ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ޑީގައި މިރޭ ބައްދަލު ކުރާނީ ޑެންމާކާއި ޓިއުނީޝިޔާއެވެ. މިއީ މި ދެ ޓީމު ވެސް މިއަހަރުގެ މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގެ އިތުރުން މި ގުރޫޕްގެ ވެސް ފުރަތަމަ މެޗެވެ.

ޑެންމާކަކީ ޔޫރަޕްގެ ބޮޑެތި ކުލަބުތަކާ ވާދަކޮށް ރަނގަޅު ނަތީޖާތަކެއް ނެރޭ ޓީމެކެވެ. އެގޮތުން އެ ޓީމު މި އަހަރުގެ ވޯލްޑްކަޕުން ޖާގަ ހޯދީ ވޯލްޑަޕް ކޮލިފިކޭޝަންގެ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ކޮލިފައިންގައި އެ ޓީމު ކުޅުނު 10 މެޗުގެ ތެރެއިން ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ.

މިހާތަނަށް ޖުމުލަ ފަސް ވޯލްޑް ކަޕެއްގައި ވާދަކުރި ޑެންމާކަށް، މުބާރާތުގައި ހޯދުނު އެންމެ ރަނގަޅު ކާމިޔާބީއަކީ 1998 ވަނަ އަހަރުގެ ކުއާޓާ ފައިަނަލަށް ދަތުރު ކުރުމެވެ.

ޑެންމާކުގެ ލަފާކުރެވޭ ފުރަތަމަ 11:

ޑެންމާކް ޓީމުގެ އެންމެ ފާހަގަ ކޮށްލެވޭ ކުޅުންތެރިޔާ: ކްރިސްޓިއަން އެރިކްސެން

ޑެންމާކުގެ އެންމެ މުހިންމު ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔަކީ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަންއެވެ. އެރިކްޝަން ވަނީ ޔޫރަޕްގެ ނަން މަޝްހޫރު ގިނަ ކުލުަބުތަކަކަށް ކުޅެފައެވެ. އޭގެ ތެރޭގައި އަޔެކްސް، ޓޮޓެންހަމް، އިންޓަ މިލާން، ބްރެންޓްފޯޑަށް އޭނާ ކުޅުނެވެ. އެރިކްސަން ވަނީ 2010 ވަނަ އަހަރުން ފެށިގެން މިހާތަނަށް ޑެންމާކަށް ކުޅުނު 117 މެޗުން 39 ގޯލު ޖަހައިދީފައެވެ. އެރިކްސަން ވަނީ 2010ގެ ވޯލްޑް ކަޕް އަދި 2018 ގެ ވޯލްޑް ކަޕްގައި ވެސް ޑެންމާކުގެ ޓީމަށް ކުޅެފައެވެ.

ޓިއުނީޝިޔާއަކީ ކުރިއަރަން މަސައްކަތް ކުރާ، ހުނަރުވެރި ކުޅުންތެރިތަކެއް އެކުލެވޭ ޓީމެކެވެ. އެ ޓީމުން މިހާތަނަށް ފަސް ވޯލްޑްކަޕެއްގައި ވާދަކޮށްފައިވީ ނަމަވެސް އެއްވެސް ފަހަރެއްގައި މުބާރާތުގައި މާ ދުރަކަށް ދެވިފައިނުވެއެވެ.

ޓިއުނީޝިޔާ ޓީމުގެ ލަފާކުރެވޭ ފުރަތަމަ 11:

ފާހަގަ ކޮށްލެވޭ އެންމެ މުހިއްމު ކުޅުންތެރިޔާ: ފެރްހާނީ ސަސީ

ޓިއުނީޝިޔާ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ ގަތަރުގެ އަލް ދުހައިލްއަށް ކުޅެމުން އަންނަ ހުނަރުވެރި މިޑްފީލްޑަރު ފެރްހާނީ ސަސީއެވެ. ސަސީއަށް ގައުމީ ޓީމުން ފުރަތަމަ ޖާގަ ލިބިފައިވަނީ 2013 ވަނަ އަހަރުގައެވެ. އޭގެ ފަހުން 2018 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ސަސީ ވަނީ ކުޅެފައެވެ. އެ މުބާރާތުގައި ވެސް ޓުއިނީޝިޔާ ޓީމުގެ ފުރަތަމަ 11 ގައި ހިމެނިގެން އޭނާ ވަނީ ގިނަ މެޗުތަކެއް ކުޅެފައެވެ.

ޓިއުނީޝިއާ އާއި ޑެންމާކް ބައްދަލު ކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ އިރުއޮއްސި ހައެއް ޖަހާއިރުއެވެ.