ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) ގެ ކޯޗިންގ ޕާޓްނަރެއް ކަމަށްވާ ސާއިދު ސްޕޯޓްސްއާއެކު ކުޑަކުދިންނަށް ޚާއްސަ ރަނިންގ ކްލިނިކެއް ބޭއްވުމަށް ދިރާގުން ނިންމައިފިއެވެ.

ޑީއެމްއާރްއާރްގެ 13 އަހަރުން ދަށް އަދި 13 އަހަރުން މަތީގެ ސްކޫލް 5K ކެޓެގަރީގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވާ މި ރަނިންގ ކްލިނިކް ކުރިއަށް ދާނީ މިއަންނަ އާދީއްތަ ދުވަހުގެ ހަވީރު 4:30 އިން 5:45 އަށް މާލޭ ރަނިން ޓްރެކްގައެވެ.

މި ރަނިންގ ކްލިނިކްގައި ބައިވެރިވުމަށް ޝައުގުވެރިވާ ދަރިވަރުންނަށް http://bit.ly/3QjGxuB މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ.

މި ރަނިންގ ކްލިނިކުން ދަރިވަރުންނަށް ސާއިދު ސްޕޯޓްސް އާއި ދިރާގު ބްރޭންޑްއެމްބެސެޑަރ އަދި ރާއްޖޭގެ އެންމެ ހަލުވި ދުވުންތެރިޔާ ކަމަށްވާ ހަސަން ސާއިދުގެ ފަރާތުންކޯޗިންގ އިރުޝާދު ލިބޭނެއެވެ. މީގެ އިތުރުން، ޑީއެމްއާރްއާރް 2023 ގެ މެޑިކަލް ޕާޓްނަރ،ޓްރީ ޓޮޕް ހޮސްޕިޓަލްގެ ޚާއްސަ ސެގްމަންޓެއްވެސް ކުރިއަށްދާނެއެވެ. އެގޮތުން އެ ހޮސްޕިޓަލްގެ ޑރ. އިބްރާހިމް އިޔާޒު ދުވުމާއި ސިއްހަތާ ގުޅޭ ގޮތުން ތަފާތު ޓިޕްސްބައިވެރިންނަށް ކިޔައިދޭނެއެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުންކަމަށްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ 27 އޮކްޓޫބަރު ވާ ހުކުރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާރކްގައެވެ. 4،000 އަށް ވުރެ ގިނަ ބައިވެރިންނާއެކު މި އަހަރުގެ ރޯޑް ރޭހުގައި ފުރަތަމަ ފަހަރަށް ހާފް މެރަތަންއަށް ދުވުމުގެ ފުރުސަތުވެސް ދުވުންތެރިންނަށް ލިބިގެންދާނެއެވެ. މީގެ އިތުރުން އެހެން އަހަރުތަކެކޭ އެއްފަދައިން5K އަދި 10K ދުވުންވެސް އޮންނާނެއެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ދިވެހިރާއްޖޭގައި ބާއްވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަޤްވާމީދުވުމެވެ. އަދި މިއީ ވަރލްޑް އެތުލެޓިކްސް ސަރޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފްއިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވަރލްޑް ރަނިންގކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދުވުމެކެވެ

ކިޔުންތެރިންގެ ހިޔާލު