އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއިން ވެލެންސިއާ 0-13 ގެ ނަތީޖާއަކުން ބަލިކޮށް، އެޓީމު ލަދުގަންނުވާލައިފިއެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 10 ވަނަ މިނެޓުގައި މާޒިޔާއިން ވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ބިދޭސީ ފޯވާޑް ކޯނޭއެވެ. އޭގެ ދެ މިނެޓު ފަހުން މާޒިޔާއަށް ހަމްޒާ މުހައްމަދު (ހަމްޕު) ވަނީ ލީޑު ފުޅާކޮށްދީފައެވެ.

މާޒިޔާގެ ތިންވަނަ ލަނޑު 16 ވަނަ މިނެޓުގައި ހަމްޕު ކާމިޔާބުކޮށްފައިވާއިރު، 23 ވަނަ މިނެޓުގައި ހަމްޕު ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ،

މާޒިޔާގެ ފަސްވަނަ ލަނޑުވެސް ހަމްޕު ކާމިޔާބުކޮށްފައިވާއިރު، ހަވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ އިބްރާހިމް އައިސަމްއެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން މާޒިޔާގެ ހަތްވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ ހަމްޕުއެވެ.

ދެވަނަ ހާފް ފެށިގެން ކޯނޭ އިތުރު ލަނޑެއް ކާމިޔާބުކޮށް މާޒިޔާގެ 8 ވަނަ ލަނޑު ކާމިޔާބުކޮށްފައިވާއިރު، އެޓީމުގެ ނުވަ ވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ ޓާނާއެވެ. އަދި 10 ވަނަ ލަނޑު ކާމިޔާބުކުރީ ނާއިޒް ހަސަން (ދާދު) އެވެ.

މާޒިޔާއިން މެޗުގައި ޖެހި 11 ވަނަ ލަނޑު ދާދު ޖަހާފައިވާއިރު، 12 ވަނަ ލަނޑު ކާމިޔާބުކުރީ ޓާނާއެވެ. އަދި 13 ވަނަ ލަނޑު ކާމިޔާބުކޮށް ދާދު ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

މެޗުގެ ފަހުވަގުތުކޮޅު ވެލެންސިއާއަށް ޕެނަލްޓީއެއް ލިބިފައިވީ ނަމަވެސް، އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ފޮނުވާލި އެ ޕެނަލްޓީ ދިޔައީ ބޭރަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަ

    އެހެންވެޔޭ ކުރިންދުވަހު ވެސް ބުނީ ދާދު އަކީ މިހާރުވެސް އެންމެ މޮޅު ކުޅުންތެރިޔާއޭ😍😍💚💚❤️❤️💘💘 މާޒިޔާ😘

    1
    2
    • ދާއިން

      ދާދު މޮޅީކީނޫން ބައްސާމުގެ ވެލެންސިއާ ކަޑައީ ރާއްޖޭގެ ފުޓްބޯޅައުގެ ފެންވަރު ހުރި ވަރު އެނގެނީ ބައްސާމު އިސްތިއުފާ

      5
      1
      • މަ

        ދެން ޤަބޫލުކުރިޔަސް ނުކުރިޔަސް ދާދު މޮޅު.❤️💯 މަށަށް ވެސް އިނގޭ ބައްސާމުގެ ވެލެންސިއާ ކަޑަކަން. މިވަރު ކުރާއިރުވެސް އެ ބައްސާމުގެ ހިތަކަށް ނާރާނެ ސަހަރޯއޭވެސް🙄

  2. ބާބޫ

    ބައްސާމުގެ ކުލަބު އިނދަޖެހި ތިރިވެ އަވަދިވަނީ. ނިއު އާއި ވިކްޓަރީ އޮޅުއަޅުވާފަ ކަލެއަަށް ވާނެ މޮޅެއްނެތް......

    10