އުރީދޫ ސާފް ޗެމްޕިއަން ޝިޕްގައި ރާއްޖެއާއި ސްރީލަންކާ ކުޅުނު މެޗުގައި ރެފްރީގެ ނިންމުންތައް ހުރީ ރާއްޖެކޮޅަށް ބުރަވެފައި ކަމަށާއި އޭއެފްސީން އެކަން ބަލަން ޖެހޭ ކަމަށް ލަންކާގެ ކޯޗު އާމިރް އަލަޖިކް ބުނެފިއެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗު ނިންމާލުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން އާމިރު ބުނީ، ރެފްރީގެ ނިންމުންތައް ހުރީ ރާއްޖެ ކޮޅަށް ކަމަށާއި ކޮންމެ 50/50 ބޯޅައެއް ވެސް ދެނީ ރާއްޖެއަށް ކަމަށެވެ.

އެހެން ކަމުން އޭއެފްސީން މިކަން ބަލައި މި މުބާރާތަށް ރަނގަޅު ރެފްރީން ގެންނަން ޖެހޭ ކަމަށް އާމިރު ވަނީ ބުނެފައެވެ.

ރެފްރީގެ ނިންމުތަކާއި ގުޅިގެން ރުޅިގަދަވެފައި ހުރި އާމިރު ބުނީ، މެޗުގައި ރާއްޖެއިން ރަނގަޅު ކުޅުމެއް ދެއްކި ކަމަށާއި ލަންކާއިން އުއްމީދީ ކުޅުމެއް ކުޅެފައިވަނީ ފަހު ހާފުގެ ފަހު 20 މިނެޓުގައި ކަމަށެވެ.

"ލަންކާއިން ޖުމްލަކޮށް ކުޅުނު ކުޅުމާއި މެދު ވަރަށް ހިތްހަމަ ޖެހޭ. މިއީ މުސްތަގުބަލަށް އެޅޭ ބިންގާއެއް" އާމިރް ބުންޏެވެ.

މީގެ އިތުރުން އާމިރް ބުނީ، މި މެޗުން ލަންކާ ބަލިވިނަމަވެސް އެމެޗަކީ އެއީ 'އިމޯޝަނަލް' މެޗެއް ކަމަށެވެ.

1-0 ގެ ނަތީޖާއަކުން ލަންކާ ބަލިކޮށް ރާއްޖެ ފައިނަލާއި ގާތަށް ދަތުރު ކޮށްފައިވާއިރު، މި މެޗުގައި ރާއްޖެއަށް ގޯލު ކާމިޔާބު ކޮށްދީފައިވަނީ މެޗުގެ ހަވަނަ މިނެޓުގައި އަލީ އަޝްފާގު (ދަގަނޑޭ) އެވެ. މިއީ މި މުބާރާތުގައި ދަގަނޑޭ ކާމިޔާބުކުރި ދެވަނަ ލަނޑެވެ.

މި މެޗާއި ކުރިމަތިލިއިރު ރާއްޖެ އޮތީ ނާޒުކު ފައްތަރެއްގައެވެ. މިހާތަނަށް މުބާރާތުގައި ކުޅުނު ދެ މެޗުގެ ތެރެއިން ރާއްޖެ އޮތީ ތިން ޕޮއިންޓާއެކު އެވެ. އެއީ ފުރަތަމަ މެޗުގައި ނޭޕާލް އަތުން ބަލިވެ އަދި ދެވަނަ މެޗުގައި ބަންގްލަދޭޝް އަތުން މޮޅުވެގެންނެވެ. އެހެންކަމުން ފައިނަލަށް ދިއުމަށް ރާއްޖެއަށް މިއީ މުހިއްމު މެޗެކެވެ.

ތަފްސީލް އަންނަނީ...

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޚަލީލް

    މި ކަލޭގެ ކުރިން ބުނި، މުބާރާތުގެ ރެފްރީން ބަރާބަރޭ. މިއީ ކޯންޗެއް ބޮއިފައި ހުރި މީހެއްބާ؟

  2. ކޯޗު

    މިހާރު މަ މި ނުބައިވީ. ކުރިން ބުނި މަ ހަމަ ބަރާބަރޭ.

  3. ކޮވިޑް

    އެކަމް މިސޮރު އިއްޔެ ބުނީ ރެފްރީން ވަރަށް އިންސާފް ކަމަށް އެކަމަށް ރެފްރީންނަށް ޝުކުރުވެސް ދެންވެނި. މިހާރު މިވީ ކިހިނެއް؟

    16
    1
  4. ހުސޭނުބޭ

    މުބާރާތުގެ ރެފްރީން ބަރާބަރުކަމަށް ބުނި މީހާ ދޯ މިއީ. ޓީމު ބަލިވީމާ މިހާރު ނުގޮވާ އެއްޗެއްނެތް.

    15
    2
  5. Anonymous

    މީނަ އިއްޔެ ބުނީ ރެފްރީން ވަރަށް ބަރާބަރޭ. މިހާރު ބަލި ޥީމަ ކޯއްޗެކޭ މިކިޔަނީ.

    15
    2
  6. އައްޔަ

    އެމްއެމްޕީއާރުސީގެ ފައިސާ އަދި ހުހެއްނުވާ. ބަހަން އުޅުނު މޫނުތަަަ އް ބަދަލުވެލާ އަދި އާވެލިއަސް

  7. ބެލް

    ކޯޗު ބޯސަކަރާތް ވެއްޖެ //

  8. އިސްޢާފް ސަލީމް

    ވަރަށް ރަގަޅު ވާހަކައެއް އެއީ! ރާއްޖެ މޮޅުވީތީ އުފާކުރަން. އަދި ރާއްޖެ މޮޅަށް ކުޅުނުކަންވެސް ފާހަގަކުރަން! އެހެނަސް ރެފްރީގެ ނިންމުންތައްހުރީ ރާއްޖެކޮޅަށް ވަރަށް ބޮޑަށް ބުރަވެފަ!

  9. ހ. ހުސައިން

    ރައްދުދޭއިރު އަނެކާއަށް ކުޑައިމީސް ބަސް ރައްދުކުރުމުގެ ބޭނުމަކީ ކޮބާ؟ އަނެއްކޮޅުން އެއިން ފެނިގެންދަނީ ތިމާގެ ނުރަގަނޅު ސިފަ