ޤަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕް 2022 ގައި މިއަދު ކުރިއަށް ދިޔަ މެޗު ޖަޕާނުން ޖަރުމަނު އަތްދަށު ކޮށްފިއެވެ.

ޖަޕާނުން މި މެޗުގައި ޖަރުމަން ބަލި ކޮށްފައިވަނީ 1-0ގެ ނަތީޖާއަކުން ޖަރުމަން ކުރީގައި އޮއްވާ ދެވަނަ ހާފްގައި ދެލަނޑު ޖަހައި މެޗުގެ ލީޑު ނަގައިގެންނެވެ.

ގަތަރުގެ ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ޖަރުމަނުން ފަށާފައިވަނީ ވަރުގަދަ ކޮށެވެ. އެގޮތުން ފުރަތަމަ 6 މިނެޓުގައި ޖަރުމުން ވަނީ ޖަޕާނު ފަޅީގައި ބޯޅަ ބާއްވައިގެން މެޗު ކުޅެފައެވެ. ޖަރުމަނުގެ ކުޅުންތެރިން ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް، ރަނގަޅު ހަމަލާތަކެއް އަމާޒު ނުކުރެވުމުގެ ނަތީޖާއަކީ 7 ވަނަ މިނެޓުގައި ޖަޕާނުގެ ޑައިޗީ ކަމަޑާ ފަޅިން ހުރަސްކޮށް ދިން ބޯޅައެއް ޑައިޒެން މައެޑާ ވަނީ ގޯލަށް ވައްދުމެވެ. ނަމަވެސް ލައިންސްމަން ވަނީ އެއީ އޮފްސައިޑް ގޯލެއް ކަމަށް ނިންމާފައެވެ.

ޖަޕާނުގެ ކުޅުންތެރިން ޖަރުމަނުގެ ކުޅުންތެރިއަކު ހުއްޓުވަނީ-- ފޮޓޯ: ސްކައި ސްޕޯޓްސް

އެ ފުރުސަތަކީ ޖަޕާނަށް މެޗުގެ ލީޑު ނަގަން ލިބުނު ރަނގަޅު ފުރުސަތެކެވެ. ނަމަވެސް އޮފްސައިޑް ގޯލެއް ކަމުން ޖަޕާނަށް ވަނީ މެޗުގެ ލީޑު ނެގުމަށް އިތުރަށް މަސައްކަތް ކުރަން ޖެހިފައެވެ.

މެޗުގެ 16 ވަނަ މިނެޓުގައި ޖަރުމަނުން ނެގި ކޯނަރަކުން އެޓީމުގެ އެންޓޯނިއޯ ރުޑިގާ ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ކަނާތް ފަޅިން ބޭރަށެވެ. މިހަމަލާގެ އިތުރުން ޖަރުމަނުގެ ޖޯޝުއާ ކިމިޗް ގޯލާއި ދިމާލަށް ފޮނުވާލި ހަމަލާއެއް ވެސް ޖަޕާނުގެ ކީޕަރު ޝުއިޗީ ގޮންޑާ ވަނީ ހުއްޓުވާފައެވެ.

ޖަޕާން އަދި ޖަރުމަނު ބައްދަލު ކުރި މެޗުގެ ތެރެއިން-- ފޮޓ: ސްކައި ސްޕޯޓްސް

މެޗުގެ 28 ވަނަ މިނެޓުގައި ޖަރުމަނުން ވަނީ އިތުރު ނުރައްކާތެރި ދެ ހަމަލާ ގޯލާއި ދިމާލަށް ފޮނުވާފައެވެ. ނަމަވެސް ޖަރުމަނުގެ ކުޅުންތެރިން ފޮނުވާލި ހަމަލާތައް ޖަޕާނުގެ ކީޕަރުގެ އިތުރުން ކުޅުންތެރިއަކު ވަނީ ދިފާއު ކޮށްފައެވެ.

މެޗުގެ 30 ވަނަ މިނެޓުގައި ޖަޕާނުގެ ކީޕަރު ކުރި ފައުލަކުން ޖަރުމަނަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މި ޕެނަލްޓީ ޖަރުމަނަށް ކާމިޔާބު ކޮށްދީފައިވަނީ 32 ވަނަ މިނެޓުގައި އެޓީމުގެ ޖާޒީ ނަންބަރު 21 އިކޭއި ގުންޑޮގަން އެވެ. މިމެޗުގެ ފުރަތަމަ 45 މިނެޓު ހަމަވެ، ދެއްކި ހަތަރު މިނެޓު ތެރޭގައި ވެސް ޖަރުމަނުގެ ކައި ހަވާޓްސް ވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ. ނަމަވެސް ރެފްރީ ވަނީ އެއީ އޮފްސައިޑް ގޯލެއް ކަމަށް ނިންމާފައެވެ.

ޖަޕާނުގެ ކީޕަރު ކުރި ފައުލަކާއި ގުޅިގެން ޖަރުމަނުގެ ކުޅުންތެރިއަކު ވެއްޓިފައި-- ފޮޓޯ: ސްކައި ސްޕޯޓްސް

މި މެޗުގެ ފުރަތަމަ ހާފް ނިމުނުއިރު، ޖަރުމަނުން 14 ހަމަލާ އުފައްދާފައިވާއިރު، އޭގެ ތެރެއިން ގޯލާއި ސީދާ ވެފައިވަނީ ފަސް ހަމަލާއެވެ. އަދި ޖަޕާނަށް އުފެއްދިފައިވަނީ އެންމެ ހަމަލާއެކެވެ.

ފުރަތަމަ ހާފެކޭ އެއްގޮތަށް ޖަރުމަނުން ދެވަނަ ހާފް ފަށާފައިވަނީ ވަރުގަދަކޮށްކަން ފާހަގަ ކޮށްލެވެއެވެ. އޭގެ ނަތީޖާއަކީ އެޓީމުން ނުރައްކާތެރި ހަމަލާތަކެއް އުފެއްދުމެވެ. އެގޮތުން މެޗުގެ 60 ވަނަ މިނެޓުގައި ޖަރުމަނުގެ ގުންޑޮގަން ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާފައެވެ. ނަމަވެސް އެހަމަލާ ހުއްޓިފައިވަނީ ބޯޅަ ގޯލު އަރިމަތީ ދަނޑީގައި ޖެހިގެންނެވެ.

މިމެޗުގައި ޖަޕާނުން ހަމަލާތަކެއް އުފެއްދި ނަމަވެސް، ޖަރުމަނުން ކުޅުންތެރިން ވަނީ ފަސޭހަ ކަމާއި އެކީ އެ ހަމަލާތައް ހުއްޓުވާފައެވެ. އަދި އޭގެ ފަހަތުން ޖަރުމަނުން އުފެއްދި ހަމަލާއެއް ވެސް ޖަޕާނުން ވަނީ ހުއްޓުވާފައެވެ.

ޖަރުމަނުން ވަރުގަދަ ކުޅުމެއް ކުޅެމުން އައި ނަމަވެސް، މެޗުގެ 74 ވަނަ މިނެޓުގައި ޖަޕާނުގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ރިޓްސޫ ޑޯން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ޖަޕާނާއި ޖަރުމަން ބައްދަލު ކުރި މެޗް-- ފޮޓޯ: ސްކައި ސްޕޯޓްސް

ޖަޕާނުން ވަނީ މެޗުގެ 83 ވަނަ މިނެޓުގައި އިތުރު ގޯލެއް ޖަހައި މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ޓަކުމާ އަސާނޯއެވެ.

ޖަޕާން އަތުން ޖަރުމަން ބަލިވިއިރު، ޖަރުމަނަކީ ފީފާ ރޭންކިންގެ 11 ވަނަ އެވެ. އަދި ޖަޕާނަކީ ފީފާ ރޭންކިންގެ 24 ވަނައިގައި އޮތް ޓީމެކެވެ. މީގެ އިތުރުން ޖަރުމަނަކީ ވޯލްޑް ކަޕް ހަތަރު ފަހަރެއްގެ މަތިން ވެސް ކާމިޔާބު ކޮށްފައިވާ ޓީމެއްކަން ފާހަގަ ކޮށްލެވެއެވެ.

މިމުބާރާތުގައި ދެން ޖަޕާނުން ބައްދަލުކުރާނީ މިމަހުގެ 27 ވަނަ ދުވަހު ކޮސްޓަރިކާ އާއެވެ. އަދި އަންނަ މަހުގެ ދެވަނަ ވަނަ ދުވަހު ބައްދަލު ކުރާނީ ސްޕެއިންއާ ދެކޮޅަށެވެ.

މުބާރާތުގައި ދެން ޖަރުމަނުން ބައްދަލުކުރާނީ މިމަހުގެ 28 ވަނަ ދުވަހު ސްޕެއިން އާއެވެ. އަދި އަންނަ މަހުގެ ދެވަނަ ވަނަ ދުވަހު ނުކުންނާނީ ކޮސްޓަރިކާއާ ދެކޮޅަށެވެ.

މުބާރާތުގެ މިރޭ ދެން ކުރިއަށް ދާނީ ސްޕެއިން އާއި ކޮސްޓަރިކާ ބައްދަލު ކުރާ މެޗާއި، ބެލްޖިއަމް އާއި ކެނެޑާ ބައްދަލު ކުރާ މެޗެވެ. ސްޕެއިން އާއި ކޮސްޓަރިކާ ބައްދަލު ކުރާ މެޗު މިރޭ 21:00 ގައި ފަށާއިރު، ބެލްޖިއަމްއާއި ކެނެޑާ ބައްދަލު ކުރާ މެޗް ފެށުމަށް ހަމަޖެހިފައިވަނީ ދަންވަރު 00:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޏނނ

    ސާބާހޭ ޖަޕާން...........

    104
    5
  2. ގޮންޑޮގާން

    އެފްކޭ ޖަރުމަން ބަލިބެއިނީ

    88
    6
  3. ޑެނީ

    ދެން މެޗަކަށް އެއްފައި އަނގައިގައި ޖަހާ ޖަރުމަނު އައް ރީތި ފިލާވަޅެއް ލިބިއްޖެ ކަމަށް އުންމީދު މިކުރަނީ

    112
    7
  4. ާއަބްދުﷲ

    މި އެއްޗެހިތަށް ކުޅޭކުޅި މިއޮށް ފަޅާއަރަނީ!

    29
    1
  5. ޢޙ

    އަލްޙަމްދު ލިއްލާހި

    25
    1
  6. އާދަމް

    އަދިވެސް ފުޓުބޯޅައަށް ކަލޭމެން ތިޔަބުނާ އިންސާނީ ޙައްަޤުތައް ކަމަށްވާ ވަންލަވް އާއި ސިޔާސަތު ވައްދާ. ހުރިހާ ވެސް އެއްޗަކީ މާއްދިއްޔަތު ކަމަށް ދެކޭ ބަޔަކީ ފީފާގެވެސް އެހެން ޤައުމެއްގެ ވެސް ޤަވާއިދުތަކަށް އިހްތިރާމްކުރާނޭ ބައެއް ނޫން. ޖަރުމަނު މި ވޯލްޑްކަޕުން ކަޓާށިއެވެ.

    18
    1
  7. ދަރަނި ދަންތުރަ

    އަލްހަމްދު ލިއްލާހި ، އެލް ޖީ ބީ ޓީ މަހަށްދޭ ތިއޮތީ މޯކުޅި ގުރޫޕަށް ހައްގު ލިބިފައި

    31
    3
  8. ރެސިޕީ

    ދެންރަށަށްގޮސް ފިރިހެނަކާކައިވެނިކުރެވޭތޯބަލާ !!!

    23
    1
  9. ބުރުގާ

    އަޅެ ހާދަ އެއްޖިންސުން ގުޅުން ހިންގުން އާންމު ވެއްޖެޔޭދޯ. ރާއްޖޭގަވެސް ކިރިޔަކިރިޔާ ތިކަން ހުއްދަނުވެ އޮތީ. މިހާރުވެސް މާލޭގެ ވަކި އާއިލާއަކައް ތިކުޅިވަރު ހުއްދަ. ދިވެހިންގެ ތެރެއިންވެސް ގިނަބަޔަކު ތިކުޅިވަރު ވަގައް ކުޅޭ.

    22
    2
  10. އަލްޖިބްރާ

    ފުޓްބޯޅަކުޅޭ ދަޑަށް އަރަނީ ބޯޅަކުޅެންތަ ؟ އެއްޖިންސުން ގުޅުންހިންގަންތަ ؟

    19
    3
  11. ހުސޭނުބޭ

    ފުޓްބޯޅައެއްނޫން ..... އެހެން އެއްޗެއް ކުޅެން އުޅުނު ބައެއް. ދެން ތިކަމުގައިވެސް ފީފާ ގޮވައިގެން މައްސަލަޖައްސާ

    16
    2
  12. މީ

    އަލްހަމްދު ލިﷲ

    22
    2
  13. Anonymous

    ސާބަހޭ ޖަޕާން !

    19
    1
  14. އަހުމަދު

    ސޮޑު ޖަރުމަނު ހެ ހެ ހޭ އަވަހަށް ކަޓާނަމަ.....

    17
    2
  15. ޙަސަނާ

    ﷲގެ ރަހުމަތުން މިފަހަރުގެ މުބާރާތުން އެއްޖިންސުން ގުޅުން ހިންގުމައް ގަދަފައި ވިއްދައިގެން އުޅޭ ހުރިހާ ޓީމެއް ބަލިކުރައްވާށި އާމީން..

    33
    3