ޔުއެފާ ޗެމްޕިއަންސް ލީގުގައި އާސެނަލް އިން ސެވިއްޔާ މައްޗަށް ކުރި ހޯދައިފިއެވެ.

ހަ އަހަރަށްފަހު ޗެމްޕިއަންސް ލީގު ޖާގަހޯދި އާސެނަލްއިން, ހަތް ފަހަރު ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދި ސެވިއްޔާ ބަލިކުރީ 2-1 ނެވެ.މި މޮޅާއެކު އެޓީމް ވަނީ ވާދަވެރި ގްރޫޕްގެ އެއް ވަނަ އަށް ހަ ޕޮއިންޓާ އެކު ޖެހިލާފަ އެވެ. ފަސް ޕޮއިންޓާ އެކު ދެ ވަނައިގައި ލެންސް އޮތްއިރު، ސެވިއްޔާ އަދި ޕީއެސްވީއަށް ވެސް ލިބިފައިވަނީ ދެ ޕޮއިންޓެވެ.

މެޗުގެ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި އާސެނަލްއަށް ފުރަތަމަ ލަނޑު ޖަހާ ކުރިހޯދައިދިނީ ގަބްރިއެލް މާޓިނެލިއެވެ. އެކަމަކު އެ ލަނޑުގައި އެންމެބޮޑު ހިއްސާއެއްވީ ޖެސޫސްއެވެ. ޖެސޫސް ތަނަވަސްކޮށްދިން ފުރުސަތުން އޭނާގެ ފެންވަރު ސާބިތުކޮށްދިނެވެ. މެޗުގެ ދެވަނަ ހާފްގައި ރައިސް ތަނަވަސްކޮށްދިން ފުރުޞަތަކުން ދެވަނަ ލަނޑު ޖެހީވެސް ޖެސޫސްއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީވެސް އޭނާއެވެ. ޖެސޫސް ވަނީ މިސީޒަންގައި ޗެމްޕިއަންސް ލީގުގައި ކުޅުނު ތިން މެޗުގައިވެސް ލަނޑު ޖަހާފައެވެ. އެކަމަކު މެޗުގެ ދެވަނަ ހާފްގައި އަނިޔާވެ ޖެސޫސް ބަދަލުކުރަން ޖެހުމަކީ ކޯޗު އާޓެޓާއަށް އޮތް ބޮލުގައި ރިހުމެކެވެ. އާސެނަލް އިން ދެ ލަނޑު ޖެހިފަހުން ނެމަންޖާ ގުޑޭލްއެވެ. މިލަނޑާއެކު އާސެނަލްއަށް ޕެރަޝަރ ކުރިމަތިވި ނަމަވެސް ނަތީޖާ ހިފެހެއްޓިއެވެ.‎

އާސެނަލަށް ދުވަހަކުވެސް ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ލިބިފައެއް ނުވެއެވެ، ފާހަގަކޮށްލެވޭ ގޮތުގައި 2005-2006 ވަނަ އަހަރުގެ ސީޒަނުގައި ފައިނަލަށް ދަތުރުކޮށްފައިވެއެވެ. ނަމަވެސް ޝަރަފުވެރި ތަށި އުފުލުމުގެ ހުވަފެންތައް ފުނޑުފުނޑުވެގެން އެފަހަރު ދިޔައީ ބާސެލޯނާގެ ވަރުގަދަ ޓީމަކާ ކުރިމަތިލާން ޖެހުމުން ފައިނަލް މެޗުން ބަލިވެގެނެވެ