ގދ. ތިނަދޫގައި ކުރިޔަށް ދިޔަ އެސްޓީއޯ މަކިޓާ 13 ވަނަ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ، ޏ. އަތޮޅު ތައުލީމީ މަރުކަޒުން ހޯދާފިއެވެ.

މިމަހުގެ 23 ވަނަ ދުވަހު ފެށި މި މުބާރާތުގައި ހަތަރު އުމުރުފުރާ އަކުން ޖުމްލަ 36 ސްކޫލެއް ބައިވެރިވެފައިވެއެވެ.

މި މުބާރާތުގައި ޖުމްލަ 1،057 އެތުލީޓުން ވަނީ ވާދަކޮށްފައެވެ.

އެގޮތުން މުބާރާތުގެ އަންހެން އަދި ފިރިހެން ކެޓަގަރީއިންވެސް ޗެމްޕިއަންކަން ފުވައްމުލައް ސިޓީގެ ޏ. އަތޮޅު ތައުލީމީ ހޯދިއިރު، މި ސްކޫލުގެ ގިނަ އެތުލީޓުން ތަކެއް ބައިވެރިވާކަން ފާހަގަކޮށްލަން ޖެހެއެވެ. މި ސްކޫލުން ބައިވެރިވެފައިވަނީ 15 އަހަރުން ދަށާއި 17 އަހަރުން ދަށާއި 19 އަހަރުން ދަށުގެ ކުދިންނެވެ.

މި މުބާރާތުގައި ޏ. އަތޮޅު ތައުލީމީ މަރުކަޒަށް އެންމެ ރީތި ޝަރަފެއް ހޯދައި ދީފައި ވަނީ އަހުމަދު ނޫހު ވަލީދެވެ. އޭނާ ވަނީ މުބާރާތުގެ ރެކޯޑެއް މުގުރާލާފައެވެ. އޭނާ ރެކޯޑް މުގުރާލާފައި ވަނީ 15 އަހަރުން ދަށުގެ ފިރިހެން ޖެވެލިން ތްރޯއިންއިންނެވެ. އޭނާ ރެކޯޑް ހަދާފައި ވަނީ 34.38 މީޓަރުގެ ދުރުމިނަކަށް ޖެވެލިން އެއްލައިގެންނެވެ.

އޭގެ އިތުރުން، ރޭ މި ސްކޫލުން ވަނީ 17 އަހަރުން ދަށުގެ ފިރިހެން ކެޓަގަރީން އެއްވަނަ ހޯދާފައެވެ. އަދި 17 އަހަރުން ދަށުގެ އަންހެން ކެޓަގަރީން ދެ ވަނަ ހޯދާފައެވެ. 15 އަހަރުން ދަށުގެ ފިރިހެން ކެޓަގަރީން ދެ ވަނަ މި ސްކޫލުން ހޯދިއިރު، 19 އަހަރުން ދަށުގެ ފިރިހެން ކެޓަގަރީން މި ސްކޫލުން ވަނީ ތިން ވަނަ ހޯދާފައެވެ. އަދި 19 އަހަރުން ދަށުގެ އަންހެން ކެޓަގަރީގެ އެއްވަނަ އަކީވެސް މި ސްކޫލެވެ.

މީގެ ކުރިންވެސް ތިނަދޫގައި މި މުބާރާތް ބާއްވާފައި ވެއެވެ. މީގެ ކުރިން ތިނަދޫގައި މި މުބާރާތް ބާއްވާފައި ވަނީ 2014 ވަނަ އަހަރުއެވެ.

މިއަހަރުގެ މުބާރާތަށް އެރަށުގެ ސްކޫލްތަކުން ވެސް ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. ތިނަދޫއަކީ އެތްލެޓިކްސްގައި ވަރަށް ކާމިޔާބު ރަށަކަށްވުމާއެކު އެތުލެޓިކްސްއަށް އެރަށުގެ ރައްޔިތުން ނުހަނު ލޯބިކުރެއެވެ. ކޮންމެ އަހަރަކުވެސް ބާއްވާ އެތްލެޓިކްސް މުބާރާތްތަކުގައި ތިނަދޫއަށް ނިސްބަތްވާ އެތްލީޓުން އަންނަނީ ރަން ވަނަތަކެއް ހޯދައި ގައުމީ ރިކޯޑްތައްވެސް މުގުރާލަމުންނެވެ.

މި މުބާރާތަކީ ކޮންމެ އަހަރަކުވެސް ގިނަ ބައެއްގެ ތަރުހީބު ލިބެމުންދާ މުބާރާތަކަށްވުމާއެކު، ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕުން ވިދާލާ ހުނަރުވެރިން އަންނަނީ ގައުމީ ފެންވަރުގައިވެސް ކާމިޔާބީތައް ހޯދަމުންނެވެ.