ޔުއޭފާ ޗެމްޕިއަންސް ލީގުގައި ފޯރި ގަދަ މެޗްތަކެއް ކުޅުމައް މިރޭ ވަނީ ހަމަޖެހިފައެވެ.

މިރޭ ޗެމްޕިއަންސް ލީގުގައި ކުޅެން ހަމަޖެހިފައިވާ ޓީމުތަކުގެ މެޗްތަކައް ބަލާލާއިރު :

ނަޕޯލީ އަދި ޔުނިއަން ބާލިން

ރެއަލް ސޮސީޑާޑް އަދި ބެންފިކާ

ބަޔާން މިއުނިކް އަދި ގަލަޓަސަރައޭ

ކޮބެންހަވެން އަދި މެންޗެސްޓާ ޔުނައިޓަޑް

އާސެނަލް އަދި ސެވިއްޔާ

އެއިންދޮވެން އަދި ލެންސް

ރެއަލް މެޑްރިޑް އަދި ބްރާގާ

ސަލްސްބާގް އަދި އިންޓާ

ރޭ ކުޅެވިގެންް ދިޔަ މެޗްތަކަށް ބަލާލާއިރު ޗެމްޕިއަންސް ލީގުގައި އެންމެ ފާހަގަކޮއްލެވުނު މެޗަކީ، އެންމެ ފަހުގެ ޗެމްޕިއަނުން މެންޗެސްޓާ ސިޓީން ޔަންގް ބޯއިސްގެ މައްޗަށް 3-0 ގެ ނަތީޖާއިން ފަސޭހަ ކަމާއެކު ކުރި ހޯދި މެޗެވެ. މި މެޗްގައި އާލިންގ ހާލެންޑްގެ ދެ ލަނޑާއި ފިލް ފޮޑެންގެ ލަނޑެއް ފެނިގެންދިޔައެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސިޓީގެ އުމުރުން 28 އަހަރުގެ ޖެކް ގްރީލިޝްއެވެ. ގްރީލިޝް ވަނީ މި ސީޒަނުގައި މެންޗެސްޓާ ސިޓީއައް ކުޅުނު 6 މެޗުން 3 ލަނޑު ކާމިޔާބުކޮއްފައެވެ.

ހަމައެއާއެކު އެތްލެޓިކޯ މެޑްރިޑް ވަނީ ސެލްޓިކްއާއި ދެކޮޅައް 6-0 ގެ ނަތީޖާއަކުން މެޗް ކާމިޔާބުކޮއްފައެވެ. މި މެޗުގައި ލަނޑުތައް ކާމިޔާބުކުރި ކުޅުންތެރިންނަކީ ، ފްރާންސްގެ ތަރި އެންޓޮއިން ގްރީޒްމަން. ގްރީޒްމަން ވަނީ ދެ ލަނޑު ކާމިޔާބުކޮއްދީފައެވެ. ހަމައެއާއެކު މޮރާޓާވެސް މި މެޗުގައި ދެ ލަނޑު ކާމިޔާބުކޮއްފައިވެއެވެ. މެޗްގައި ބާކީ ލަނޑުތައް ކާމިޔާބުކޮއްފައިވަނީ ލިނޯއާއި ނިގުއޭޒްއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކައް ހޮވިފައިވަނީ އުމުރުން 31 އަހަރުގެ އަލްވާރޯ މޮރާޓާއެވެ. މޮރާޓާ މި ސީޒަނުގައި ކުޅުނު 8 މެޗުން 7 ލަނޑާއި އެއް އެސިސްޓް ކާމިޔާބުކޮއްފައިވެއެވެ.

ދެން އެންމެ ފާހަގަ ކޮއްލެވުނު މެޗަކީ ޕީއެސްޖީއާއި މިލާން ކުޅުނު މެޗެވެ. މި މެޗުގައި ޖުމްލަ 3 ލަނޑެއް ފެނިގެންދިޔަ އިރު މެޗްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮއްފައިވަނީ ޕީއެސްޖީގެ ކުޅުންތެރިޔާ މިލަން ސްކްރިނިއާއެވެ. މެޗުގައި މިލާނުން އެއްވަރު ކުރި ލަނޑު ކާމިޔާބުކޮއްފައިވަނީ އުމުރުން 24 އަހަރުގެ ރަފައެލް ލިއާއޯއެވެ. މެޗްގައި މިލާނުން ފަހު ލަނޑު ކާމިޔާބުކޮއްފައިވަނީ އުމުރުން 37 އަހަރުގެ އޮލިވާ ޖިރޫޑްއެވެ.