ރާއްޖޭގެ ފުޓްބޯޅަ މިހާރު ވެއްޓިފައި މިވަނީ އަޑި ނޭނގޭ ފުން ވަޅުގަނޑަކަށެވެ. ޒަމާންވީ ފުޓުބޯޅައިގެ ފޯރި ރާއްޖެއިން މިވަނީ އެކީހެން ފިލައި ގޮސްފައެވެ. އަތޮޅު ވާދަ އާއި ރަށު ވާދައަށް ކުޅެމުން ދިޔަ މުބާރާތްތަކާއި މެޗުތައް މިހާރު މިވަނީ ހުއްޓުމަކަށް އައިސްފައެވެ. މަދުން ނަމަވެސް އަތޮޅު ތެރޭގައި، އަތޮޅު ފެންވަރުގައި އާއި ރަށު ފެންވަރުގައި މުބާރާތްތައް ދަނީ ބައްވަމުންނެވެ.

ގިނަ ދުވަސްތަކެއް ވަންދެން އިނގިރޭސި ވިލާތުގައި ހުންނެވުމަށް ފަހު ރާއްޖޭ ވަޑައިގެން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި ގައުމީ ޓީމުގެ ކުރީގެ މެނޭޖަރު އަލީ ވަހީދު ނޫސްވެރިންނާ ވާހަކަ ދައްކަމުން ވަނީ އުފާވެރި ހަބަރުތަކެއް ހިއްސާ ކުރައްވާފައެވެ. މިހާރުގެ "ފޯކަސް" ހުރީ ފުޓުބޯޅައިން ކުރިއަށް ދިޔުމަށް ކަމުގައިވެސް ވަނީ ވިދާޅުވެފައެވެ.

ޖުލައި 11 ވަނަ ދުވަހު ރަސްމީ ފާލަމުގައި ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވި އެންމެ ބޮޑު އެއް ކަމަކީ ދިވެހިންގެ މެދުގައި ދިވެހި ފުޓްބޯޅަ އަށް އޮތް ލޯބި ގެނެސް ދެއްވާނެ ކަމެވެ. އޭނާގެ ވިސްނުމަކީ "އެޓޯލްސް ފުޓްބޯޅަ ކުލަބު"ގެ ނަމުގައި ފުޓުބޯޅަ ކުލަބެށް އުފެއްދެވުމެވެ. މި ހުވަފެން ހަގީގަތަކަށް ހަދާ މިދިޔަ ބުރާސްފަތި ދުވަހު މިވަނީ ރަސްމީ ގޮތެއްގައި ވަނީ ކުލަބު އިފްތިތާހުކޮށްފައެވެ. މިއީ ރާއްޖޭގެ ފުޓުބޯޅައަށް އިންގިލާބީ ބަދަލުތަކެއް ފެނިގެން ދާނެ ކަމެއް ކަމުގައި އަލީ ވަހީދު އެރޭ ވަނީ ވިދާޅުވެފައެވެ.

އަލީ ވަހީދުގެ ވިސްނުން ހުރީ ކައިރި ތާރީހެއްގައި ގެންނަ ބަދަލުތަކެށް ނޫނެވެ. "އެޓޯލްސް ފުޓްބޯޅަ ކުލަބު" އާއި އެކު ވިސްނުން ހުރީ ދުރު މުސްތަގްބަލަށެވެ. މިއީ ރާއްޖޭގެ ތާރީހުގައި މިފަދަ ތަސައްވަރަކާއި އެކު ނިކުތް ފުރަތަމަ ބޭފުޅެވެ. އަލީ ވަހީދުގެ ވިސްނުން ހުންނެވީ ހަމައެކި ކުލަބު ފުޓުބޯޅައަކަށް ނޫނެވެ. ރާއްޖޭގެ ގައުމީ ޓީމަށްވެސް ބޮޑެތި ބަދަލު ތަކެށް ގެނައުމަށް ވަނީ ޕުލޭންތަށް ހަދާފައެވެ.

އެޓޯލްސް ފުޓްބޯލް ކްލަބް ލޯންޗް ކުރުމަށް ބޭއްވި ހަފްލާ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"އެޓޯލްސް ފުޓްބޯޅަ ކުލަބު" އާއި އެކު ރާއްޖޭގެ ފުޓުބޯޅައަށް ގެނައުމަށް ވިސްނުމުގައި ހުރި ކަން ކަމަށް ބަލާ ލާއިރު، ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި ބައިނަލްއަގްވާމީ ކުލަބު ނެޓްވޯކެއް ބިނާކުރުމާއި، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ކުލަބުގެ ވިއުގައެއް ގާއިމް ކުރުމާއި، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ޗެމްޕިއަންކަން ހޯދުން ހިމެނެވެ. މީގެ އިތުރުން ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި އޭއެފްސީ ކަޕްގެ ޗެމްޕިއަންކަން ހޯދުމާއި، ކުރިއަށް އޮތް 15 އަހަރުގެ ތެރޭގައި ގައުމީ ޓީމަށް އާ ޖީލެއް ބިނާކުރުމުގެ އިތުރުން ކުރިއަށް އޮތް 20 އަހަރުގެ ތެރޭގައި ވޯލްޑް ކަޕަށް ދިވެހިރާއްޖެ ކޮލިފައި ކުރުން ހިމެނެވެ.

ދިވެހި ފުޓުބޯޅައަށް ލޯބި ކުރާ ކޮންމެ މީހެއް ވެސް އަދަބުވެސް ކުރަމުންދާ އުންމީދަކީ ރާއްޖޭގެ ނަން ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަ ވެގެން ދިޔުމެވެ. ދުނިޔޭގެ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމު ފެނިގެން ދިޔުމަކީ ގައުމަށް ލިބިގެން ދާނެ އެންމެ ބޮޑު އެއް ޝަރަފެވެ. އަޑު އަހާލާއިރު ގަބޫލު ކުރަން އުނދަގޫވި ނަމަވެސް ގަދަ ހިތްވަރާއެކު މިއީ ނުކުރެވޭނެ ކަމެށް ނޫނެވެ. ބޭނުންވަނީ އުންމީދު ކަނޑާ ނުލާ މަސައްކަތް ކުރާނެ ފަރާތެކެވެ. އަލީ ވަހީދުގެ ވިސްނުމާއި ހިތްވަރުން މިކަމުގައި ކުލަ ޖެހިގެން ދާނެ ކަމުގައި ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

އެޓޯލްސް ފުޓްބޯލް ކްލަބް ލޯންޗް ކުރުމަށް ބޭއްވި ހަފްލާ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އަލީ ވަހީދުގެ މި ވިސްނުމާއެކު ބައިނަލްއަގުވާމީ ނެޓްވޯކެއްގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ ކުލަބެއް ވަދެގެން ދާނެއެވެ. ޔޫރަޕާއި އިނގިރޭސި ވިލާތުގެ އިތުރުން މެދު އިރުމަތީ ގައުމުތައް މި ނެޓްވޯކުގައި ހިމެނިގެން ދާނެއެވެ. މިއީ ރާއްޖެ ފަދަ ގައުމަކަށް ލިބިގެންދާނެ ވަރަށް ބޮޑު ފުރުސަތެކެވެ. މި ނެޓްވޯކުގެ ތެރެއިން ދިވެހި ކުޅުންތެރިންނަށް ފުރުސަތުތައް ހޯދައިދިނުމާއި ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ތިބި ހުނަރުވެރި ކުޅުންތެރިންނަށް ފުޓްބޯޅައިގައި ކުރިއަށްދިޔުމަށް ބޭނުންވާ މަގު ތަނަވަސްކޮށްދިނުމަކީވެސް އަލީ ވަހީދުގެ ދުރުރާސްތާ ޕްލޭސްގައި ހިމެނޭ ކަމެކެވެ.

އިނގިރޭސި ވިލާތުގައި ހުންނަވާ ކޯޗިން ގެ ކަންކަން ދަސްކުރެއްވުމަށް ފަހު، އެގައުމުގެ ކުލަބަކަށް އަލީ ވަހީދު ވަނީ ކޯޗުކަންވެސް ކޮށްދެއްވައިފައެވެ. ސްޕޯޓިން ލަންޑަންގެ ކޯޗުގެ މަގާމުގައި ހުންނަވާ އަލީ ވަހީދު ވަނީ ސެންޗެނަރީ ކަޕް ބީގެ ޗެމްޕިއަން ކަން އެކުލަބަށް ހޯދައި ދީފައެވެ. އެސީޒަނުގެ އެންމެ މޮޅު ކޯޗުގެ މަގާމުވެސް އަލީ ވަހީދު ވަނީ ހޯދާފައެވެ. އެގައުމުގައި ކޯޗުކަން ކުރަމުން ދިޔައިރު ފާހަގަ ކުރެވުން ކަންކަން ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް ބޭނުން ކުރާނެ ކަމުގައި އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

ކުޅުންތެރިން ކުރި އެރުވުމައް ބޭނުންވާ ހަތަރު ކަމެށް ފާހަގަ ކުރައްވަމުން އަލީ ވަހީދު ވިދާޅުވީ އެކުލަބުގެ އެކަޑަމީއިން އެންމެ އިސްކަމެއް ދެއްވާނެ ކަން ކަމަކީ އެއީ ކަމުގައެވެ. އެގޮތުން އަލީ ވަހީދު ފާހަގަ ކުރެއްވި ހަތަރު ކަމަކީ ކުޅުންތެރިޔާގެ ޓެކްނިކަލް ހުނަރު ތަރައްގީކުރުމާއި، ފިޒިކަލީ ރަނގަޅުކުރުމާއި، ސައިކޮލޮޖިކަލީ ވަރުގަދަކުރުމުގެ އިތުރުން ސޯޝަލީ މީހުންނާ ގުޅޭ ބަލައިގަންނަ ކުޅުންތެރިއަކަށް ހެދުމެވެ. މިއީ މިހާރު ރާއްޖޭގެ ފުޓުބޯޅައިގައި މާ ބޯޑު އިސްކަމެއް ދެވޭ ކަންކަމެއް ނޫނެވެ.

އެޓޯލްސް ފުޓްބޯލް ކްލަބް ލޯންޗް ކުރުމަށް ބޭއްވި ހަފްލާ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މިވަރުގެ ބޮޑު މަސައްކަތަކަށް ފައިސާ ހޯދާނީ ކިހިނެށްތޯ ގިނަ ބަޔަކު ސުވާލު އުފެއްދި ނަމަވެސް އަލީ ވަހީދު ވަނީ ފައިސާ ލިބޭނެ ގޮތްތައް ވެސް ބަލާފައެވެ. ހަމައެކަނި ކަން ކުރުމުގެ ވިސްނުމުގެ އިތުރުން ކަން ކުރެވޭނެ ގޮތުގެ ޕުލޭނުތައް ވެސް އަލީ ވަހީދު މިވަނީ ހަދައިފައެވެ. އެގޮތުން ސްރީލަންކާގެ ބައެއް ކުންފުނިތަކާއި ރާއްޖޭގެ ބައެއް ކުންފުނިތަކުން ސްޕޮންސާޝިޕް ލިބޭނެ ކަމުގެ ޔަގީންކަން އޮތް ކަމުގައި އަލީ ވަހީދު ވަނީ ފާހަގަކުރައްވާފައެވެ. މި ކަމުގައި މިސާލު ނަންގަވާފައި ވަނީ 2012 ވަނަ އަހަރު ނިއުރޭޑިއަންޓު ހިންގެވި ގޮތުންނެވެ.

ފުޓުބޯޅަ އާއިލާގައި ބަލަކުގެ ނަމުން މައްޝޫރު އަލީ ވަހީދު ވަނީ ނިއުރޭޑިއަންޓާއި އެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެހެން ކަމުން ފުޓުބޯޅަ ކުލަބު ހިންގުމާއި، ކޯޗު ކަން ކުރުމުގެ ތަޖުރިބާގެ ހުންނެވި ބޭފުޅަކު މިފަދަ ބޮޑު މަޝްރޫއަކާއި އެކު ނިކުތުމަކީ އިންގިލާބީ ބަދަލުތަކެށް ފެންނާނެ ކަމެކެވެ. ކުލަބު ލޯންޗު ކުރުމާއި އެކު އަމަލީ މަސައްކަތް ފަށާ، އަތޮޅު ތެރޭގެ ކުލަބު ޖަމިއްޔާތަށް ހިމެނޭ ވިއުގާ ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އަލީ ވަހީދުގެ ކުލަބު ލޯންޗު ކުރުމާއި ހަމައިން ނިންމާ ނުލައެވެ. ކުލަބުގެ ވެބްސައިޓާއި މީސް މީޑިއާގެ އެކައުންޓުތަށް ވެސް ވަނީ ލޯންޗުކޮށްފައެވެ. ކުލަބު ލޯންޗު ކުރުމުގެ އިވެންޓުގައިވެސް ނުވަ ސަތޭކައަށް ވުރެ މީހުން ބައިވެރިވި އިރު، މީސް މީޑިއާ ޕުލެޓް ފޯމުތަކަށް ފޮލޯ ކުރާ މީހުންގެ އަދަދުވެސް ދުވަހުން ދުވަހަށް ދަނީ އިތުރު ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދިވެހި ފުޓުބޯޅަ

    އަލްޙަމްދުﷲ

    13
  2. ޖުހާ

    ސަރުކާރުގެ ހަމަ އެއްވެސް ވިސްނުމެއް ނެތަ ފުޓުބާޅަ ކުރިއަރުވާކަށް އަމިއްލަމީހަކު މިހެން އިސްނަގައިގެން ގަނަތެޅޭންވީ

    5
    1
  3. Anonymous

    އަމިއްލައަށް ހަދަން އުޅޭ އާކުލަބެއްގެ އަމާޒުގައި 20 އަހަރުގެ ތެރޭގައި ވޯލްޑް ކަޕަށް ގައުމު ކޮލިފައި ކުރުން ހިމެނުމުން ތިއީ އަވާމެންދުރެއްކަން ވަރަށް ރީއއޗަށް ސާފުވެއެވެ.

    2
    7
  4. ސައިއްޓޭ

    ވާނެ ވާނެ.. ޖައްސަންވީ.. ދިވެހިންނައް ވާނެ..

    4
    2
  5. ނޒމ

    ސުމޯކް އިސްކިރީނެއްތަ

  6. ބެކަމް

    އިފް ދެއާޒް އަ ވިލް ދެއާޒް އަ ވޭ