އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު މެޗު މެންޗެސްޓަރ ޔުނައިޓެޑު ކާމިޔާބުކޮށްފިއެވެ.

ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މިމެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ.

މި ނަތީޖާއާ އެކުގައި ޔުނައިޓެޑް އޮތީ ކުޅުނު 24 މެޗުން ލިބުނު 49 ޕޮއިންޓާއެކުގައި ތިން ވަނައިގައެވެ. ދެވަނައިގައި 24 މެޗުން 52 ޕޮއިންޓާއެކު އޮތީ މެންޗެސްޓާ ސިޓީއެވެ. އަދި 23 މެޗުން ލިބުނު 54 ޕޮއިންޓާއެކުގައި އެއްވަނައިގައި އޮތީ އާސެނަލްއެވެ.

އޯލްޑް ޓްރެފޯޑްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފު ފެށިގެން ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ގޯލު މެޗުގެ 25 ވަނަ މިނެޓުގައި ބުރޫނޯ ފެނާންޑޭޒް ދިން ބޯޅައަކުން ލެސްޓާ ސިޓީގެ ޕެނަލްޓީ އޭރިޔާގެ މެދެއްހާ ހިސާބުން ޖަހައި ދިނީ މާކަސް ރަޝްފާޑުއެވެ.

މިގޯލްގެ ކުރިންނާއި ފަހުން ކުޅުން ރަނގަޅުކޮށް، ޔުނައިޓެޑުގެ ގޯލަށްވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް ޔުނައިޓެޑުގެ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ މި ހަމަލާތައް ދިފާއުކޮށްފައެވެ.

ދެވަނަ ހާފު ފަށައިގެން ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. ނަމަވެސް ޔުނައިޓެޑުން ވަނީ ކުޅުން ހަލުވިކޮށް ހަމަލާތައް އިތުރަށް ވަރުގަދަކޮށް މެޗުގެ 56 ވަނަ މިނެޓުގައި ލީޑު ފުޅާކޮށްފައެވެ.

އޭރިޔާގެ މެދެއްހާ ހިސާބުން ފޮނުވާލި ހަމަލާ ސިދާ ގޯލަށް އަމާޒުކޮށް ކާމިޔާބު ކޮށްދީފައިވަނީ ފުރަތަމަ ގޯލުވެސް ޔުނައިޓެޑަށް ޖަހާދިން މާކަސް ރަޝްފާޑުއެވެ. މީގެ ކުޑަ ވަގުތުކޮޅެށް ފަހުން މެޖުގެ 61 ވަނަ މިނެޓުގައި ޔުނައިޓެޑަށް ދެވަނަ ފަހަރަށް ލީޑު ފުޅާކޮށް ދިނީ ޖޯޑަން ސަންޗޯއެވެ.

މިމެޗުގައި ރަޝްފާޑުޖެހި ދެގޯލާއެކު، ވޯލޯޑްކަޕަށްފަހު ކުޅުނު 17 މެޗުގައި ވަނީ 16 ގޯލު ކާމިޔާބުކޮށްދީފައެވެ. މުޅި މި ސީޒަނުގައި މިހާތަނަށް 24 ގޯލު އޭނާ ކާމިޔާބު ކޮށްދީފައި ވާއިރު ގޯލު ޖަހާނެ އަށް ފުރުސަތު ވަނީ ރަޝްފާޑު ތަނަވަސްކޮށްދީފައެވެ. މިރޭގެ މޮޅާއެކު ޔުނައިޓެޑުގެ ކީޕަރުވެސް ވަނީ ބަލިނުވެ 180 ނިންމާލުމުގެ ޝަރަފު ހޯދާފައެވެ.