17 ރަން މެޑަލްއާއެކު ރާއްޖެއިން އޭޝިއަން ކަރާޓޭ ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފިއެވެ.

އިންޑިއާގެ ޓަމިލްނާޑޫގެ ތިރުނަވެލީގައި ހުންނަ ވީ.އޯ.ސީ ސްޓޭޑިއަމްގައި ކުރިއަށް ދިޔަ މި މުބާރާތް ރާއްޖެއިން ކާމިޔާބުކޮށްފައިވަނީ އެކި ކެޓަގަރީތަކުން ޖުމްލަ 17 ރަން މެޑަލްގެ އިތުރުން ފަސް ރިހި މެޑަލް އަދި 16 ބްރޯންޒް މެޑަލް ހޯދައިގެންނެވެ.

މުބާރާތުގައި ރާއްޖެއަށް މެޑަލް ހޯދައިދިން އެތުލީޓުން:

  • އައިޝަތު އަރްޝީ ޝިޔާޒް ސައީދު
  • މުޙައްމަދު ނަޒާން ނާޝިދު
  • ޔަނާލް އަޙުމަދު ހުޝާމް
  • މުހައްމަދު މައާން އަޙުމަދު ތައްލަތު
  • ޒޯހާ އަބްދުﷲ
  • ރައުޝާނާ އަސްމާ
  • އެލްމާ މުހައްމަދު އަބްދުﷲ
  • މަލިސާ މަރްޔަމް ސާމިހް
  • މުޙައްމަދު މިޒާން އިމްދާދު
  • އީޝަލް އަލީ ފައުޒީ
  • ޒޯހާ އަޒްކާ އަޙުމަދު
  • އަލާނާ އައިޝާ ސާމިހް
  • ޔޫސުފް އިލާން އާޒިމް
ރާއްޖެއިން އޭޝިއަން ކަރާޓޭ ޗެމްޕިއަންޝިޕް ކާމޔާބުކުރުން

މި މަހުގެ 23 އިން 24 ގެ ނިޔަލަށް ކުރިޔަށްދިޔަ މި މުބާރާތް ރާއްޖެއިން ކާމިޔާބުކުރީ އިންޑިއާގެ 10 ސްޓޭޓެއްގެ މައްޗަށް ކުރިހޯދައިގެންނެވެ.

މުބާރާތުގައި ރާއްޖެއިން ވާދަކުރި އިންޑިއާގެ ސްޓޭޓްތައް:

  1. ޕުންޖާބް
  2. ކަރްނަޓަކާ
  3. މަހާރަސްތްރާ
  4. މަދްޔާ ޕްރަދޭޝް
  5. ޖާގަންޑް ޓީމް
  6. އަންދްރާ ޕްރަދޭޝް
  7. ޓަމިންނާޑޫ
  8. ކެރެލާ
  9. ޓެލަންގަނާ
  10. ގުޖްރާތު

މި މުބާރތުގައި ރާއްޖޭގެ 14 އެތުލީޓުން ބައިވެރިވިއިރު، އޭގެ ތެރޭގައި ހިމެނެނީ މަޖީދިއްޔާ ސްކޫލްގެ ދަރިވަރެއްގެ އިތުރުން ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ނުވަ ދަރިވަރުން އަދި ފިންލޭންޑްގެ ސްކޫލްގެ ހަތަރު ދަރިވަރެކެވެ.

މި މުބާރާތުގެ ނިންމުގެ ރަސްމިއްޔާތު އަދީއްތަ ދުވަހުގެ ރޭ ބާއްވާފައިވާއިރު، ރާއްޖެއާ ޗެމްޕިއަން ޓްރޮފީ ހަވާލުކޮށްފައި ވަނީ ޓަމިންނާޑުގެ ޕާލަމަންޓު ސްޕީކާއެވެ.