މިމަހުގެ 22 ވަނަ ދުވަހު ހޭލެވުނީ ވަރަށްވެސް ހިތާމަވެރި، ލަދުވެތި ހަބަރަކާއި އެކުއެވެ. ދިވެހި ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ އެފްއޭއެމްއަށް ފުލުހުން ބަލާފާސް ކުރަން ވަންނަ ހަބަރާއި އެކުއެވެ. ކޯޓު އަމުރެށްގެ ދަށުން ދައުލަތުގެ އެފަދަ އިދާރާ އަކަށް ފުލުހުން ވަނުން މީ އާންމުކޮށް ހިނގާ ކަންކަމެއް ނޫނެވެ. ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އަންގައިގެން އެފްއޭއެމް އަށް ފުލުހުން ވަދެފައިވަނީ ލަދުވެތިވާން ޖެހޭ ފަދަ މައްސަލައެއްގައެވެ. އެއިދާރާއިން ހިންގަމުން ގެންދާ ކޮރޮޕްޝަންގެ މައްސަލަ ތަކަކާއި ގުޅިގެން ކަމުގައި އަޑުތައް އަރަން ފެށިއެވެ. އަމާނާތްތެރިކަމާއި އެކު ހިންގުމަށް ހަވާލު ކުރެވިފައިވާ މުއައްސަސާގެ ވެރިން ތަނަށް ހިޔާނާތް ތެރިވީއެވެ.
އެފްއޭއެމްގެ ހިޔާނާތުގެ ވާހަކައާއި ފައިސާގެ މައްސަލަތަކުގެ ވާހަކައަކީ މިހާރު ދިވެހިންނަށް އައު ވާހަކަ އަކަށް ނުވާނެއެވެ. ކުލަބުތަކަށް ދޭން ޖެހޭ ފައިސާ އާއި، އިދާރާތަކަށް ދޭން ޖެހޭ ފައިސާގެ މައްސަލަ ތަކުގައި އެ އިދާރާ ގޮވައިން ވަނީ ކޯޓަށް ވެސް ގޮސްފައެވެ. ކަރަންޓް ބިލުތަކަށް ފައިސާ ނުދައްކައިގެން އެ އިދާރާއިން ވަނީ ކަރަންޓް ވެސް ކަނޑާލާފައެވެ. ތަނުގެ މުވައްޒަފުންގެ މުސާރައަކީ ކޮބާކަން ގިނަ މުވައްޒަފުންނަށް އިހުސާސު ނުކުރެވެއެވެ. ގައުމީ މަސައްކަތެއްގެ ގޮތުގައި އެފްއޭއެމްގައި މަސައްކަތް ކުރާ މުވައްޒަފުންވެސް މަދެއް ނޫނެވެ. މިއީ ތަނުގެ ވެރިން ޖަވާބުދާރީވުން ހައްގު ކަންކަމެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އަންގައިގެން ފުލުހުން އެފްއޭއެމްގެ އިދާރާއަށް ވަނުމާއި ގުޅިގެން ޕީޖީ އޮފީހުން ނެރުނު ބަޔާނުގައިވާ ގޮތުން ތަހުގީގު ކުރަމުން ދަނީ ރާއްޖެއާ މުއާމަލާތްކުރާ ބައިނަލްއަގްވާމީ އިދާރާތަކުން، ވަކި ހަމަތަކާއި އުސޫލުތަކެއްގެ ދަށުން ފޮނުވާ ފައިސާ އުސޫލުތަކާ ގާނޫނުތަކާ ހިލާފަށް، ކުށް ކުރުމަށް ނުވަތަ ކުށް ކުރުމަށް ފަހިވާ ގޮތަށް ބޭނުން ކުރާ ކަމުގެ ތުހުމަތު ކަމަށެވެ. ކޮވިޑުގެ ތެރޭގައި ފުޓުބޯޅައިގެ މައި އިދާރާ ފީފާއިން ފައިސާގެ އެހީ ލިބުނު ކަމުގައި އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވި އިރު، އެފައިސާ ބޭނުން ކުރަން ޖެހޭ ކަންކަމުގެ އިތުރު ކަންކަމުގައިވެސް ބޭނުން ކުރި ކަމުގައި ވަނީ އެއްބަސްވެފައެވެ. މީގެ އިތުރުންވެސް އެކި ގޮތް ގޮތުން ލިބުނު ފައިސާގެ ތަފްސީލުތައް ފެންނަން ނެތް އިރު، ކުލަބު ތަކާއި ކުޅުންތެރިންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައި އޮތީ އެފްއޭއެމްގެ ފައިސާގެ މައްސަލައެވެ.
ޖީލެއްގެ ބުރަ މަސައްކަތް ފުނޑުކޮށް ވެއްޔާ މޮޑެލާއިރު، ހިޔާނާތް ތިޔަ ވެވެނީ ހަމައެކަނި ކުލަބު ތަކާއި، އެފްއޭއެމްގެ މުވައްޒަފުންނަކަށް ނޫނެވެ. ހިޔާނާތް ތިޔަ ވެވެނީ މުޅި ދިވެހި ގައުމަށެވެ. އެތައް ބަޔަކު ދާ އޮހޮރުވައިގެން ނަނގާ ކޮޅަށްޖެހި ދިވެހި ފުޓުބޯޅަ ވެއްޔާ މޮޑެލީ އަމިއްލަ މަންފާއަށް ވުރެ ދިވެހިން މުހިންމު ނުވީމަތާއެވެ. ގައުމީ ލޯބި ހިތުގައި ހުރި ނަމަ، ގައުމީ އެއްވަނަ ކުޅިވަރުގެ ގޮތުގައި އޮތް ކުޅިވަރު ހަލާކު ނުކުރާނެއެވެ. ސަރަހައްދީ ގައުމުތަކުގެ ކުރިމަތީގައި ރާއްޖޭގެ ނަން ކިލަނބު ނުކުރާނެއެވެ. މިކަމުގެ ޒިންމާ އެންމެ ބޮޑަށް ނަގަން ޖެހޭނީ ހަމަ ޔަގީނުންވެސް ފުޓުބޯޅައިގެ މައި އިދާރާ ހިންގުމާ ހަވާލުވެ ހުރި ފަރާތުންނެވެ. ރާއްޖޭގެ ފުޓުބޯޅަ ހަލާކުވެގެން ދިޔަ އިރު، ލޮލުގަ އަތް އަޅައިގެން ބީރު ކަންފަތެއް ދީގެން ތިބި ކުލަބު ތަކުންވެސް މިކަމުގެ ޒިންމާ ނަގަން ޖެހޭނެއެވެ.
ފުޓުބޯޅައިގެ މައި އިދާރާގެ ކޮރޮޕްޝަނާއި ހިޔާނާތުގެ ވާހަކަތައް ދައްކާއިރު، އަޑު އިވެމުން ދަނީ މަދު އަދަދެއްގެ ވާހަކަ ތަކެއް ނޫނެވެ. މިލިޔަނުން ވެފައިވާ މި ހިޔާނާތަކީ ތަނުގެ ވެރިން ގުޅިގެން ހިންގާފައިވާ ޖަރީމާ ތަކެއް ކަމުގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ދިވެހިންގެ އެތައް މިލިއަން ރުފިޔާއަކަށް ހިޔާނާތްތެރި ވެފައިވާ ކަމަށް ގިނަ ބަޔަކު ބުނަމުން ދަނިކޮށް މިހާރު މިވަނީ އެވާހަކަ ތަކަށް ބާރު ލިބޭ ފަދަ ކަމެށް ވެފައެވެ. ބައިނަލްއަގުވާމީ އިދާރާ ތަކުގެ ކުރި މަތީގައިވެސް ރާއްޖެ މިވަނީީ ބަދުނާމުވެފައެވެ. މިއީ އަދި ފަޅާ އެރި ކަންކަމެވެ. ފަޅާ ނާރާ އަދި ކިތައް ކަންތައް އިދާރާ ތެރޭގައި ހިނގާފައި ހުންނާނެ ބާއެވެ. މިއީ އެތައް ދިވެހިންނެއް ސުވާލު އުފައްދަމުންދާ ސީރިއަސް ސުވާލުތަކެކެވެ.
މާލީ ހާލަތުގެ ވާހަކަ ދައްކަމުން ދާއިރު، ތަނުގެ ހާލަތު ހުރި ހިސާބު ތަނުގެ ބޭރަށް ބަލާލުމުން ދަނީ ފެންނަމުންނެވެ. ވީރާނާވެފައިވާ އިމާރާތް އާބާތުރަ ފިލުވާލަން ބަޖެޓު ނެތްއިރު، ތަނުގެ ނަން ބޯޑާއި ލޯގޯވެސް މިހާރު އިދާރާގެ ބޭރުން ފެންނަން ނެތެވެ. ގައުމީ ރަސްމީ ފުޓުބޯޅަ ދަނޑުގެ ހާލަތުވެސް އޮތީ މި ހާލަތުގައެވެ. ބޮލަށް ވެއްޓޭ ހާލުގައި އޮތް ގަލޮޅު ދަނޑުގެ އާބާތުރަ ފިލުވާލަން ހަރަދު ނުކުރެވުން އިރު، ގޮނޑި ބަރި ބަދަލު ކުރުމަށް ފެށި މަސައްކަތް ވެސް ވަނީ ހުއްޓުމަކަށް އައިސްފައެވެ. މި އިހުމާލު ވެވޭ ކޮންމެ ކަމަކީ އޭގެ ނޭދެވޭ އަސަރު އެންމެ ކުޑަ ކުލަބާއި ހިސާބުން ރަށްތަށުގެ ވެލި ދަނޑުގައި ފައިވާން ބަހައްޓައިގެން ކުޅެމުންދާ ކުދިންނަށްވެސް ކުރާނެ ކަންކަމެވެ. މިކަމުގައި ޒިންމާ އުފުލަން ޖެހޭ ވަޒީރަކުވެސް އެބަހުއްޓެވެ. ތިމަންނާއަކީ "ދަނޑު ވަޒީރޭ" ބުނެލުމުން މިކަން އަދި ނިމުނީއެއް ނޫނެވެ. އެދަނޑު ތަކުގައި ކުޅޭނެ ޒުވާނުންވެސް ތަމްރީނު ކުރުމާއި، ފުޓުބޯޅައަށް ދިވެހިންގެ ހިތުގައި ލޯބި ޖެއްސުމަކީވެސް ކުރަން ޖެހިފައިވާ ކަމެކެވެ.
ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތަކުގައި ރާއްޖެއިން ހޯދަމުން ދިޔަ ކާމިޔާބީތައް މިވަނީ މާޒީވެ، ވާދަވެރި ގައުމު ތަކުގެ ކުރިމަތީގައި ރާއްޖެއިން ލަދު ގަންނަ ވަރުގެ ނަތީޖާތަކާއި ކުރިމަތިލާން ޖެހިފައެވެ. އެހެން ނަމަވެސް މިކަންކަން ރަނގަޅު ކުރުމަށް ކަމާބެހޭ އިދާރާތަކުން އެދެވޭ މަސައްކަތެއް ނުކުރާ ކަމީ ހިތާމަ ހުރި ކަމެކެވެ. އެފްއޭއެމްގައި ފައިސާ ނެތުމުން ޒުވާން ގައުމީ ޓީމު ތަކަށް ބައިނަލްއަގުވާމީ މުބާރާތް ތަކުގައި ވާދަ ނުކުރެވޭ ވާހަކަ އަކީވެސް ދެކެވުނު ވާހަކަ ތަކެވެ. އެންމެ އެދެވޭ ތަމްރީނުތައް ހެދުމަށް ބޭނުންވާ ފައިސާ ނެތް ވާހަކަ ބުނަމުންދާއިރު، އަމިއްލަ މަންފާއަށް ކުރާ ހަރަދުތައް ދަނީ އިންތިހާއަށް އިތުރު ވަމުންނެވެ. މިކަންކަން ފުރިހަމަ ތަހުގީގެށް ކުރެވި، އިސްލާހު ވެގެން ދިޔުމަކީ ދިވެހި ފުޓުބޯޅައަށް ލޯބި ކުރާ ކޮންމެ ދިވެއްސަކުވެސް މިއަދު ދެކެން ބޭނުންވާނެ ދުވަހެކެވެ.
ރަނގަޅެއްނުވާނެ މިނިސްޓަރަކަށްވެސް ހުރީ ގަައުމުގެ ރައީސް ބުލެކުމެއިލްކޮށް ބޭޒާރުކޮށްލާނެ ކަމަށްބުނެ ކޯޓައް ހުށައެޅި މައްސަލވެސް ދައުލަތުން އަނބުރާ ނެގުވި ކަރަޕްޓް މީހެއް. ދައުލަތުގެ ލާރީގާ މީގެން ކުރިންވެސް ޖެހިގެން ދައުވާއުފުލީމަ ބޮޑާހާކާ ގާނޫނު ނުހިގޭނެކަމަށް ބޭނޫންހާ ގޮތަކަށް ކަންކަން ކުރަމުން ދިޔައިރުވެސް ދައުލަތުން އަޅާނުލެވުނު މީހެއް. ދެން ކޮންވާހަކައެއްމިހާރު ފައިބައިގެން ދާންވީމަ އެންމެން މިދައްކަނީ. ހިނި އަންނަނީ....
ރާއްޖޭގައި ފެއިލް/ކޮރަޕްޓް ނުވާ ތަނެއް ދައްކާލަބެ
ރަނގަޅު. އެންޓިކޮރަޕްޝަން އޮންނަނީ ބޮޑުތަނުން ކޮރަޕްޓް ވެފަ.
އާންމު ރައްޔިތުން އެންމެ ކޮރަޕްޓީ. އެއްވެސްކަހަލަ އިހުލާސްތެރިކަމެއް އެތިކްސް އެއް ނެތް ބައެއް.
ހިޔާނާތުގެ ވާހަކަ އަޑު އިވުނީމަ ހިތައް އަރަނީ މިތަނުގެ ވެރިން އަގަހުޅުވާފަ ވާހަކަ ދައްކަން ލަދު ކޮބައހޭ އެކަމު ހަމަ އޯކޭ ކުރީގަވެސް ތިކަހަލަ މައްސަލަ ތަކެއް ފންމަތިވީ މިހާރުވެސް ހަމަ އެބައެގޭ ކަމެއް ނުކުރެވޭނެކަން ވީމަ ވާގޮތް
އަލަ ކުރެހި ދަނޑު ވެސް ވީ ހިސާބެއްވެސް ނޭނގޭ..
ނޫނޭ، މީވާ ޗެމްޕިއަން އެއް..
މީގަ މައްސަލައަކީ އެފްއޭ އެމަށް ކޮރަޕްޝަނުގެ ތުހުމަތު ކުރާތާ އެތަށް އަހަރެއް ވީފަހުން ޕީޖީ ޝަމީމް ހޭލައިގެން އުޅޭތީ މިތަނަށް ފުލުހުން ވަންނަން ވެއްޖެތާ ދެއަހަރު ތިންއަހަރު ވެއްޖެ ބައްސާމް ގެ ހިންގުން ތެރިކަމެއް ނެތްކަން އެނގިތިބެ ތަން ހިސޯރު ކުރުމުގެ ފުރުސަތު ދީގެން ބައިސްކޯފް ބަލަން ސަރުކާރުން ތިބީ ނޭވާ ހޮޅއަށް އެޅި ވެރިކަން ބީވީމަ ވ ތެދުވެރި ބައަކު ކަމަށް ހެދެން ވެގެން ޕީޖީ ފުލުހުން ލައްވާ އެތަން ފާސް ކިރުވީ މިއަށްވުރެ މާރީތިކޮށް މިކަން ނިންމާލެވެން އޮތް ކަމެއް
ދިވެހިފުޓްބޯޅަހަލާކު ވެގެންދިޔައ ރާއްޖޭގެ ތިންހަތަރުކުލަބެއްގެ ނުފޫަހެދި
މާޒިޔާ ވެސް ޖެހޭނެ ޒިންމާ ނަގަން، މާޒިޔާ އަޑީގަ އޮވެގެން ގަތް ގަނޑުވެސް އެބަ ޖެހޭ ބަލަން.
ބައްސާމު ނޫން ގޮތެއް.
ހިޔާނާތެއްނުވަމޯ ލާރިގަނޑު ކާލީޔޯ ކިހާރީތި
މަހޭ ބުނާނެ އޮރިޔާން ކޮށްލާނަމޭ.... މަހޭ ފެއިލް... ޔޫތު މިނިސްޓްރީ ފެއިލް، ބައްސާމު ފެއިލް، އެފްއޭއެމް ފެއިލް، އިބޫ ފެއިލް ސަރުކާރު ބޮޑުތަނުން ފެއިލް....
ތިޔަ މިނިސްޓަރަކި ވ ގއަޑު ގަދަކޮއްފަ އުޅެ ޑްރާމާ ކުއިން އެއް، ބިންމައްޗށް ކާށި ހުނި ގޭނި ބީރު ބޯ ވަޒިރެއްނު، އޭނަ ޖަރީމާ ނުހިންގާނެ ގޮތެއް ނުވާނެ، ދެން ބަޓު ޖަލީލު ސްވިޒަރލެންޑުން ގޮސް މުޅީ ވިލާތު ގަ އަނބި ގޮޔެ ގޮވައިންގެން ކުރި އަގުބޮޑު ދަތުރު ތަކުގެ ތަފްސީލް ވެސް ހޯދަން ޖެހޭ އެބަ!
އާއިލީ މަކެއްބާ ހިޔާނާތްތެރި ވުމަކީ