ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕްގެ ފުރަތަމެ މެޗުން ގަތަރު ބަލިކޮށް އިކުއެޑޯ އިން ކާމިޔާބުކޮށްފިއެވެ. މުބާރާތުގެ ފުރަތަމަ މެޗުން މޮޅުވުމުގެ ޝަރަފް އިކުއެޑޯ އިން ހޯދީ 0-2 ގެ ނަތީޖާއިން ގަތަރު ބަލިކޮށްގެންނެވެ.

މި އަހަރުގެ ވޯލްޑްކަޕް ބާއްވާ ގައުމުގެ ހައިސިއްޔަތުން އެ މުބާރާތް ފެށުމުގެ މެޗުގެ ޝަރަފް ގަތަރަށް ވަނީ ލިބިފައެވެ.ގަތަރަށް މީގެ ކުރިން ތާރީޚުގައި އަދި އެއްވެސް ފަހަރަކު ވޯލްޑު ކަޕަކަށް ކޮލިފައިވެފައެއް ނުވެއެވެ.

އަލްބައިތު ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން ދެ ޓީމުން ވެސް އައީ ބޯޅަ ހިފެހެއްޓުމުގެ ބަދަލުގައި އެޓޭކް ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. މެޗުގެ ދެ ވަނަ މިނެޓުގައި އިކުއެޑޯގެ އިނާ ވެލެންސިއާ ގޯލު ޖެހިނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމާފައިވަނީ އޮފްސައިޑް ގޯލެއް ކަމަށެވެ. އޭގެ 11 މިނެޓު ފަހުން އިކުއެޑޯއަށް ލީޑު ނެގުމަށް ރަނުގެ ފުރުސަތެއް ލިބުނެވެ. މިއީ ގަތަރުގެ ކީޕަރު ސާދު އަލް ޝީބް އިކުއެޑޯގެ ވެލެންސިއާއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. އެނާ ވެލެންސިއާ ފޮނުވާލި ޕެނަލްޓީ ވަނީ ގޯލުގެ ތިރީ ކަނަށެވެ. މި ގޯލާއެކު މެޗުގެ 15 ވަނަ މިނެޓުގައި އިކުއެޑޯ އިން ލީޑު ނެގިއެވެ. މިގޯލާއެކު މި ވޯލްޑް ކަޕްގައި އެންމެ ފުރަތަމަ ގޯލު ޖެހި ކުޅުންތެރިޔާގެ ޝަރަފް ވެލެންސިއާއަށް ވަނީ ލިބިފައެވެ.

ގަތަރުން ކުޅުން ރަނގަޅުކޮށް އެޓީމުގެ ކެޕްޓަން ހަސަން އަލް ހޮއެދާސް އެޓޭކް ކުރަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އިކުއެޑޯ އިން ވަނީ މެޗުގެ 31 ވަނަ މިނެޓުގައި ލީޑު ފުޅާކޮށްފައެވެ. މިއީ އަންޖެލޯ ޕްރިސިއޭޑޯ ނަގައިދިން ހުރަހަކުން މެޗުގައި ތަފާތު ކުޅުމެއް ދެއްކި ވެލެންސިއާ ބޮލުން ޖެހި ގޯލެކެވެ. މިގޯލާއެކު ގައުމީ ޓީމަށް ކުޅުނު 75 މެޗުގައި ވެލެންސިއާ ވަނީ 37 ގޯލު ޖަހައިފަ އެވެ.

ފުރަތަމަ ހާފު ދެ ގޯލުގެ ލީޑަކާއެކު އިކުއެޑޯ އިން ނިންމާލިއިރު، ދެ ވަނަ ހާފު ފަށައިގެން ގަތަރު ޓީމުން އައީ ޓީމު ވަރަށް ބޮޑަށް ކުރިއަށް ޖައްސައިގެން ކުޅެމުންނެވެ. ގަތަރަށް މި ހާފުގައި އެ ޓީމުގެ ފުރަތަމަ ގޯލު ޖެހުމުގެ ފުރުސަތު ލިބުނީ ހަސަން ފަޑްލައްލާ ނަގައިދިން ހުރަހަކުން ޕެޑްރޯ މިގޭލްއަށެވެ. މެޗުގެ 61 ވަނަ މިނެޓުގައި ޕެޑްރޯ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ. މެޗުގެ 72 ވަނަ މިނެޓުގައި ގަތަރުގެ އަކްރަމް އަފީފް ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިންނެވެ. އިކެއެޑޯ ޓީމުގެ ގޮންޒާލާ ޕްލާޓާއަށް ވަނީ އެ ޓީމުގެ ތިން ވަނަ ގޯލު ޖެހުމަށް މެޗުގެ 82 ވަނަ މިނެޓުގައި ފުރުސަތު ލިބިފައެވެ. ނަމަވެސް ގަތަރުގެ ކީޕަރު ވަނީ ޕްލާޓާއަށް ލިބުމުގެ ކުރިން ބޯޅަ ހޯދާފައެވެ.

މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި މުހައްމަދު މުންތާރީ އޭރިއާ ބޭރުން އުފެއްދި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑި ކައިރިން ބޭރަށެވެ. ދެވަނަ ހާފުގެ ފަހު ވަގުތާ ޖެހެންދެން ވެސް ގޯލާ ދިމާލަށް ނުރައްކާތެރި ހަމަލާތައް ގަތަރުން އުފެއްދި ނަމަވެސް މެޗު ނިމުނީ 0-2 ގެ ނަތީޖާއިން އިކެއެޑޯ ކުރި ހޯދައިގެންނެވެ.

އިކެއެޑޯ ޓީމަށް ފަސޭހަ ކަމާއެކު މި މެޗު ކާމިޔާބު ކުރީ އެޓީމުގައި ގިނަ ޒުވާން ކުޅުންތެރިން ތިބި ކަމުގެ ފައިދާ ނަގައިގެންނެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އެކުއެޑޯގެ އެއް ނަންބަރު ފޯވާޑް ވެލެންސިއާ ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި ތިން ގޯލު ޖަހައިފަ އެވެ. އެއީ ސްވިޒަލެންޑް އަތުން ބަލިވި މެޗާއި ހޮންޑިއުރަސް އަތުން މޮޅުވި މެޗުގައި ޖެހި ދެ ގޯލެވެ.

ފުރަތަމަ ހާފު ދެ ގޯލުގެ ލީޑަކާއެކު އިކުއެޑޯ އިން ނިންމާލިއިރު، ދެ ވަނަ ހާފު ފަށައިގެން ގަތަރުން އައީ ޓީމު ވަރަށް ބޮޑަށް ކުރިއަށް ޖައްސައިގެން ކުޅެމުންނެވެ. ގަތަރަށް މި ހާފުގައި އެ ޓީމުގެ ފުރަތަމަ ގޯލު ޖެހުމުގެ ފުރުސަތު ލިބުނީ ހަސަން ފަޑްލައްލާ ނަގައިދިން ހުރަހަކުން ޕެޑްރޯ މިގޭލްއަށެވެ. މެޗުގެ 61 ވަނަ މިނެޓުގައި ޕެޑްރޯ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

އެގައުމުގެ އެއް ނަންބަރު ފޯވާޑް ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި ތިން ގޯލު ޖަހައިފަ އެވެ. އެއީ ސްވިޒަލެންޑް އަތުން ބަލިވި މެޗާއި ހޮންޑިއުރަސް އަތުން މޮޅުވި މެޗުގައި ޖެހި ދެ ގޯލެވެ.