ގައުމީ ފުޓްބޯޅަ ޓީމަށް ފުރުސަތުތައް ދީ ކާމިޔާބީއަށް އެދި ދުއާ ކޮށްދެއްވުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް(އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލު އެދިވަޑައިގެންފިއެވެ.
މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަށް އެކަށީގެންވާ ކުޅުމެއް ދެއްކެމުން ނުދެއެވެ.
އެގޮތުން މިދިޔަ އާދިއްތަ ދުވަހު އިންޑިޔާގެ ބެންގަލޫރުގައި ބަންގްލަދޭޝް އަތުން 1-3 ގެ ނަތީޖާއަކުން ރާއްޖެ ވަނީ ބަލިވެފައެވެ.
މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ޓީމުގެ ކޯޗު ވަނީ ދިވެހިންގެ ފަރާތުން މާފަށް އެދިފައެވެ.
"މިއީ ގައުމީ ޓީމެއްގެ ކުޅުމެއް ނޫން. އަހަރެން ވަރަށް ބޮޑަށް ދިވެހިންގެ ކިބައިން މާފަށް އެދެން، މި ކަމެއް މި ގޮތަށް ނުކުރެވޭނެ".
ފަހުން ނޫސްވެރިންގެ ސުވާލު ތަކަށް ޖަވާބު ނުދީ ބައްދަލުވުން ދޫކޮށް އޭނާ ވަނީ ގޮސްފައެވެ.
މިއާ އެއާއެކު ގިނަ ބައެއްގެ ފާޑު ކިޔުން ބައްސާމްއަށް ވެސް އަމާޒުވެފައެވެ. އަދި ޓީމު ބަލިވުމުގެ ޒިންމާ ބައްސާމް ނަގަން ޖެހޭނެ ކަމަށް ވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
އެންމެ ފަހުން ބައްސާމް ވަނީ އަމާޒުވަމުންދާ ފާޑު ކިއުންތަކާއި ގުޅޭ ގޮތުން ވާހަކަ ދައްކަވައިފައެވެ.
އޭނާ ވިދާޅުވީ ޓީމާ މެދު ގިނަ ބައެއްގެ ކަންބޮޑުވުން ހުރި ކަން އޭނާވެސް ގަބޫލު ކުރައްވާ ކަމަށެވެ،
"އިންޝާﷲ ޓީމު ކުރިއަށްދާން ފުރުސަތުދީ، އެންމެން ޓީމުގެ ކާމިޔާބީއަށް އެދި ދުއާ ކޮށްދިނުމަށް އެދެން." ބައްސާމް އިތުރަށް ވިދާޅުވިއެވެ.
ބައްސާމް ވިދާޅުވީ ކަންބޮޑުވުންތަކާއި ގުޅިގެން އަންނަ މަހު މެދު ތެރޭގައިި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބާއްވަން ނިންމާފައިވާ ކަމަށެވެ.
ﷲ ދުއާ އިޖާބަ ކުރައްވަނީ މީހުން ކުރާ މަސަކަތާ އެކު. މުޅި އެފް އޭ އެމް ފުޑާލާ ކުޅިވަރު ފުނޑާލާފަ ދުއާ ކޮށްގެން މޮޅުވަންޏާ ކޯޗެއް ވެސް ބޭނުމެއް ނުވާނެ. ވޭތުވެ ދިޔަ 5 އަހަރަކީ ފުޓްބޯޅަ ކުޅުން ތެރިން ކުރި އަރުވަން މަސައްކަތެއް ކުރި އަހަރު ތަކެއް ނޫން. ދެން އެމީހުންގެ ކިބައިން ކޮން އުންމީދެއް ކުރާކަށް. ހުރިހާ ފައިސާ އެއް ދިރުވާލައިގެން އެމީހުންނަށް މުސާރަ ކޮޅު ނުދީ މޮޅަށް ކުޅޭށޭ ގައުމަށްޓަކައި ރީތި ނަން ހޯދަން ބުނަން ލަދެއް ހަޔާތެއް ކޮބާ. ތިމާމެން ފައިސާ ތައް ކައިގެން ކިތަންމެ މުއްސަދި ދިރި އުޅުމެއް އުޅުނަސް ފުޓް ބޯޅަ ކުޅުން ތެރިންނަކީ މާ ބޮޑު އާމްދަނީ އެއް ލިބޭ ބައެއް ނޫން. ދެން ކޮން ވާހަކަ އެއް.
2008 ގެ ފަހުން ހުސް ދުއާ ކުރަނު. ކަލޭމެން ކުރާ މަސައްކަތެއް ނުފެނޭ. ކުޅުންތެރިންނަށް ފަިދާހުރި ކުޅުމެއް ކުޅެނުލެވޭ. ފަިސާއެއް ނުދެވޭ. ކޮރަޕްށަން ހުސް
ޙުމް ދުޢާ ނުކުރެވިގެން މި އުޅެނީ ތިކަމާ .
ފޮރެންޑްލީ މެޗެއް ކުޅެލަން ނުދީ، ކަލޭ ހީކުރީ މީޖާދޫ ހަދާ މީހުން ކަމަށްތަ. ހަމަޖެހިލައިގެން ކައިރީ އޮންނަ މީހަޔަށް ޕާސް ޖަހާ ނުލެވޭ.
ދުޢާ ކުރަންވީ އަހަރެމެން. ހޭވައްޓާލާފަ ކުޅެންވީ ކުޅުންތެރިން. ހުރިހާ ފައިސާއެއް ކަލޭގެ އަދި މިނިސްޓަރުގެ ޖީބަށް ؟ ވ ސަޅި. ތިޔަވީ ވާންވީގޮތް. ހަމްދަރުދީ ވާހާލުގައި އަލްހަމްދުލިއްލާހި.
ދުޢާ ކުރަން ބުނާއިރު ' ކުޅޭ ކުޅިވަރަކީ ހަމައެކަނި ދުޢާ ކުރުމަކުން މޮޅެއް ލިބޭނެ ކަމެއް ނޫން ! މޮޅަށް ކުޅުމާއި އެކު ދުޢާކުރާނަމަ ކާމިޔާބު ވާނެ ! އެހެން ނޫނީ ބޯޅަ މެދުގައި ބާއްވާފަ ދުޢާކުރީމަވެސް މޮޅުވާނެ ! ކަލޭމެން ހުރިހާ ލާރިގަޑުކައިލައިގެން ޓީމަށް އެއްވެސް ކަމެއް ކޮށްނުދީ ތަންތަނަށް ކުޅެން ފޮނުވިއަސް މޮޅެއް ނުވާނެ !