ރޯދަ ވީއްލުމަށް ކާނިވާ ސަރަހައްދުގައި ހުންނަ ޖާގަ ތަނަވަސް "ދަ ޑެކް" ވަރަށް ސަޅިއެވެ. ހާއްސަކޮށް ގްރޫޕް ރޯދަ ވީއްލުމަކަށް ދާނަމަ އެތަނަނަށް ނުދާންވީ ސަބަބެއްވެސް ނެތެވެ. މީރު ރަހަތަކާއެކު ރޯދަމަހަށް ޚާއްޞަ ބުފޭއާއެކު ރޯދަވީއްލުމަށް ހިތްފަސޭހަ މާހައުލަކަށް އެތަން ވަނީ ވެފައެވެ.

މިތަނަކީ ގްރޫޕް ރޯދަވީއްލުންތަކަށް ވަރަށް ހާއްސަ ތަނެކެވެ. އެއީ ބޭނުންވާ ފަންގިފިލާއެއް ވަކިން ނުވަތަ ވަކި ވަކިން ހުންނަ ބައެއް ވަކިން ޕްރައިވެޓްކޮށް ބުކްކޮށްގެން އޮފީސްތަކާއި، ރައްޓެހިންނާއެކު ނޫނީ އާއިލާއެކުވެސް މިތަނުން ރޯދަ ވީއްލޭނެއެވެ.

ދަ ޑެކް ރެސްޓޯރެންޓް

މި ރެސްޓޯރެންޓް "އިފްތާރް ބުފޭ" ވަރަށް ހާއްސައެވެ. އެއީ ދިވެހިންނަށް އެންމެ ކަމުދާ ގޮތަށް ތައްޔާރުކޮށްފައިވާ މެނޫއެވެ. އޭގައި މަހާއި، ކުކުޅުގެ އެކިބާވަތްތަކާއި ތަފާތު ގިނަ ކެއުންތަކުގެ އިތުރުން ކަދުރާއި ފަނި ހިމެނެއެވެ.

މި ރޯދަމަހު ދަ ޑެކްގެ އިފްތާރް ބުފޭގެ އަގަކީ މީހަކަށް ++160 ރުފިޔާއެވެ.

ދަ ޑެކް ރެސްޓޯރެންޓް

ދަޑެކް ރޯދަވީއްލުމުގެ އިތުރުން ހާރުދަމަށް ޚާއްޞަ ކުރެވިފައިވާ ހާރުދަން ބުފޭ މިހާރު ވަނީ ވަރަށް ބޮޑު މަޤުބޫލުކަމެއް ލިބިގެން ގޮސްފައެވެ. އެކަށީގެންވާ ކުޑަ އަގެއްގައި ދިވެހިންގެ ހާރުދަމަށް އެންމެ ކަމުދާނެ ގޮތަށް ތައްޔާރުކޮށްފައިވާ ހާރުދަން ބުފޭގައި ބަތްޕެނާއި، ރިހާރުކުރުދިޔަ ފަދަ ބާވަތްތައްވެސް ހިމެނެއެވެ. ހާރު ބުފޭގެ އަގަކީ ބޮލަކަށް އެންމެ -/99 ރުފިޔާއެވެ.

މީގެ އިތުރުން މިފަހަރު ރޯދަމަހަށް ޚާއްޞަކޮށް ޑެލިވަރީ ޕެކޭޖެއްވެސް ވަނީ ތައާރަފް ކުރެވިފައެވެ. ޑެލިވަރީ ޕެކޭޖްގެ އަގަކީވެސް ހަމަ އެންމެ -/99 ރުފިޔާއެވެ.

ދަ ޑެކް ރެސްޓޯރެންޓުން ބުކިންގ ހެދުމަށް ގުޅުއްވާނީ9745665 / 7510751 އަށެވެ.

މި ރެސްޓޯރެންޓަކީ މިފަހަރު ރޯދަ މަހު އަޖުމަ ބަލާލަން އެންމެ ރަނގަޅު އެއް ރެސްޓޯރެންޓަށް ވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު