ބެލްޖިއަމްގެ ހުނަރުވެރި ފޯވާޑް އެޑިން ހަޒާޑް އުމުރުން 32 އަހަރުގައި ފުޓުބޯޅަ ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާނުކޮށްފިއެވެ

ޗެލްސީގައި ވިދާލި ހަޒާޑް ކުޅުން ހުއްޓާލިކަން އިއުލާންކުރީ މިދިޔަ ސީޒަންގެ ނިޔަލަށް ރެއާލް މެޑްރިޑާއެކު އޮތް އެއްބަސްވުން ހަމަވެ, އޭގެ ފަހުންވެސް ކުޅުމާ ދުރުގައި ހުރުމަށްފަހުއެވެ.

ޗެލްސީގައި މޮޅަށް ކުޅެ ދުނިޔޭގެ ތަރިއަކަށް ވިނަމަވެސް, ސްޕެއިންގެ ޗެމްޕިއަން ރެއާލް މެޑްރިޑްގައި ހޭދަކުރީ ކާމިޔާބު ކެރިއަރެއް ނޫނެވެ. 89 މިލިއަން ޕައުންޑަށް 2019 ވަނަ އަހަރު ރެއާލް އަށް ބަދަލުވެ އެކްލަބަށް ކުޅެން ފުރުޞަތު ލިބުނީ އެންމެ 54 ލީގު މެޗެވެ. ކްލަބްގައި ހޭދަކުރި އެންމެ ފަހު ސީޒަންގައި ފުރުޞަތު ލިބުނީ އެންމެ ހަ މެޗުންނެވެ

.ބެލްޖިއަމްގެ ކެޕްޓަންކަންވެސް ކުރި ހަޒާޑް ވަނީ ޑިސެމްބަރު މަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފައެވެ. އެންމެފަހުން ވަރލްޑްކަޕްގައި އޭނާ ބެލްޖިއަމް ޓީމަށް ކުޅުނެވެ. އެހެންކަމުން ބެލެވުނީ މިސީޒަންގައިވެސް ހަޒާޑް ފެންނާނެކަމަށެވެ. ގައުމީ ޓީމަށް ކުޅެދިން 126 މެޗުން އޭނާ ވަނީ 33 ގޯލު ކާމިޔާބުކޮށްދީފައެވެ.

.ހަޒާޑްގެ ކެރިއަރުގައި ޗެލްސީގައި ހޭދަކުރި މުއްދަތުގައި ޕްރިމިއަރ ލީގު ދެފަހަރު ހޯދިއެވެ. 352 މެޗުން ޗެލްސީއަށް 110 ގޯލް ޖަހައިދިނެވެ. އެކަމަކު އެޖާދޫ ރެއާލްގައި ނުދެއްކުނެވެ. ރިއަލްއަށް ކުޅެދިން 54 މެޗުގައި ކާމިޔާބު ކުރެވުނީ އެންމެ ހަތަރު ގޯލުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކައުންސެލަރު

    މޮޅުވާންވެގެން، ގިނަލާރި ލިބޭތީ ފުއްޕާފަ ޗެލްސީ ދޫކޮށް ދިޔައީ. މޮޅުތަކެއްވެއްޖެއެންނު. ޗެލްސީގަ ހުރިނަމަ އަދިވެސް މާރަނގަޅުވިސް. މިހާރު އޮންނާނީ ޖަމަލުމަސް ކެވިފަ

    5
    3