އާސެނަލްއާއެކު ހަދާފައިވާ އެއްބަސްވުން އުވާލައި، ހެކްޓާ ބެލެރިން އެނބުރި ބާސެލޯނާއަށް ބަދަލުވާން އެއްބަސްވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން އާސެނަލް އިން ވަނީ ބެލެރިންގެ އެދުމުގެ މަތިން އެ ކްލަބާއެކު އޭނާ ހަދާފައިވާ އެއްބަސްވުން އުވާލާފައެވެ. މިއާއެކު، އޭނާ ވަނީ ފްރީ ޓްރާންސްފާއެއްގެ ދަށުން ބާސާއަށް ބަދަލުވާން އެއްބަސްވެފައި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މީގެއިތުރުން ރިޕޯޓްތައް ބުނާގޮތުން ކުރިޔަށް އޮތް ވަގުތު ތަކުގައި ބެލެރިން ބާސާއާއެކު މެޑިކަލް ފުރިހަމަ ކުރުމަށް ހަމަޖެހިފައިވާއިރު، އޭނާ ބާސާއާއެކު ސޮއިކުރަން ހަމަޖެހިފައި ވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެކެވެ.

މީގެ ކުރިން ރެއާލް ބެޓިސްއަށް ވެސް ކުޅެފައިވާ އުމުރުން 27 އަހަރުގެ ބެލެރިން އާސެނަލްއަށް ބަދަލުވީ 2011 ވަނަ އަހަރު ބާސާ ދޫކޮށްލުމަށްފަހުއެވެ. އޭނާ ވަނީ އާސެނަލްގައި ހޭދަކުރި މުއްދަތުގައި އެ ކްލަބަށް 239 މެޗު ކުޅެފައެވެ.

ބެލެރިން ވަނީ އާސެނަލްއާއެކު ތިން އެފްއޭ ކަޕް އަދި ތިން ކޮމިއުނިޓީ ޝިލްޑް ކާމިޔާބު ކުރުމުގެ އިތުރުން ބެޓިސްއާއެކު ކޮޕާޑެލްރޭ ކާމިޔާބު ކޮށްފައެވެ،