ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް ކުޅިވަރު މުބާރާތް ކަމަށްވާ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ފަށަން މިރޭ ޤަތަރުގައި ބޭއްވި ރަސްމިއްޔާތުގައި ކީރިތި ޤުރުއާނުގެ އާޔަތެއް ކިޔައިދީ، މުޅި ދުނިޔެ އަށްް ކީރިތި ޤުރުއާން އިއްވައިދީފިއެވެ.

ވޯލްޑްކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ޤުރުއާނުގެ އާޔަތެއް ހުށަހަޅައި ދިނީ އުފެދުމުގައި ނުކުޅެދުންތެރިކަމެއް ހުރި، ޤަތަރުގެ ރައްޔިތެއް ކަމަށްވާ ގާނިމް އަލް މުފްތާހް އެވެ. އޭރު މުފްތާހްގެ ކައިރީގައި ހޮލީވްޑްގެ ގިނަ ފިލްމުތަކުން ފެނިފައިވާ އެމެރިކާގެ އެކްޓަރ މޯގަން ފްރީމެން ވެސް އިނެވެ.

މުފްތާހް ކިޔައި ދިނީ އަލް ހުޖުރާތު ސޫރަތުގެ 13 ވަނަ އާޔަތެވެ. އެއާޔަތުގެ މާނައިގައި ވަނީ "އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި، އަންހެނެއްގެ ކިބައިންނެވެ. (އެބަހީ: آدم ގެފާނާއި، حوّاء ގެފާނުގެ ކިބައިންނެވެ.) އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ތަފާތު قوم ތަކަށާއި، قبيلة ތަކަށް ލެއްވީ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް تعارف ވުމަށްޓަކައެވެ. ހަމަކަށަވަރުން، اللَّه ގެ حضرة ގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ تقوى ވެރި މީހާއެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް ދެނެވޮޑިގެންވާ، خبير ވަންތަ ރަސްކަލާނގެއެވެ."

މިއީ ބައިނަލްއަޤުވާމީ މިފަދަ ބޮޑު މުބާރާތެއް ފެށުމުގެ ރަސްމިއްޔާތުގައި ޤުރުއާން ކިޔެވި ފުރަތަމަ ފަހަރެވެ.

މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި އެކްޓަރ މޯގަން ދެއްކި ވާހަކައިގައި ވެސް ވަނީ އެއްބައިވަންތަ ކަމާއި އެކުވެރިކަމުގެ މައްޗަށް އަލިއަޅުވާލާފައެވެ.

މިއަހަރުގެ ވޯލްޑްކަޕަކީ އިސްލާމީ ގައުމެއްގައި ބާއްވާ ފުރަތަމަ ވޯލްޑްކަޕެވެ. ވޯލްޑްކަޕްގެ ތެރޭގައި އިސްލާމީ އުސޫލުތައް ހިފަހައްޓަން ގަތަރުން ނިންމާފައިވާ ބައެއް ނިންމުންތަކުގެ ސަބަބުން ހުޅަނގުގެ ގައުމުތަކުން އަންނަނީ ފާޑުކިޔަމުންނެވެ.

ނަމަވެސް ގަތަރުން އަންނަނީ މުބާރާތާއި ދިމާކޮށް އިސްލާމްދީނުގެ މައުލޫމާތު ދިނުމުގެ ހަރަކާތްތައް ވެސް ހިންގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ކޮތަރު

    ވަރަށް މުނާސަބު އާޔަތެއް. ފިކުރު ކުރާ ބަޔަކަށް އިބްރަތެއް ލިބިގެން ދާނެކަން ކަށަވަރު.

    153
    2
  2. އެމް ޑީ ޕީ

    ބަލަ އަހަރެމެން ރީނދޫ ޕާޓީ ކުދިން އެއްވެސް އުފަލެއް ނުވޭ. އަސްލު ތިކަހަލަ ރަސްމިއްޔާތު ފަށަންވާނީ "ބޮވޭނެ ބޮވެން ޖެހޭނެ" މިފަދަ ޖުމްލަ ތަކުން. އޭރުން އަހަރެމެންނަށް ޖޯށު އަންނާނީ

    18
    30
  3. މަހޫލޫލު

    ރާއްޖޭގަ މިހެން ނުވާން ވީ ކީއްވެބާ

    39
    2
    • ދިވެހި ދިދަ

      ދަށުވެ ނަގޫފިތިފަތިބި ބަޔަކަށް ކުރެވޭނީ ކޮންކަމެއް ..ބިރިޔާނީ ކެއްކުމަކުން ފެށިދާނެ ތޮއްޗެ

  4. އަހްމަދު

    މާޝާﷲ! ފުރަތަމަ ފަހަރަށް ސްޓޭޑިއަމް ގުޑުމާލީ ކީރިތި ޤްރުއާނުން! ސާބަހޭ ޤަތަރު

    68
    2
  5. Anonymous

    ޤަތަރު ފައިސާއޮތީމަ މާ ދީންވެރިބަޔެއްކަމައް ދައްކަންއުޅުނަސް ބޭނުމަކީ ނުފޫޒުދެއްކުން. އެހެންނޫންނަމަ ފޮޓޯގަ އޭނދަ މޯގަންފްރީމަންއެއްނޫން ރަސްމިއްޔާތު ހުށަހަޅަން ގެންދާނީ އޭނާގެ ބަދަލުގަ މައްކަތުލް މުކައްރަމާ ނުވަތަ މަދީނަތުލް މުނައްވަރާގެ އިމާމް ގެންދިޔައީހީ. މޯގަންފްރީމަންއަކީ ކަނޑައެޅިގެން ފާޅުކަންބޮޑުގޮތެއްގަ ކަލަކުވޮޑިގެންނުވާކަމައްދަޢުވާކޮއްފަވާ އެތިސްޓެއް

    • އިބިލީސް

      އިމާމު ކުރާ ކަމަކީ ބަންގިގޮވުން. އިމާމު ޕްރެސެންޓް ކޮށް ނޫޅޭ. ކަލޭމެން ތިކަހަލަ ތަންތަންކޮޅޫ ހިފައިގެން ދަމާ. ކަލޭމެންނަށް ވާނީ އެވަރު. ގަތަރަކާއި ތިބައިގަނޑަކަށް ނުކުޅެވޭނެ

  6. ހުއްބުލް ވަތަން

    ރައީސް ޔާމީންގެ ހިކުމަތު އަމަލީގެ ތެރެއިން ޤަތަރާ ގުޅުންކަނޑާލި ހަމައެކަނި މުސްލިމު ޤަޢުމަކީ މިދިވެހިރާއްޖެ. ޝޭމް އޮން ޔޫ ޔާމީން

  7. އަޚްމަދު

    ޤްރުއާނުގެ ބަރަކާތުން ފަށާފައި ދެން ކުރީ ކޮންކަމެއްތޯއެވެ؟

    އަޢުރަނިވާނުކޮށް ތިބެގެން މިއުޒިކު ޖަހައިގެން ނެށުން ރަނގަޅުތޯ!! ޔޯގާ ޖެއްސުން ރަނގަޅުތޯ!!!

  8. ޝެބްލޯ

    ގުރުއާން ކިޔަވާފަ ބިލިއަން ޑޮލަރުން ރިޝްވަތު ދިނީމަ އޯކޭ ދޯ!

  9. އހ

    ރާއްޖޭގެ ވެރިކަން މިހާރު ކުރާ މީހުން އުޅެނީ ދީނާ ދުރުކުރުވަން