ރެސިޑެންޝަލް ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އިތުރު އަގަކާ ނުލައި އިންޓަނެޓް ޕެކޭޖް އަޕްގްރޭޑް ކުރެވޭ ޚާއްސަ ޕްރޮމޯޝަނެއް ދިރާގުން ފަށައިފިއެވެ.

ދިރާގުން މައުލޫމާތުދިންގޮތުގައި މި ޕްރޮމޯޝަންގެ ދަށުން ފައިބަރ 5އެމް ސްޓާޓަރއިން ފެށިގެން ފައިބަރ 30 އެމްބޭސިކް ޕެކޭޖްތަކުގައި ތިބި ރެސިޑެންޝަލް ކަސްޓަމަރުންނަށް މިހާރު ބޭނުން ކުރާ ޕެކޭޖާ އެއް އަގެއްގައި އިންޓަނެޓް އަޕްގްރޭޑް ކުރެވޭނެ ކަމަށެެވެ.

މި އޮފާއާއެކު ކަސްޓަމަރުންނަށް ދެ މަސް ދުވަހުގެ މުއްދަތަށް ހަލުވި ސްޕީޑާއި އިތުރު ޑޭޓާ އެލަވަންސް ލިބޭނެއެވެ. އަދި އެއަށްފަހު އަޕްގްރޭޑް ކުރި ޕެކޭޖްގައި މަޑުކުރުން ނުވަތަ ކުރީގެ ޕެކޭޖަށް ޑައުންގްރޭޑް ކުރުމަށް ކަސްޓަމަރުންނަށް ހިޔާރު ކުރެވޭނެއެވެ.

ދިރާގުގެ މެނޭޖަރ މާކެޓިންގ ކޮމިއުނިކޭޝަންސް، ހަސަން ޝާރިހު އާދަމް ވިދާޅުވީ، މިއަހަރުގެ ރަމަޟާން މަހުގެ ޕްރޮމޯޝަންތަކުގެ ތެރެއިން ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މި އައު އޮފަރ ތައާރަފްކުރުމަކީ ލިބޭ ވަރަށް ބޮޑުއުފަލެއް ކަަމަށެވެ.

"މި ޕްރޮމޯޝަންގެ ސަބަބުން އިތުރު ޚަރަދަކާނުލާ އިތުރު ޑޭޓާ އެލަވަންސްތަކާ އެކު ހަލުވި އިންޓަނެޓް ސްޕީޑް ތަޖުރިބާކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށްލިބިގެންދާނެއެވެ. އަޅުގަނޑުމެންގެ އުންމީދަކީ މި އޮފަރގެ ސަބަބުން ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް މުއްސަނދިވެގެން ދާނެ ކަމަށް،"

މިއަހަރު ދިރާގުން ވަނީ ދިރާގު އެޕް މެދުވެރިކޮށް ރަމަޟާން މަހަށް ޚާއްސަ ފަސް އޮފަރއެއް ތަޢާރަފްކޮށްފައެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު