މި އަހަރުގެ ރަމަޟާން މަސް މިއަދު ފެށުނު އިރު މާލޭގެ ލޯކަލް މާރުކޭޓުގައި ތަފާތު އެކި ބާވަތްތަކުގެ ތަރުކާރީ އާއި މޭވާ އިން ވަނީ ފުރާލައިފައެވެ.

ލޯކަލް މާރުކޭޓުގައި ވިއްކަން ހުރި މިރުސްތަކެށް-- ވަގުތު އިމޭޖަސް: ނަހްޒާން އަހުމަދު

މާރުކޭޓުގައި މިހާރު އެންމެ ބޮޑަށް އަގު އުފުލިފައިވަނީ މިރުހުގެ އަގެވެ. ބައެއް ގޮޅިތަކުގައި ތިބި މީހުންނާ ވާހަކަ ދައްކާލުމުން އެނގުނު ގޮތުގައިް 100 ގްރާމްގެ މިރުސް ހުރީ 75-80ރ. އަށެވެ. އަދި މިރުސް ކިލޯއެއްގެ އަގު އުޅެނީ 700ރ. އާއި 780ރ. އާ ދެމެދުގެ އަގުތަކެއްގައެވެ.

ލޯކަލް މާރުކޭޓުގައި މިއަދު ކަރާ ކިލޯއެއް ލިބެން ހުރީ 15ރ. އާއި 20ރ. އާ ދެމެދުގެ އަގެއްގައެވެ. ރޯދަ މަސް ފެށުމުގެ ކުރިން ވެސް ކަރާގެ އަގު ހުރީ މި އަގުގައެވެ.

މީގެ އިތުރުން ފަނި ގިރުމަށް ބޭނުންކުރާ މޭވާގެ ބާވަތްތަކުގެ އަގު ތަކަށް ބަލާއިރި ފޭރު ކިލޯއެއް އުޅެނީ 70ރ. އާއި 90ރ. އާ ދެމެދުގައެވެ. ކުރުނބާގެ އަގުތަކަށް ބަލާއިރު، އޭގެ އަގު އުޅެނީ 35ރ. އާއި 40ރ. އާ ދެމެދުގައެވެ. މާރުކޭޓުގައި އަނބު ތިޔާގި ނަމަވެސް ދިވެހި އަނބު ކިލޯއެއް އުޅެނީ 120ރ. އަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ށުވޭސ

    އަވަހަށް އެސް، ޓީ އޯ އަށް އަންގާ ކަނޑޫދޫ އާ އެންމެ ކައިރީގައި އޮތީ ކޮން އެއަރޕޯރޓެއްތޯ ބަލާ އަވަސްކުރޭ ސްޕީޑް ފޯޜ މުއިއްޒު

    9
    2
    • އިބްރާހިމް

      އެމްޑީޕީ މީހުްންނަށް އެގޭނީ މަލާމާތް ކުރަން. ﷲ އިރާދަފުޅާއެކު 1446 ވަނަ އަހަރު ރަމްޟާންމަސް އަންނައިރު މިރުހުގެ އަގު ހުންނާނީ 500 ރުފިޔާއިން ތިރީގައި

      6
      2
  2. ކޮރަލް

    މިރުސް ހައްދަނީ ، ބޯޓަށް އަރުވަނީ ، މާލެއިން ބާލަނީ އަދި ވިއްކަނީ ވެސް ބަންގްލަދޭޝް މީހުންނަށެވެ. މާލެ އިން ވިއްކަނީވެސް ބަނގްލަދޭޝް މީހުންނެވެ. ދެން އެމީހުން ވިއްކާ އަގަކަށް ގަންނަން ވީ އެވެ. ނޫނީ ސަރުކާރުން ގަވާއިދާ ހިލާފައް ވިޔަފާޜި ކުރާ މީޙުން ޑިޕޯޓް ކުރަން ވީ އެވެ.

    16
    2
  3. އިބްރާހިމް

    އެމްޑީޕީ މީހުްންނަށް އެގޭނީ މަލާމާތް ކުރަން. ﷲ އިރާދަފުޅާއެކު 1446 ވަނަ އަހަރު ރަމްޟާންމަސް އަންނައިރު މިރުހުގެ އަގު ހުންނާނީ 500 ރުފިޔާއިން ތިރީގައި

  4. Anonymous

    އަހަަރެމެން މިރުސް ނާޅާ ހަދާއެއްޗެއް ހަދާނީ ، ކަލޯމެން ތިބޭ 1000 ކިލޯވިއްކަން މިރުސްތައް ކުނިވަންދެން.

    11
    1
  5. ޒާ

    ދިވެހިންގެ ބައެއް މީހުންނަކީ ކޮންމެ އަގަކަށް ހުއްޓަސް އެ ނުކައި ފުއްދޭ ބައެއްނޫން. އެެހެންވެ ވިއްކާ އަގަކަށް ވިއްކާނެ. މިހެން އަގު އެރުވީމާ، އެ ބާވަތެއް ނުގަނެ އެއާއި އެއްފަދަ އެހެން އެއްޗަކުން ފުއްދާނަމަ ދިމާމެންގެ ދިރިއުޅުމުގައި ފުދިގެން އުޅޭ ބަޔަކަށް ވެވޭނެ.

  6. ޖީލް

    އެއަށް ވުރެ މާ ކުޅިކޮށް ހުރީ!