެކެކެކެކެކެ

    10
    1
    • ދާރި

      ސަރުކާރު ލާރިގަނޑު ވަގަށްކާލުން އޯކޭދޯ.

  4. ސަމީ

    މުބާރާށް ތަޢުވަތު ލިބުނުކަމީވެސް ލިބުނު މެޑަލް އެއް އަދި ލިބުނު ތައްޓެއް ދެން ފަހަރަކުން ދާނެ ކަމެއް ނެތް ކުޅޭކަށް މެޑަލާ ތަށި ލިބިފައި އޮއްވާ