އާސަނަލްގެ ޑިފެންޑާ ޕަބްލޯ މާރީ، 29އ. އަށް ވަޅިން ހަމަލާ ދީ ޒަހަމްކޮށްލައިފިއެވެ.

އޭނާއަށް ހަމަލާ ދީފައި ވަނީ އިޓަލީގެ މިލާންގެ ސުޕާ މާކެޓެއްގެ ތެރޭގައެވެ.

މާރީ، އެ ޝޮޕިން ސެންޓަރުގައި ހަމަލާދިން ހަ މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. މި ހާދިސާގައި އެކަކު ވަނީ މަރުވެފައެވެ.

އޭނާ މިހާރު ކުޅެމުން އަންނަނީ ލޯނެއްގެ ދަށުން ސެރީއޭގެ މޮންޒާ އަށެވެ.

ސްކައި ނިއުސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ ހަމަލާއަށްފަހު އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާއިރު، އޭނާގެ ހާލު ސީރިއަސް ނޫނެވެ.

މޮންޒާ ޓީމުގެ އޮފިޝަލުން މިއަދުގެ ވަގުތެއްގައި އޭނާ އަށް ޒިޔާރަތްކުރާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައި ވެއެވެ.

އެ ކްލަބުގެ ޗީފް އެގްޒެކެޓިވް އެޑްރިއާނޯ ގަލިއާނީއާ ހަވާލާދީ ސްކައި ސްޕޯޓްސް އިޓަލީން ބުނީ ޕަބްލޯ މާރީގެ ބުރަކަށީގައި ފުދޭވަރަކަށް ފުން ޒަހަމެއް ހުރި ކަމަށެވެ.

"އޭނާގެ ފުރާނައަށް ނުރައްކަލެއް ނެތް، އަވަހަށް ރަނގަޅުވާނެ".