ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފިނި ކުރި ކާބޯތަކެތި ވިއްކަމުން އަންނަ ކުކުޅު ފިހާރައިން ހިލޭ ޗިކަން ނަގެޓްސް ކޭހެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ކުކުޅު ފިހާރައަކީ އާއްމުކޮށް މިފަދަ ޕްރޮމޯޝަންތައް ބާއްވަމުން އަންނަ ތަނެކެވެ.

މާލެ އާއި އަތޮޅު ތެރޭގެ އިތުރުން، ރިސޯޓްތަކަށް ފިނި ކުރި ކާބޯތަކެތި ފޯރުކޮށްދިނުމުގައި އެންމެ ފާހަގަކޮށްލެވޭ ކުކުޅު ފިހާރައިގެ ސޭލްސް އެންޑް މާކެޓިންގ މެނޭޖަރ މާޝިތާ އާދަމް ވިދާޅުވީ، މި ޕްރޮމޯޝަންގެ ދަށުން އެ ފިހާރައިން ގަންނަ ކޮންމެ ޗިކަން ނަގެޓްސް 10 ކޭހަކަށް އެެއް ކޭސް ހިލޭ ލިބިގެން ދާނެ ކަަމަށެވެ.

ކުކުޅު ފިހާރައިން ލިބެން ހުންނަ ފިނި ކުރި ކާބޯތަކެތީގެ ތެރޭގައި ގަނޑުކުރި ކުކުޅާއި (ކޮށާފައި އަދި ނުކޮށާ)، ކުކުޅު ފައި، ބޯންލެސް ޗިކަން، މަޓަން، ލޭމްބް، ބީފް، ސީފުޑް، ސޮސެޖް، ޓާކީ އަދި އަސްދޫނި މަހާއި ގަނޑުކޮށްފައި ހުންނަ ތަރުކާރީ އާއި ބަޓަރާއި ޗީޒް ފަދަ އެތައް ޕްރޮޑަކްޓެއް ހިމެނެއެވެ.

ކުކުޅު ފިހާރައިން ތައާރަފް ކުރާ އާ ޕްރޮޑަކްޓްތަކުގެ އިތުރުން އާ ޕްރޮމޯޝަންތައް ފޭސްބުކް ޕޭޖް މެރުވެރިކޮށް އެނގޭނެއެވެ. އަދި 9986575 އަށް ގުޅައިގެން މައުލޫމާތު ސާފް ކުރެވޭނެއެވެ.

އެ ފިހާރައިން ހޯލްސޭލްކޮށް މުދާ ގަންނަން ބޭނުންވާ ފަރާތްތަކުން 9986575 ނަންބަރަށް ވައިބާރ ކޮށްގެން އޯޑަރ ކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު