މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ރަމަޟާން ޢުމްރާ އަށް ދަތުރުކުރި ޢުމްރާވެރިން ރޭލުގައި މައްކާ އިން މަދީނާ އަށް ގެންގޮސްފިއެވެ.

ޙައްޖު ކޯޕަރޭޝަނުން ޙައްޖު އަދި ޢުމްރާގެ ޚިދުމަތް ދެމުން އަންނަތާ 10 އަހަރު ފަހުން ޢުމްރާވެރިން ރޭލުގަ މަދީނާ އަށް ގެންގޮސްފައި މިވަނީ އަދި އަލަށެވެ. މިއީ ތާރީޚީ ޚިދުމަތެކެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ރަމަޟާން ޢުމްރާ އަށް ދަތުރުކުރި ޢުމްރާވެރިން ރޭލުގައި

މައްކާ އިން މަދީނާ އަށް ޢުމްރާ ވެރިން މީގެ ކުރިން ކުރަމުން އަންނަ ދަތުރަކީ 06 ގަޑި އިރާއި 08 ގަޑި އިރާއި ދެމެދުގެ ދިގުމިނެއް ހޭދަވާ ތަކުލީފު ބޮޑު ދަތުރުތަކެކެވެ. ދަތުރުގެ ދިގުމިނުގެ ސަބަބުންނާއި ޢުމުރުން ދުވަސްވުމުގެ ސަބަބުން އަދި އެނޫންވެސް ސިއްޚީ މައްސަލަތައް ހުންނަ ފަރާތްތަކަށް ގިނަ އިރު އިށީނދެގެން އިންނަންޖެހުމުގެ ސަބަބުން އިޙްސާސް ކުރަންޖެހޭ ތަކުލީފުތައް ބޮޑެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ރަމަޟާން ޢުމްރާ އަށް ދަތުރުކުރި ޢުމްރާވެރިން ރޭލުގައި

ޢުމްރާވެރިންގެ މި ތަކްލީފުތަކަށް ޙައްލެއް ހޯދައިދީ ވީހާވެސް ލުއި ފަސޭހަ ގޮތެއްގަ އަޅުކަން އަދާ ކުރުމުގެ މަގުފަހިކޮށްދެއްވުމަށް ރައީސް ޑރ. މުޢިއްޒު ދެއްވާފައިވާ އިރުޝާދާއި ގުޅިގެން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖްމަންޓުން މިދިޔަ ޑިސެމްބަރ މަހުން ފެށިގެން ކުރަމުން އައި މަސައްކަތުގެ ނަތީޖާ އެއްގެ ގޮތުން ޢުމްރާވެރިންގެ ތަކުލީފުތަކަށް މިވަނީ ބޮޑު ލުޔެއް ހޯދިފައި ކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ. 06 ގަޑިއިރާއި 08 ގަޑި އިރުގެ ތަކްލީފް ބޮޑު ދިގު ދަތުރު މިހާރުމިވަނީ އެންމެ 02 ގަޑި އިރަށް ލުއި ކުރެވިފަ އެވެ. އަދި ފެންވަރު ރަނގަޅު ޚިދުމަތްތަކަކާއި އެކު ޢުމްރާވެރިން މިއަދު މަދީނާ އަށް ދަތުރުކޮށްފައިވަނީ ލުއިފަސޭހަ ކަމާއި އެކު ހިތްހަމެޖެހުމާއި އުފަލުގައި ކަމަށް ހައްޖު ކޯޕަރޭޝަނުން މައުލޫމާތު ދިނެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގަ މިއަހަރުގެ ރަމަޟާން ޢުމްރާ އަށް ދަތުރުކުރި 253 ޢުމްރާވެރިންވަނީ މިއަދު ރޭލުގަ މަދީނާ އަށް ދަތުރުކޮށްފައެވެ. އަދި އެފަރާތްތަކުގެ ތެރޭގައި ކުރިން މަދީނާ ދަތުރު ތަޖްރިބާ ކޮށްފައިވާ ފަރާތްތައް ވެސް ތިބުމާއި އެކު، އެފަރާތްތަކުން ރޭލު ދަތުރު ފާހަގަ ކުރަނީ ވަރަށްވެސް ލުއިފަސޭހަ ދަތުރެއްގެ ގޮތުގަ އެވެ. އަދި ރަމަޟާން މަހުގަ މިފަދަ ޚިދުމަތެއް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ފޯރުކޮށްދެއްވި ކަމަށްޓަކައި އެކަން އުފަލާއި އެކު ފާހަގަ ކޮށް ބަލައިގަންނަކަން އެފަރާތްތަކުން ފާހަގަ ކުރެއްވިއެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި ރަމަޟާން ޢުމްރާ އަށް ދަތުރުކުރި ޢުމްރާވެރިން ރޭލުގައި

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން މައުލޫމާތުދެއްވާ ގޮތުގައި އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތްތާނގައި އެކުންފުނިން ދަތުރުކުރާ ހުރިހާ ޢުމްރާވެރިން ވެސް މަދީނާ އަށް ދަތުރުކުރާނީ އަދި އެބުރި އަންނާނީ މުޅިންވެސް ރޭލުގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ްއުމްރާވެރިޔާ

    ޝުކުރިއްޔާ ޝުކުރިއްޔާ. މިކަންކަން ހެޔޮހިތުން ބަލައިގަންނަން

    11
  2. ކޮޔާ

    މިކަހަލަ ފަސޭހަތަށް ރައްޔިތުންނަށް ކޮއްދޭ ވެރިން ބޭނުމީ ފަގީރުންނަށް ހިލޭ ޙައްޖައް ދެވުމަކީވެސް ކިހާބޮޑު ނިޢުމަތެއްތޯ؟ މިކަންކަން މިގޮތަށް ހަމަޖެހިގެން ދިޔައީ ޑރ މުޢިއްޒުގެ ސަރުކާރުގެ ބުރަ މަސައްކަތުންންކަން ހަނދާން ކޮއްދެމެވެ. ޝުކުރިއްޔާ ރައީސް މުޢިއްޒު ޝުކުރިއްޔާ ޑރ ޝަހީމް

  3. ޝާކީނާ

    އެންމެ ކަޑާ އަދި ވަކަ ގުރޫޕުގަނޑު ... ހިލޭ ލިބުނަސް ދެން ނުދާނަން..... އެހެރަ ޝޭހުގަނޑެ ބުޑާ ކަމާ ތުއިކަން، ދެހުރި ފާޑެއްގެ ފަތަރާސް މަނޖެގަނޑެއް ވަރައް ވެފަ އުޅޭ ވިލިމާލޭގަ ދިރި އުލޭ ބޮޑު ކޫޑިއެއް ،..... ހޮޓަލައް ދެވޭނެޔޯ 7 މިނނަޓުން ސޫމާރިތައް ، މުޅިންވެސް ދޮގު ހެދުމުގަ

  4. ަދައސ

    މުއިއްޒު އަށް ރާއްޖޭގެ ވެރިކަން ރައީސުލްޖުމްހޫރިއްޔާ އިން ރަސްކަލަކަށް ބަދަލު ކުރަންވީއެވެ. އުމުރުދުވަހަށް ރާއްޖޭގެ އެންމެމަތީ ވެރިޔާގެ ގޮތުގައެވެ. ކިހާހެޔޮފުޅުތޯއެވެ. ހައްޖުވެރިންގެ ތެރެއިން އެމަނިކުފާނަށް ތާއީދުކުރައްވާ ސަނާ ކިއުއްވާ ބޭބޭފުޅުންގެ ދަތުރުތައް ހަމަޖައްސަވާ އެދެއްވީ އެންމެފަހުގެ އެންމެ ބާރުދުވެލިދުވާ ޒަމާނީ ރޭލުގައެވެ. ޝުކުރިއްޔާ މުއިއްޒު. މަނިކުފާނުގެ އުމުރުފުޅު ދަންމަވާށި،