އާޖެންޓީނާ އާއި ޕީއެސްޖީގެ ތަރި ލަޔޮނަލް މެސީ، ބާސެލޯނާގެ ކުރީގެ ދެ ކުޅުންތެރިން ކަމަށްވާ ސެސް ފެބްރިގާސް އާއި ލުއިސް ސުއަރޭޒް އާ އެކުގައި ޗުއްޓީ ހޭދަކުރަން ފަށައިފިއެވެ.

މެސީ ބާސެލޯނާގައި ހުރި އިރު، ފެބްރިގާސް އާއި ސުއަރޭޒްއާ އެކުގައި ވަނީ ކުޅެފައެވެ. އެހެންވެ، މި ތިން ކުޅުންތެރިންގެ ދެމެދުގައި ވަރަށް ވަރުގަދަ ރަހްމަތްތެރިކަމުގެ ގުޅުމެއް ވަނީ އުފެދިފައެވެ.

މެސީ އާއިލާއާ އެކުގައި.

މެސީ އާއި ފެބްރިގާސްގެ އިތުރުން ސުއަރޭޒް، އެމީހުންގެ ލޯބިވެރިންނާ އެކުގައި ޗުއްޓީ ހޭދަކުރަމުން ދަނީ އިބިޒާގައެވެ. މި ތިން މީހުން މީގެކުރިން ވެސް އެކުގައި ޗުއްޓީ ހޭދަކޮށްފައިވެއެވެ.

މެސީ 35، މިދިޔަ ސީޒަންގައި ޕީއެސްޖީ އަށް ޖަހައި ދިނީ އެންމެ ހަ ގޯލެވެ.

މެސީ.

އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި މެސީ އޭނާގެ އަނބިމީހާ އަންޓޮނެލާ ރޮކޫޒޯ އާއި އެމީހުންގެ ދަރިފުޅު ފެނެއެވެ. މެސީގެ ދަރިފުޅު ހުރީ މެސީ ޖަހާފައިވާ 10 ނަންބަރު ޓީޝާޓެއް ލައިގެންނެވެ.

މި ފޮޓޯތަކުގައި ސުއަރޭޒްގެ ބައިވެރިޔާ ސޯފިއާ ބަލްބީ އާއި ފެބްރިގާސްގެ ޑެނިއެލާ ސީމާން އަދި އިތުރު ދެ ބައިވެރިޔަކު ފެނެއެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި މި މީހުން ތިބީ ބޯޓެއްގައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މެސީ އިބިޒާގައި ހުރީ އޭނާގެ އުފަން ދުވަސް ފާހަގަ ކުރަން ގޮހެވެ. އެ ތަނުގައި ހަފްތާއެކު 260،000 ޕައުންޑް ދޭން ޖެހޭ ގެއެއް ހިފާފައިވާ ކަމަށްވެއެވެ.

މެސީ ހުންނަ ގޭގެ ފޮޓޯއެއް.

މި ގޭގައި ހަ ބެޑްރޫމް، އެއް ޖިމް އަދި 20 މީޓަރުގެ ސްވިމިން ޕޫލެއް ހުރެއެވެ. އަދި މި ގޭގެ ކަންކަން ބެލެހެއްޓުމުގައި 22 މުވައްޒަފުން ވެސް ތިބެއެވެ.

މި މީހުން ތިބި ޔޮޓަށް ވެސް ދުވާލަކު 8،600 ޑޮލަރު ދައްކަން ޖެހެއެވެ.