ޗެލްސީއަށް ކުޅުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޗެލްސީގެ ލެޖެންޑް ޑިޑިއޭ ޑްރޮގްބާ އިސްލާމްވެއްޖެ ކަމަށް ބުނެ ފަތުރަމުން އަންނަ ޚަބަރު އޭނާ ދޮގުކޮށްފިއެވެ.

އުމުރުން މިހާރު 44 އަހަރުގެ ކުރީގެ ކުޅުންތެރިޔާ ޑްރޮގްބާ އިސްލާމްވެއްޖެ ކަމަށް ބުނެ ޚަބަރު ފަތުރަން ފެށީ މުސްލިމުން ދުއާކުރަން ތިބޭހެން ދެއަތް އުފުލައިގެން އިނދެ ޑްރޮގްބާ ދުއާ ކުރާ ފޮޓޯތަކެއް މީސް މީޑިއާގައި އާއްމު ވުމުންނެވެ. އެފޮޓޯތައް ޝެއާ ކުރަމުން ބައެއް މީހުން ބުނެފައި ވަނީ ޑްރޮގްބާ އިސްލާމްވެއްޖެ ކަމަށެވެ.

ނަމަވެސް އައިވަރީކޯސްޓްގެ ކުޅުންތެރިޔާ ކުރި ޓްވީޓެއްގައި ބުނީ ވައިރަލް ވެގެން އުޅޭ ފޮޓޯތަކާއިއެކު ފަތުރަމުން އަންނަނީ ހަގީގަތެއް އޮތް ވާހަކައެއް ނޫން ކަމަށެވެ. ޑްރޮގްބާ ބުނީ އޭނާ ދީން ބަދަލު ނުކުރާ ކަމަށާއި ފޮޓޯތަކުން އެފެންނަނީ އޭނާގެ އަވަށަށް އޭނާ ކުރި ޒިޔާރަތެއްގައި އެކުވެރިންތަކަކާއިއެކު އެކުވެރިންގެ ދީނަށް (އިސްލާމްދީނަށް) އިހްތިރާމް އަދާކުރާ މަންޒަރު ކަމަށެވެ.

ޑްރޮގްބާ އިސްލާމްވެއްޖެ ކަމަށް ބުނެ ބައެއް މީހުން ޕޯސްޓް ކޮށްފައިވާ ފޮޓޯއަށް ގިނަ ބައެއްގެ ސަމާލުކަން ލިބި، ގިނަ ބަޔަކު އެފޮޓޯތައް ޝެއާ ވެސް ކޮށްފައި ވެއެވެ.

ޑްރޮގްބާ އަކީ ކްރިސްޓިއަނެކެވެ.

ބައިނަލްއަގުވާމީ ދުނިޔޭގައި އޭނާގެ ނަން މަޝްހޫރު ވެގެން ދިޔައީ ޗެލްސީގައި ހޯދި ކާމިޔާބީތަކުގެ ސަބަބުންނެވެ. ޑްރޮގްބާ ވަނީ ޗެލްސޯ އާއިއެކު ހަތަރު ޕްރިމިއާ ލީގާއި ހަތަރު އެފްއޭކަޕާއި ޗެމްޕިއަންސް ލީގެއް ކާމިޔާބު ކޮށްފައެވެ. ޑްރޮގްބާ އައިވަރީކޯސްޓްގެ ގައުމީ ޓީމަށް ކުޅުނު 105 މެޗްގައި އޭނާ ވަނީ ޖުމްލަ 65 ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މާތް ﷲ އައް ބިރުވެތިވެ ތަޤުވާވެރިވެލައްވާ

    ކިހާ ރަގަނޅު ވިސް (ޑްރޮގްބާ) އިސްލާމް ވިނަމަ
    انشاﷲ

    25
    2
  2. a

    ihthiraam aa eku adhi islam vaane, insha Allah

    15
  3. އާދަނު

    އިސްލާމްވެއްޖެނަމަ އޭގެ ނަފާ އޮތީ އެމީހަކަށެވެ. އަދި އިސްލާމް ނުވެއްޖެނަނަ އޭގެ ގެއްލުން އޮތީވެސް އެމީހަކަށެވެ. އެހެނަސް އިސްލާމްދީނަށް ވެއްދުމާ ވަނުމުގައި މަޖުބޫރުކަމެއް ނެތެވެ. އެނގޭކަމަކީ ކިތަންމެ ދީލަތިވިޔަސް ކިތަންމެ މަޝްހޫރުވިޔަސް ކިތަންމެ މޮޅުވިޔަސް އެކަންކަމުގެ ފައިދާ އާޚިރަތުގައި ލިބޭނީ މުސްލިމަކަށްވެހުރެ އެކަންކަން ލިބިގަތީމައެވެ.

    16
  4. ބ

    ކާފަރުންނީ ޖަހަނަނަމައިގެ ނިމުމެއްނެތި އަނދައަނދައި ތިބޭނެ ހިލައާއި ލަކުޑި ބުރިތަކެއްފަދަބައެ