ރޭޑިއަންޓް ސްޕޯޓްސް ކްލަބަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ކަމަށް ކަނޑައަޅައި ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ހިންގާ އެއްވެސް މުބާރާތެއްގައި އެ ކްލަބަށް ބައިވެރިނުވެވޭނެ ކަމަށް އެފްއޭއެމް އިން އަންގައިފިއެވެ.

މި ނިންމުން އެފްއޭއެމް އިން ނިންމާފައިވަނީ އޭޝިއަން ފުޓްބޯލް ކޮންފެޑެރޭޝަން (އޭއެފްސީ) ގެ ނިންމުމާއެކު ކަމަށް އެފްއޭއެމް އިން ބުނެފައިވާ ކަމަށް ރޭޑިއަންޓް ސްޕޯޓް ކްލަބުން ބުނެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެފްއޭއެމް ހިންގާ މުބާރާތްތަކުގައި ބައިވެރިވުމަށް ރޭޑިއަންޓުން އެދިފައިވާތާ ދުވަސްތަކެއް ވެފައިވާއިރު، އެ ކްލަބަށް އެއްވެސް މުބާރާތެއްގައި ބައިވެރިނުވެވޭނެކަން އެންގީ މިއަދު ކްލަބާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައެވެ.

ގަލޮޅު ދަނޑުގައި ކުރިޔަށްގެންދިޔަ މި ބައްދަލުވުމުގައި އެފްއޭއެމް އިން ރޭޑިއަންޓް ސްޕޯޓްސް ކްލަބަކީ ނިއުރޭޑިއަންޓް ކަމަށް ސިފަކޮށްފައިވާއިރު، އެ އެސޯސިއޭޝަނުން ބުނެފައިވަނީ މި ގޮތަށް ނިންމާފައިވަނީ އޭއެފްސީން އެ ކްލަބު ރިވިއު ކުރުމަށްފަހު ކަމަށެވެ.

ނަމަވެސް އޭއެފްސީން މިގޮތަށް ނިންމި ކަމުގެ އެއްވެސް ލިޔުމެއް އެފްއޭއެމް އިން ރޭޑިއަންޓާ ހިއްސާކޮށްފައިނުވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ރޭޑިއަންޓްއަކީ ނިއުރޭޑިއަންޓް ކަމަށް އެފްއޭއެމް އިން ބުނެފައިވާއިރު، އެ ކްލަބު އޮތީ ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީވެސް ކޮށްފައެވެ. މީގެއިތުރުން ރޭޑިއަންޓްއިން ދަނީ ޓީމެއް އެކުލަވާލުމަށް މަސައްކަތްކޮށް، ގިނަ ކުޅުންތެރިން އެ ކްލަބަށް ގެންނަމުންނެވެ.

ނަމަވެސް، އެފްއޭއެމް އިން މިގޮތަށް ނިންމުމާއެކު، ރޭޑިއަންޓަށް ބޮޑު ގެއްލުމެއް ވާނެ ކަމަށް ބެލެވެއެވެ. މިއާއެކު، ރޭޑިއަންޓްގެ ގިނަ ސަޕޯޓަރުންވެސް އަންނަނީ އެފްއޭއެމްގެ ނިންމުމަށް ފާޑު ކިޔައި، ޝުއޫރު ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ދިވެއްސެއް

    އައްޒާމް އެބަހުރި ނިއު އާއި ރަނގަޅަށް އަޅައިގެންފަ... ފުޓްބޯޅައިގެ ހަލާކު ބައްސާމް އަކީ

    34
    6
  2. Anonymous

    ހުސް މޮޔައިން... ތިކުރަން އުޅުނު ޚަރަދު ދެކޮޅުޖެހުނީސްތާ ކުރީ ކްލަބުގެ ދަރަނިތައް ހަމަޖައްސަން އުޅުނަސް.

    އެކަމަކުވެސް ލެގަސީ ދިރުވަންށޯ. އަމ* ދިރުވަން ތިއުޅެވެނީ...

    5
    5
  3. ހަނި

    ބައްސާމް ކަލޭ ހާދަ ހަސަދަ ލާގެން ތިއުޅެނީ
    ރޭޑި އެންޓް ކިޔާފިއްޔާ ބައްސާމް އިސްތިއުފާ

    3
    2
  4. ކޮރަލް

    ސިޔާސީ ބައެއް މީހުން ކްލަބް ތަކާ ހަވާލު ވެގެން ކްލަބް ތައް ހަލާކު ވީ އެވެ.

  5. ޑގގ

    ނިއުރޭޑިއަންޓް މި ނަން ބޭނުމީ

  6. ައޮފްބެ

    ފުޓްބޯޅައިގެ ހަލާކު ބައްސާމް އަކީ

    3
    2
  7. ކުޑަ މޫސަ

    ބައްސާމަކީ ސީދާ ވެލެންސިއާ ގެ މީހެއް އެހެންވީމަ ބާރާއި ނުފޫޒު އޮތީމަ ވާދަވެރި ނިއުރޭޑިއަންޓް އިނދަޖައްސާލަނީ.. ތިއީ 21 ގަރުނުގަ ތިކަހަލަ ޒިންމާދަރު މަގާމެއްގައި ހުރެ ހާވާނި އެންމެ ބޮޑުހަޑި.. ޒާތީ ވިޔަސްތީ ބޮޑުވަރު.. ކިތަންމެ ވަރަކަށް ނިއު ގެެ ނަން ދިވެހި ފުޓްބޯޅައިން ފޮހެލާނަމޭ ހިތާއުޅުނަސް އެކަމެއް ނުވާނެ. ޢަދިވެސް އެއީ ރާއްޖޭގެ އެންމެ ކާމިޔާބު ފުޓްބޯޅަ ކްލަބް. ޢެންމެ ފަހުންވެސް ވެލެންސިއާ ހޭވި ހަނޑިން މުޅި ގައުމުން ލަދުހުތުރު ދޯ! ޢަބަދު ތިޔަ މަގާމުގައި ނުހުރެވޭނެކަން ދަންނާތި.. ނިއުރޭޑިންޓް އަދި ކިރިޔަށްވުރެ ގަދަކޮށް އެނބުރި އަންނާނެ.. ބައްސާމު އަށް ތިކަމުގެ ހިތި ފެންނާނެ އަދި.. ބައްސާމަކީ ދިވެހި ފުޓްބޯޅައިގެ ހަލާކު.. ދިވެހި ފުޓްބޯޅަ މިއަދު މިއޮތް ނިކަމެތި ހާލަތަށް ދިޔައީ ބައްސާމުގެ މަގާމުގެ ދަހިވެތި ކަމާއި ވާދަވެރި ކްލަބް ތަކާދެތެރޭ އޮތް ޒާތީ ހަސަދަވެރިކަމުގެ ސަބަބުން. ބައްސާމް އިސްތިއުފާ.

  8. އާސިދާ

    ތިޔައީ ހަމަ ތެދެއް މިހުރިހާ ރޭވުމެއްގައި އަށީގައި ހުރީ އަލީ އާޒިމް. މި އަލޯ އާޒިމް އުޅެނީ އއފްއޭއެމްއާއި އަޅަިގަނެ ނެއްޓެން ނޭނގިގެން....މީނާމީ ވަރައް ފިތުނަ އުފައްދާ މީހެއް ހުރިހާތާކުވެސް މީނާ އުޅޭގޮތް...ފައިސާ އާ ހެދި މަރުދަންޖެހޭ މީހެއް...

    5
    2
  9. ލަބީބާ12

    ނޭވާލެވުނަ ނުދޭތި އަދިދުވަހެއް އަންނާނެ . ނިއުރޭޑިއަންޓް އެއިރު ކުޅެންތިބި ކުޅުންތެރީންވެސް ކުޅުން އަބަދަށް ހުއްޓުވާލާ ތިވަރުންދަންޏާ އެހެންވެސް ހަދަންވާނެ

  10. ހަމީދު

    ބައްސާމް އެފްއޭއެމް އާއި ހަވާލުވެ ރާއްޖޭގެ ފުޓްބޯލަ ހަލާކު ކޮއްލައަފި ނިއު ވިކްޓްރީ ފުޓްބޯލައިން ބޭރުކޮއްފި މިދެކުލަބަކީ ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވަން ހިންގި ދެކުލަބް މިވަރުމީހަކު ބަހައްޓާކައްނުވާނެ އެފްއޭއެމްގަ މިބައްސާމުކުރިކަމަކީ ރާއްޖޭގަ ތިބި ސީނިއަރް ކޯޗުުގެންގޮސް އެފްއޭމްގަ ވަޒީފާދީފަ އަގައިގަ ޓޭޕް އަލުވާފަ ދިބީ ދެެރަކަމެއް ސުޒޭންމެން ކަހަލަ ކޯޗުން މިކަމައް ތެދުވެގެން ރާއްޖޭގެ ފުޓްބޯލަ ކުރިއަރާނީ ލިބޭ މުސާރަކޮލޮ ދޫކޮއްފަވެސް ބައްސާމު ކައިރިން ސަލާމައްވެގެން ނިކުންން އެބަޖެހޭ ފުޓްބޯޅަ ކުރިއަރުވަން ދޮގެއްތޯ

  11. ައޮފްބެ

    ބައްސާމް އިސްތިއުފާ

  12. ައޮފްބެ

    އެބަހުރި ނިއު އާއި ރަނގަޅަށް އަޅައިގެންފަ... ފުޓްބޯޅައިގެ ހަލާކު ބައްސާމް އަކީ

  13. އަކޫ

    ބައްސާމު ކަލޭ މަހަށް ދޭބަ