މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން 246 ކޮންޓެއިނަރުގެ މުދާ މިއަދު ބާލައިފިއެވެ.

އެމްޕީއެލްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އޭގެ ތެރޭގައި 20 ފޫޓުގެ 86 ކޮންޓެއިނަރާއި، 40 ފޫޓުގެ 80 ކޮންޓެއިނަރު ހިމެނެއެވެ.

އެމްޕީއެލް އިން ބޭލި މުދަލުގެ ތެރޭގައި ހިމެނެނީ:

  • 110 ބަސްތާ ކެބެޖު
  • 48 ބޮކްސް ބީޓް ރޫޓް
    605 އަރި ދޮންކެޔޮ
  • 140 ބަސްތާ އަލުވި
  • 1499 ކަރާ ބަސްތާ
  • 100 ބަސްތާ ބަރަބޯ
  • 549 ކާޓަނުގެ ބިސް
  • 36 ބޮކްސް ބަށި
  • 8 ކްރޭޓުގެ ކިއުކަމްބާ
  • 95 ކްރޭޓުގެ އަނބު
  • 90 ކްރޭޓުގެ އަލާނާސި
  • 58 ކްރޭޓުގެ ސްވީޓް މެލަން
  • 54 ކްރޭޓުގެ ޓޮމާޓޯ
    12 ބަސްތާ ލުނބޯ
  • 10 ކްރޭޓު ފެހި މިރުސް

މިއަދު އެމްޕީއެލް އިން އެންމެ ގިނައިން ބޭލި މުދަލަކީ ކަރަލެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހަކީ ވެސް ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ އަދަދުތައް ބޮޑުތަނުން އިތުރުވާ މައްސަރެކެވެ. މީގެ ތެރޭގައި ގިނައީ ޕެރިޝަބަލް މޭވާ އާއި ތަރުކާރީގެ ބާވަތްތަކެވެ.

އަދި އެމްޕީއެލް އިން މަސައްކަތް ކުރަނީ މިފަދަ މުދާތައް އަވަހަށް ކްލިއާކޮށް، ބާޒާރަށް އަވަހަށް ނެރެވޭ ގޮތް ހެދުމެވެ.

މިދިޔަ ތިން އަހަރުގެ ރޯދަ މަހަށް ވުރެ މިދިޔަ އަހަރުގެ ރޯދަ މަހު އެތެރެ ކުރި ކާބޯތަކެތި އަދަދު އިތުރު ކަމަށް އެމްޕީއެލް އިން ވަނީ ކުރިން ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހުމަދު މުހައްމަދު

    މިވަރަށް ބާލާއިރު ވެސް ބޯޓް 8 ދުވަސް ވަންދެން ބަނދަރު ގަ އޮންނަން ޖެހޭތޯ ؟ އެންމެ ފަހުން ގެނައި ކޮންޓެނަރުވެސް ފޭބީ 7 ދުވަސް ފަހުން. މިވާ ގޮތެއް ބައްލަވަން ޖެހޭ ؟ މިހާ ދުވަހު ބަނދަރުގަ އޮންނަން ޖެހުމަކީ ކަންބޮޑުވާ ކަމެއް ؟ ވިޔަފާރި އަށް ބޮޑެތި ގެއްލުން ލިބޭ ވެސް ކަމެއް .