މި ރޯދަމަސް ފެށުނުއިރު، އެންމެ އަގު ބޮޑުކޮށް މާރުކޭޓުން ލިބެން ހުރީ މިރުހެވެ. ނަމަވެސް މިހާރު މިވަނީ މިރުހުގެ އަގު ދަށައް ގޮސްފައިއެވެ.

ރޯދަމަހާއެކު ލޯކަލް މާރުކޭޓަށް ތިޔާގިކަމާއި ހަލަބޮލިކަން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެގޮތުން ރޯދަމަސް ފެށުނުއިރު މިރުހުގެ އަގު ހުރީ ކިލޯއެއް 700 - 780 ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ. އަދި ރޯދަމަހުގެ ދެވަނަ ދުވަހު މިރުހުގެ އަގު ވަނީ 900 ރުފިޔާއަށް ކިލޯއެއް މައްޗައް ގޮސްފައެވެ. އެއަށްފަހު އަގު ދަށަށް ގޮސް މިރުހުގެ އަގު ހުރީ ކިލޯއެއް 600 - 650 ރުފިޔާއާއި ދެމެދުގައިއެވެ.

އަނެއްކާވެސް މިރުހުގެ އަގުތައް މާރުކޭޓުގައި މިވަނީ ދަށަށް ގޮސްފައިއެވެ. އެގޮތުން މިއަދު މާރުކޭޓުގައި މަޝްހޫރު ކަނޑޫދޫ މިރުސް 100 ގްރާމް ލިބެންހުރީ 25 - 30 ރުފިޔާއާއި ދެމެދުގައިއެވެ. މިރުސް ކިލޯއެއް ލިބެންހުރީ 250 - 280 ރުފިޔާ އާއި ދެމެދުގައިއެވެ. މިއީ މި ރޯދަމަހު ކަނޑޫދޫ މިރުހުގެ އަގު މިހާ ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

ރޯދަ މަސް ނިމެންދެން މިރުހުގެ އަގު އެއްވަރެއްގައި ހިފެހެއްޓި ދާނެކަމާއި، މިއީ ކޮންމެ އަހަރަކުވެސް މިރުހުގެ އަގުތަކަށް އަންނަ ބަދަލެއް ކަމަށް މާރުކޭޓުގައި ވިޔަފާރިކުރާ ފަރާތަކުން "ވަގުތު" އަށް މައުލޫމާތު ހިއްސާކުރިއެވެ.

"މިއީ ކޮންމެ ރޯދަމަހެއްގައި ވެސް މިކަން ވާގޮތް. މިރުސް މިހުރީ މިހާރު ސޭލުގަ. ފެށޭ އިރު އަގު ބޮޑުކޮށް ވިއްކޭނެ އެކަމަކު ރޯދަމަސް ނިމެންދާވަރަކަށް މިރުހުގެ އަގު ދާނީ ދަށަށް. މިރުސް ލިބުމުގަ ނެތް ދަތިކަމެއް. އެކަމަކު މަސްވެރިކަން ކުރާ ދޯނިތަކުން މިރުސް ގައްނާނެ ކިލޯއިން ބައިވަރު. ދެން އެމީހުން އެއެއްޗިސް އާންމުކޮށް ގެންގޮސް ވިއްކާނީ އުތުރުގެ ރަށްތަކަށް." މާރުކޭޓު ގޮޅިއެއްގައި ވިޔަފާރި ކުރާ މީހަކު ކިޔާދިނެވެ.

އެހެން އަހަރުތަކުގެ ރޯދަމަހު މިރުހުގެ އަގު މައްޗައް ދިޔަކަމުގައި ވީނަމަވެސް މިރޯދަމަހު މިރުސް އަދި ކަރާގެ އަގު މިވަނީ ދަށައްގޮސްފައިއެވެ. އަދި މިހާރު މާރުކޭޓުގައި ވިއްކާ ތަކެތީގެ އަގުތައްވެސް މިވަނީ ދަށްވެފައިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކޮރަލް

    މާރުކޭޓް ގޮޅި ތަކުގަ 90 ޕަސެންޓް ކޭޝިއަރުންނަށް ބިދޭސީންނެވެ. ޗެކް ކުރާ ބަޔަކު ނެތެވެ.

    • އަސަ

      އެހެރީ ވަތަނީ ރައީސް ނޫންތޯ، %100 ދިވެހިންނަށް ހަދާނެ ނޫންތޯ، މިހާރު ގޭންްގު ވެސް ހުއްޓި އެންމެން އެ ތިބެނީ މިސްކިތުގަ، ވަރަށް ވެސް ސަޅި،

  2. Anonymous

    އަދިވެސް އަހަރެން ގަންނަން ދިޔައީމަ މިރުހަކައް އަރާ 5 ރުފިޔާ.

  3. ޙެހެހ

    ނޫނޭ 700 ރ އަށް ވިއްކާ ، އޭރުން ކަލޭމެން އަވަހަށް މުއްސަނދިވާނެ ، ރޯދަމަހު ޖެހޭނެ ރައްޔިތުން ހަނާއަރުވާލަން ، އަޅެ ރަމްޟާން މަހު ގަސްގަހުގައި އަޅާތަކެތި މޮޅީތަ ، ނޫނީ އޮށްގިނައީތަ ، ނޫނީ އިތުރު މޮޅުކަމެއް ހުންނަނީތަ ރަނަށް ހަދާލަނީމި

  4. އާމިރު މޫސާ

    ކަޑޫދޫ މިރުސް ޑިމާންޑް ބޮޑުވީމަ ކޮންމެ މީހަކު މިރުސް ވިއްކިޔަސް ކަނޑޫދޫ މިރުސަް، މިރުސް ވިއްކާމީހުން ކަނޑުދޫ މިރުހޭކިޔާފައި އެހެން ރައްރަށުގެ މިރުހާ، ބޭރުންގެންނަ މިރުސް މިކްސް ކޮށްފައި ވިއްކަނީ، މީހަމަ ވަރަށް ޔަގީންކަމާއި އެކު ބުނާ ވާހަކައެްއް، ކަނޑޫދޫ މިރުސް އެއްތާކުން ގަންނަން ލިބެން ހުރުން މުހިންމު...

  5. ބަކުރު

    ކަނޑޫދޫ މިރުހާ ނުލާ ރޯދަ ހިފަން 1445 ވަނަ އަހަރު އަހަރުމެން ވަނީ ފަރިތަ ވެފައި ބެހިޔަސް ބޭނުމެއް ނުކުރާނަން