ނ.މަނަދޫ ޗެސްޓާރ ސްޕޯރޓްސްއިން ކުރިޔަށް ގެންދިޔަ ޗެސްޓާ ވިމެންސް ފްޓްސަލް ޓޯނަމަންޓްގެ ޗެމްޕިއަންކަން އޮބިއަންސްއިން ހޯދައިފިއެވެ.

މިއީ ވިދިވިދިގެން އޮބިއަންސްއިން މި މުބާރާތް ކާމިޔާބުކުރި ދެވަނަ ފަހަރެވެ. ނ.އަތޮޅު މިލަދޫ އަށް ނިސްބަތްވާ އޮބިއަންސް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި މަނަދޫގެ ވައިނޮޓްގެ މައްޗަށް 3-1 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ.

ފައިނަލްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އޮބިއަންސްގެ ފާތިމަތު ސާލިޔާއެވެ. ޖުމްލަ ނުވަ ޓީމާއެކު ކުރިޔަށް ދިޔަ މި މުބާރާތުގެ ފެއާޕްލޭ ޓީމަކީ މަނަދޫގެ އެލްއެލް ކްއީންސް އެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ އޮބިއަންސްގެ ހަސީނާ އާދަމް، އާމިނަތު ރަނީން ،އާމިނަތު ޝާމިލާ މީގެ އިތުރުން ދެން ފަސް ކުޅުން ތެރިންގެ ތެރޭ ހިމެނުނީ އެފްސީ ސިކާޑާގެ ފާތިމަތު މިއުސާ އަދި ވައިނޮޓްގެ ފަރަހް އަހުމަދެވެ.

މުބާރާތުގެ އެންމެ ގިނަ ގޯލުޖެހި ކުޅުންތެރިޔާ އަދި މުބާރާތުގެ އެންމެ ފަހުރުވެރި މަގާމު (މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ) މަހާ ރެހެންދީ އޮފް ޗެސްޓަރ ވިމެންސް ފްޓްސަލް ޓޯނަމަންޓް ހޯދީ އޮބިއަންސްގެ ޖާޒީ ނަމްބަރ 6 ފާތިމަތު ސާލިޔާއެވެ. ބެސްޓް ކޯޗްގެ މަގާމް ވައިނޮޓްގެ ކޯޗް އިބްރާހިމް އަބްދުލް ގަފޫރް ހޯދިއިރު ބެސްޓް އަންޑަރ 20 ޕްލޭޔަރ އޮފްދަ ޓޯނަމެންޓްގެ މަގާމު ހޯދީ އޮބިއަންސްގެ މަރިޔަމް ލަމީސްއެވެ.

މިއީ ޗެސްޓާރ އިން މި މުބާރާތް ކުރިޔަށް ގެންދިޔަ ފަސްވަނަ ފަހަރެވެ. ޗެސްޓާރ ސްޕޯޓްސް އަކީ ނޫނު އަތޮޅުގައިވެސް ފާހަގަ ކޮށްލެވޭ ހަރަކާތްތެރި ޖަމިއްޔާއެކެވެ.