ލިވަޕޫލް ދޫކޮށް ސައުދީ އަރަބިއްޔާގެ ޓީމަކަށް ބަދަލުވުމަށް ލިވަޕޫލްގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކަމަށްވާ މުހައްމަދު ސަލާހް ނިންމައިފި ކަމަށް ސައުދީ އަރަބިއްޔާގެ މީޑިއާތަކުން ބުނެފިއެވެ.

ސައުދީ އަރަބިއްޔާގެ އެންމެ މަޝްހޫރު ނޫސް ކަމަށްވާ ސައުދީ ގެޒެޓުން ދެންމެ ބުނި ގޮތުގައި މިސްރުގެ ގައުމީ ޓީމާއި އަދި ލިވަޕޫލްގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކަމަށްވާ ސަލާހް ސައުދީ އަރަބިއްޔާގެ އަލް-އިއްތިހާދުއަށް ބަދަލުވުމުގެ ހުރިހާ ކަމެއް މިހާރު ނިމިއްޖެއެވެ.

މިއަދުގެ ވަގުތެއްގައި ސަލާހް ޕްރައިވެޓް ޖެޓެއްގައި ލަންޑަނުން ޖިއްދާއަށް ދަތުރު ކުރާނެ ކަމަށް ވެސް ސައުދީ އަރަބިއްޔާގެ ނޫސްތަކުން ބުނެއެވެ.