އަންނަ މަހު ފަށާ ޕްރިމިއާ ލީގުގެ 23-2022 ވަނަ ސީޒަން އާސެނަލް އަދި ކްރިސްޓަލް ޕެލަސް ބައްދަލުކުރާ މެޗުން ފަށާ ގޮތަށް ތާވަލުކޮށްފިއެވެ.

ޕްރިމިއާ ލީގުގެ ކުޅުން އަންނަ އޯގަސްޓް މަހުގެ ހަ ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، މިފަހަރުގެ ޕްރިމިއާ ލީގުގައި ޗެމްޕިއަންޝިޕުން ޕްރިމިއާ ލީގަށް ޕްރޮމޯޓްވި ނޮޓިންގްހަމް ފޮރެސްޓް އާއި ފުލަމްގެ އިތުރުން އޭއެފްސީ ބޯންމައުތާއެކު ޖުމްލަ 20 ޓީމު ވާދަކުރާނެއެވެ.

ޕްރިމިއާ ލީގުގައި ވާދަކުރާ 20 ޓީމު ކުޅޭ ފުރަތަމަ މެޗު:

ކްރިސްޓަލް ޕެލަސް - އާސެނަލް (އޯގަސްޓް ފަސް ވަނަ ދުވަހުގެ ރޭ 00:00 ޖަހާއިރު)
ފުލަމް - ލިވަޕޫލް (އޯގަސްޓް ހަ ވަނަ ދުވަހު ހަވީރު 16:30 ގައި)
ބޯންމައުތު - އެސްޓަން ވިލާ (އޯގަސްޓް ހަ ވަނަ ދުވަހުގެ ރޭ 19:00 ޖަހާއިރު)
ލީޑްސް ޔުނައިޓެޑް - ވޮލްވްސް (އޯގަސްޓް ހަ ވަނަ ދުވަހުގެ ރޭ 19:00 ޖަހާއިރު)
ލެސްޓާ ސިޓީ - ބްރެންޓްފޯޑް (އޯގަސްޓް ހަ ވަނަ ދުވަހުގެ ރޭ 19:00 ޖަހާއިރު)
ނިއުކާސަލް ޔުނައިޓެޑް - ނޮޓިންގްހަމް ފޮރެސްޓް (އޯގަސްޓް ހަ ވަނަ ދުވަހުގެ ރޭ 19:00 ޖަހާއިރު)
ޓޮޓެންހަމް ހޮޓްސްޕާ - ސައުތުހެމްޕްޓަން (އޯގަސްޓް ހަ ވަނަ ދުވަހުގެ ރޭ 19:00 ޖަހާއިރު)
އެވަޓަން - ޗެލްސީ (އޯގަސްޓް ހަ ވަނަ ދުވަހުގެ ރޭ 21:30 ގައި)
މެންޗެސްޓާ ޔުނައިޓެޑް - ބްރައިޓަން (އޯގަސްޓް ހަތް ވަނަ ދުވަހު ހަވީރު 18:00 ޖަހާއިރު)
ވެސްޓްހަމް ޔުނައިޓެޑް - މެންޗެސްޓާ ސިޓީ (އޯގަސްޓް ހަތް ވަނަ ދުވަހުގެ ރޭ 20:30 ގައި)

މާސީސައިޑް ޑާބީ ކުޅޭ ދުވަސްތައް:

އެވަޓަން އަމިއްލަ ދަނޑުގައި ލިވަޕޫލްއާ ދެކޮޅަށް ކުޅޭ މެޗު - މި އަހަރުގެ ސެޕްޓެމްބަރު ތިން ވަނަ ދުވަހު

ލިވަޕޫލް އަމިއްލަ ދަނޑުގައި އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗު - އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު

މެންޗެސްޓާ ޑާބީ ކުޅޭ ދުވަސްތައް:

މެންޗެސްޓާ ސިޓީ އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު - މި އަހަރުގެ އޮކްޓޫބަރު މަހުގެ އެއް ވަނަ ދުވަހު

މެންޗެސްޓާ ޔުނައިޓެޑް އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗު - އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު

ނޯތު ލަންޑަން ޑާބީ ކުޅޭ ދުވަސްތައް:

އާސެނަލް އަމިއްލަ ދަނޑުގައި ޓޮޓެންހަމްއާ ދެކޮޅަށް ކުޅޭ މެޗު - މި އަހަރުގެ އޮކްޓޫބަރު މަހުގެ އެއް ވަނަ ދުވަހު

ޓޮޓެންހަމް އަމިއްލަ ދަނޑުގައި އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗު - އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު

ނޯތުވެސްޓް ޑާބީ ދުވަސްތައް:

މެންޗެސްޓާ ޔުނައިޓެޑް އަމިއްލަ ދަނޑުގައި ލިވަޕޫލްއާ ދެކޮޅަށް ކުޅޭ މެޗު - މި އަހަރުގެ އޯގަސްޓް މަހުގެ 20 ވަނަ ދުވަހު

ލިވަޕޫލް އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗު - އަންނަ އަހަރުގެ މާޗު މަހުގެ ހަތަރު ވަނަ ދުވަހު

މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގު މެންޗެސްޓާ ސިޓީން ކާމިޔާބުކޮށްފައިވާއިރު، ދެވަނަ ހޯދާފައި ވަނީ ލިވަޕޫލްއެވެ. އަދި ތިން ވަނަ ޗެލްސީ ހޯދިއިރު، ހަތަރުވަނަ ހޯދާފައި ވަނީ ޓޮޓެންހަމް ހޮޓްސްޕާއެވެ.

ކިޔުންތެރިންގެ ހިޔާލު